އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު މުއިއްޒު އިފުތިތާހުކޮށްދެއްވައިފި

Nov 14, 2026, 9:18 PM
އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ރައީސް މުހައްމަދު މުއިއްޒު ރަސްމީކޮށް ފައްޓަވައި ދެއްވަނީ

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ރައީސް މުހައްމަދު މުއިއްޒު ރަސްމީކޮށް ފައްޓަވައި ދެއްވަނީ

މުޖުތަމައުގައި އިހުތިރާމް ކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފަށާ ގައުމީ މަޝްރޫއު، ރައީސް މުހައްމަދު މުއިއްޒު މިރޭ އިފުތިތާހުކޮށްދެއްވައިފި އެވެ. މިފަދަ މަޝްރޫއެއް މިއަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވީ ފެބްރުއަރީ މަހު ހުށަހެޅުއްވި ރިޔާސީ ބަޔާނުގަ އެވެ. 

އެކުވެނި ދުވާ ޓްރެކްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ އެކި އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

މި ގައުމީ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމައުގައި ގެއްލެމުންދާ އިޖުތިމާއީ އަގުތަކާއި، އަދަބުވެރިކަމުގެ އިތުރުން އެކަކު އަނެކަކަށް ގަދަރުކުރުމުގެ ރީތި ސިފަތައް އަލުން ދިރުވައި އާލާކުރުމެވެ.

Advertisement

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ލޯންޗިންގައި ބައިވެރިވާން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ނަމަވެސް އިވެންޓަށް ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. 

ރަސްމިއްޔާތަށް ތައްޔާރުވުމަށްޓަކައި ހަފުތާއެއްހާ ދުވަސް ކުރިން އެކުވެނި ދުވާ ޓްރެކް ބަންދުކުރުމުން، ކަސްރަތުކުރުމަށް އެ ތަން ބޭނުންކުރާ އާންމުންނާއި ދޮށީ އުމުރުގެ މީހުންނަށް ދަތިތަކާ ކުރިމަތިވި ކަމަށް ބުނެ ވެސް ބައެއް އާންމުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ހުލާސާކޮށް އިއްޔެ: ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ބޭއްވި އެއްވުން

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް ބިދޭސީން ވަޒަންވެރިކުރުވާތީ، އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ "ގައުމީ ހަރަކާތް" ނަމުގައި ބޮޑު ރެލީއެއް ބާއްވާފައެވެ. މި އެއްވުމުގެ ބައިވެރިން ގޮވާލާފައިވަނީ މި މަޝްރޫއު ހުއްޓާލުމަށް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ.

Newsletter

Get the latest news delivered straight to your inbox