ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ އެކު ދިއުމާ މެދު ލައްޗޭގެ ވިސްނުން

Oct 17, 2026, 3:07 PM
ވިކްޓަރީގެ މެޗެއްގެ ތެރެއިން ލައްޗޭ.--- ފޮޓޯ: ވިކްޓަރީ ސްޕޯޓްސް ކްލަބް

ވިކްޓަރީގެ މެޗެއްގެ ތެރެއިން ލައްޗޭ.--- ފޮޓޯ: ވިކްޓަރީ ސްޕޯޓްސް ކްލަބް

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ނަގާ ކުޅުންތެރިން ޓީމާ އެކު ދިއުމާ މެދު ގެންގުޅެން ޖެހޭ ވިސްނުމާއި އަމިއްލަ އަށް ދެކޭ ގޮތް، ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އެސިސްޓަންޓް ކޯޗު، އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ އެއް ވަނަ ފޯވާޑް، އާދަމް އަބްދުއްލަތީފް (ލައްޗޭ) ހިއްސާކޮށްފި އެވެ. 

ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން ފީފާ ބްރޭކުގައި ނެގި ސްކޮޑުން އަމިއްލަ ސަބަބަކާ ހުރެ ބައެއް ކުޅުންތެރިން ޓީމާ އެކު ނުދެ އެވެ. އޭގެ ތެރޭގައި ވިކްޓަރީގެ ކުޅުންތެރިން ވެސް ހިމެނެ އެވެ. އެކަމާ ގުޅޭގޮތުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ލައްޗޭއާ ވަނީ ސުވާލު އަމާޒުވެފަ އެވެ. 

ލައްޗޭ ބުނީ އެއްވެސް އިރެއްގައި ގައުމީ ފުޓްބޯޅަ ޓީމަށް ކްލަބެއްގެ ކުޅުންތެރިއަކު ނެގުމުން، އެ ކުޅުންތެރިން ގައުމީ ޓީމަށް ދިޔަނުދޭން ކްލަބެއްގެ މެނޭޖްމަންޓުން ހިފަހައްޓާފައިނުވާ ކަމަށެވެ. އެއީ، އެ ގޮތަށް ހިނގާ ކަމެއް ނޫން ކަމަށް ލައްޗޭ ވަނީ އިތުބާރާ އެކު ބުނެފަ އެވެ. 

"ތި ކަންތައް ދިމާވެގެން ކޯޗު ވެސް ވަރަށް ގިނައިން ތި ސުވާލު އުފެދިގެން ވަކިވަކިން ތި ނަންތައް ކީ ކުޅުންތެރިންނަށް ސުވާލުކޮށް ހެދިން، ތި ކުދިން މި ދުވަސްވަރު ގައުމީ ޓީމަށް ކުޅޭއިރު ކިހިނެއްހޭ ތި ސިލެކްޓް ކުރީމާ ތި މީހުންނަށް އޭތި އިގްނޯކޮށް ތިހެން  ތި އަނެކަތި ކުރެވެނީ،" ލައްޗޭ ކިޔައިދިނެވެ. 

"ދެން، އެ ކުދިންގެ ވެސް އިނީ ބޮޑު ސިންގާ އެކްސްކިއުޒެއް (އުޒުރެއް). މަންމަ، ބައްޕަ ބަލިވެ، އެ މީހުން އިމަޖެންސީކޮށް ތަަނަކަށް ދާންޖެހޭތީއާ އެކީގައި އަސްލު އެ ގޮތަށް އެ ކުޅުންތެރިން ނިންމީ، ހަަގީގަތުގައި މި ވަގުތު އެ މީހުންނަށް ޓީމުގައި ބައިވެރިވެވެން ނެތީ އިންޖަރީ ވެސް އެއް ކަމެއް ވެސް ނެތް. އެކަމަކު ފެމިލީގެ ބޮޑު އިޝޫއެއް އޮތީ،" 

ލައްޗޭ ބުނީ، ގައުމީ ފުޓްބޯޅަ ޓީމުން މިހާރު ތައްޔާރުވަމުން އެ އަންނަނީ ބަންގްލަދޭޝްގެ ޑާކާގައި އަންނަ މަހު 4-17 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕަށެވެ. ލައްޗޭ ބުނީ އެ މުބާރާތަށް ތައްޔާރުވުމަށް ކުޅޭ މެޗުތަކެއްގެ ސްކޮޑަށް ކުޅުންތެރިން ނެގުމުން، އެ ކުޅުންތެރިންނަށް ޓީމަށް ނުދެވޭނީ ގައުމީ ކޯޗުގެ ފަރާތުން ވެސް އެ ފުރުސަތު އޮންނާތީވެ ކަމަށެވެ. 

"އެ ވަރުގެ ސީނިއާ އެކްސްޕީރިއަންސް ޕްލޭޔަރުން ގައުމީ ޓީމުގެ ކޯޗަށް ރިކުއެސްޓްކުރީމާ އޭނަގެ ފަރާތުން އެ އޮފާ ލިބިގެންދޯ އެ މީހުންނަށް މަޑުކުރެވޭނީ ނޫނީ އެފްއޭއެމް ތުރޫކޮށް އެ މީހުންނާ ދޭތެރޭ ޑިޒިޝަނެއް ވެސް ނެގޭނެ، އެހެންވީމަ މިހާރު ބޯޅަ އޮތްގޮތުން، އެބައޮތޭ ކުޅުންތެރިއަކަށް ތިމަންނަ ރަށަށް ދަނީ ތިމަންނަ ގޭގެ މަސައްކަތެއް އޮތީ ކިޔާފައި ސްކިޕްކޮށްފައި އަނެއް ދުވަހު،" ލައްޗޭ ބުންޏެވެ. 

"ކޯޗު ސުވާލުކުރިން، އަނެއް ދުވަހު ކުޅެން އައިސްފައި ކިހިނެއްހޭ ގައުމީ ޓީމަށް އެރޭނީ. އެކަމަކު، ކޯޗު މެން ކުޅުނުއިރު ވެސް އެއީ ތެދެއް މެ. އައިސްފައި ހަމަ މޮޅަށް ކުޅެފިކަމަށްވިންޏާ ސާފް ގޭމްސް (ސާފް ޗެމްޕިއަންޝިޕް) އަށް ދާއިރު އެ މީހުން (ޓީމަށް) ލައިގެން ދާނީ،"

ދިވެހި ޕްރިމިއާ ލީގުގައި މިހާރު ވާދަކުރާ ޓީމުތަކާއި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު، ދެން ނަގާ ގައުމީ ސްކޮޑުގައި ވިކްޓަރީ އަށް ނިސްބަތްވާ ހަތެއް ނޫނީ އަށް ވަރަކަށް ކުޅުންތެރިން ގައުމީ ސްކޮޑަށް އެރުވުމަކީ، ވިކްޓަރީގެ ކޯޗިން ސްޓާފުންގެ އަމާޒެއް ކަމަށް ލައްޗޭ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox