ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

Oct 14, 2026, 6:19 PM
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ. 

ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ކުރިން އެއް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ވިކްޓަރީން ވަނީ 27 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ.  ވިކްޓަރީގެ ނައިޖީރިއާ ފޯވާޑް، އަލް ހާޖީ ގޭރޯ ބޮލުން ޖައްސާލި ބޯޅައަކަށް އޭރިއާތެރެއިން އަރައި، ރިޒޭ ވަނީ ބިސްބުރުގެ ކީޕަރު، ޕީޓާ ސާކޯޑީ އަށް އެއްވެސް ފުރުސަތެއް ނުދީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ހާފުގައި އިތުރު ގޯލެއް ޖަހަން ވިކްޓަރީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. 

އަނެއްކޮޅުން، ބިސް ބުރުން އެޓޭކަށް ޖެހިގެން ފުރުސަތެއް ލިބޭތޯ ކުރި މަސައްކަތްތައް ވެސް ކާމިޔާބުވާގޮތެއްނުވި އެވެ. 

ވިކްޓަރީން ވަނީ ދެ ވަނަ ހާފު ފެށިގެން ތިން މިނިޓް ތެރޭ އެ ޓީމުން މެޗުގައި ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މި ލަނޑު ޖެހީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން، ރަވްޝަންބެކް އުގްލީ އެވެ. ކީޕަރު ޕީޓާ ކުރިއަށް އެރިވަގުތު އޭނާ އަށް ބޯޅަ ލިބުމުގެ ކުރިން، ރަވްޝަންބެކް ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ދެ ވަނަ ހާފުގެ ބޮޑުބައި ބޯ ވިއްސާރައިގެ ތެރޭގައި ކުުޅުނުއިރު، މެޗުގެ 54 ވަނަ މިނިޓްގައި ވިކްޓަރީގެ ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، ވިކްޓަރީގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ގޭރޯ އަށް ދީގެން ކާމިޔާބުކުރި ލަނޑެކެވެ. 

އޭގެ ފަހުން، ވިކްޓަރީން އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވާގޮތެއްނުވީ، ކީޕަރު ޕީޓާ ރަނގަޅު ބޯޅަތަކެއް ހުއްޓުވުމުންނެނެވެ. އަނެއްކޮޅުން، ބިސް ބުރުގެ އެޓޭކްތައް ހުއްޓުވުމުގައި ވިކްޓަރީގެ ޑިފެންސް ލައިނުން ވަނީ ޖުމްލަކޮށް ރަނގަޅު މަސައްކަތްތަކެއް މި މެޗުގައި ކޮށްފަ އެވެ. 

މާލެ ރީޖަން (ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް) ގެ ޗެމްޕިއަންކަން ހޯދައިދިގެން މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ކުޅޭ ބިސް ބުރުން ވަނީ ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ދެ މެޗުން ބަލިވެފަ އެވެ. ލިބުނު ހަ ޕޮއިންޓާ އެކު، ބިސް ބުރު މި ވަގުތު އޮތީ ލީގުގެ ފަސް ވަަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox