އިބްރާހީމް އަށް ހަދިޔާއެއްގެ ގޮތުގައި އައިޖީއެމްއެޗްގެ ބޮޑު މަގާމެއް

Apr 27, 2026, 2:40 AM
އިބްރާހީމް އަބޫބަކުރު

އިބްރާހީމް އަބޫބަކުރު

 މާލޭ ސިޓީ ކައުންސިލްގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރަކަށް ހުންނެވި އިބްރާހީމް އަބޫބަކުރަށް، އައިޖީއެމްއެޗްގެ އިސް މަގާމެއް ސަރުކާރުން ހަމަޖައްސައިދީފި އެވެ.

މިދިޔަ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފަހު، އިބްރާހީމް އަބޫބަކުރު ފަހުން ނިންމެވީ ޕީއެންސީގެ ކެންޑިޑޭޓް، މިހާރުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއަށް ތާއިދުކުރެއްވުމަށެވެ. ނަމަވެސް އެ އިންތިހާބުގައި އިބްރާހީމް އަދި އޭނާ ތާއިދުކުރެއްވި އަރީޝްއަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ޕީއެންސީގެ އިސް މަސްދަރުތަކުން ބުނާ ގޮތުގައި، އިންތިހާބު ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް އޮފީހުން އޭނާއަށް ހަމަޖައްސައިދީފައިވަނީ އައިޖީއެމްއެޗްގެ ޓްރާންސްޕޯޓްގެ އިސްވެރިޔާގެ މަގާމެވެ. އެ މަގާމު ހަމަޖެހުމުން އިބްރާހިމް ވަނީ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. 

"މިއީ އޭނާ [ޕީއެންސީ ކެންޑިޑޭޓަށް ތާއިދުކުރުމުން] އޭނާއަށް ދިން ހަދިޔާއެއް،" ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީގެ އިސް މެންބަރަކު ބުންޏެވެ.

އިބްރާހީމް އަށް މަގާމު ދިންކަން ހާމަވީ، އައިޖީއެމްއެޗުން އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ހޮސްޕިޓަލުގެ އިވެންޓެއްގެ ފޮޓޯތަކުންނެވެ.

އިބްރާހީމްއަކީ  މާލޭ ސިޓީ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވި ބޭފުޅެކެވެ. އޭގެ ފަހުން ޕީއެންސީއަށް ބަދަލުވެ، 2024 ވަނަ އަހަރު ކުރީގެ ރައީސް ޔާމީން އުފެއްދެވި ޕީއެންއެފްއާ ވެސް އޭނާ ގުޅިވަޑައިގަތެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައި، ޕީއެންސީގެ ކެންޑިޑޭޓަށް ތާއިދުކުރަން އިބްރާހީމް ނިންމެވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއަށް އޭރު ޝުކުރު އަދާކުރައްވާފަ އެވެ. ކައުންސިލް މެންބަރުކަމުން އޭނާ އިސްތިއުފާ ދެއްވީ އައިޖީއެމްއެޗްގެ އާ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox