އައިޖީއެމްއެޗު މުވައްޒަފުންގެ މުސާރައާ ގުޅޭ ކަންބޮޑުވުންތަކާއެކު ރައީސްއަށް އަނެއްކާ ވެސް ޕެޓިޝަނެއް

އައިޖީއެމްއެޗްގެ ނަރުހެއް އެ ހޮސްޕިޓަލްގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: އަދަދު

އައިޖީއެމްއެޗްގެ ނަރުހެއް އެ ހޮސްޕިޓަލްގައި ހަރަކާތްތެރި ވަނީ. -- ފޮޓޯ: އަދަދު

އައިޖީއެމް ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް އަދި ސަޕޯޓިވް މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއެކު ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މިއީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ ބެހޭ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުން މުއިއްޒުއަށް ހުށަހެޅި ދެވަނަ ޕެޓިޝަނެވެ.

މީގެ ކުރިން، ޑިސެމްބަރު 9، 2025، ގައި އެ މުވައްޒަފުން ޕެޓިޝަނެއް ހުށަހެޅި އެވެ. ނަމަވެސް، އެ ޕެޓިޝަނާ ގުޅިގެން އެއްވެސް ޖަވާބެއް ލިބިފައި ނުވާކަމަށް މި ފަހުން ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ޖުމުލަ 361 މުވައްޒަފުން ސޮއިކޮށް ހުށަހަޅާފައިވާ އެ ޕެޓިޝަނުގައި މުސާރައިގެ ހާޒިރީގެ އިނާޔަތް ލިބުމުގައި މުވައްޒަފުންނަށް ހަމަހަމަ ކުރުމާއި އިތުރު ގަޑީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް އެދިފައިވެ އެވެ.

ރިސްކު އެލަވަންސް އުނިކުރުމާއި ހާޒިރީ އެލަވަންސް ތަފާތުނުކުރުމަށާއި ރަސްމީ ބަންދު ދުވަސްތަކާއި ހޮނިހިރު ދުވަހުގެ އެލަވަންސް ލިބުމުގައި އޮތް ކަންބޮޑުވުން ވެސް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

އެ ޕެޓިޝަނުގައި އެދިފައި ވަނީ ޖުމުލަ ހަތަރުކަމެއް ހައްލު ކޮށްދިނުމަށެވެ. އެއީ:

  • ހާޒިރީ އެލަވަންސް އެއްހަމަކުރުން

މަގާމުގެ ފަންތިއަށް ނުވަތަ މަގާމުގެ ގްރޭޑަށް ބެލުމެއްނެތި، ހޮސްޕިޓަލުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 200ރ. އާއި 250ރ. އާ ދެމެދުގެ ހާޒިރީ އެލަވެންެސް އެއްހަމަކުރުން.

  • ހޮނިހިރު ދުވަހުގެ އެލަވަންސް

ހޮނިހިރު ދުވަހަކީ ދިވެހި ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރާ އިދާރާތަކަށް ސަރުކާރުގެ ބަންދު ދުވަހަކަށްވީ ނަމަވެސް، ހޮސްޕިޓަލުން ހިދުމަތް ދޭންޖެހޭ ދުވަހަކަށް ވާތީ، ހޮނިހިރު ދުވަހު ހޮސްޕިޓަލުގެ މުވައްޒަފުން މަސައްކަތަށް ނުކުންނަން ޖެހުމާއެކު މުވައްޒަފުންނަށް އެ ދުވަހުގެ މަސައްކަތަށް ނިކުތުމުން އިތުރު ގަޑީގެ ފައިސާ އާއި އަދި، ބަންދު ދުވަހުގެ އެލަވަންސް ހަމަޖައްސައި ދިނުން.

  • ސަރުކާރު ބަންދު ދުވަސްތަކުގެ އެލަވަންސް

ސަރުކާރު ރަސްމީ ގޮތުން ބަންދުވާ ދުވަސްތަކުގައި ބަންދު ދުވަހެއް ނެތި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ބަންދު ދުވަހުގެ އެލަވެންސް އިންސާފުވެރިކަމާއެކު ހަމަޖައްސައިދިނުން.

  • ނެޝަނަލް ޕޭކޮމިޝަނުން، މެއި 2026 ގައި ފޮނުވާފައިވާ އެލަވަންސް ހޯދައިދިނުން

ނޭޝަނަލް ޕޭކޮމިޝަނުން ޕޭހަމަނައިޒް ކުރުމުގައި އުނިވެފައިވާ މިންވަރަށް ބަލައި އެކި މުވައްޒަފުންނަށް ވަކިވަކިން އެލަވަންސް ދިނުމަށް ފޮނުވާފައިވާ އެލަވަންސް އަވަސް ފުރުސަތެއްގައި މުވައްޒަފުންނަށް ލިބޭނެ ގޮތް ހަދައި ދިނުން.

ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ހިދުމަތްތަކެއް ދޭ އެންމެ މުހިންމު އެއް އިދާރާކަން އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، އެ ހޮސްޕިޓަލުގެ އެންމެ ދަށް ފަންތިން ފެށިގެން ތަފާތު ކުރުމެއްނެތި އެންމެ މައްޗާ ހަމައަށް މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށްދިނުމަށް އެ ޕެޓިޝަނުގައި އެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox