އަނިޔާގައި ހުއްޓަސް ހަމްޕުގެ މުހިންމުކަން ވިކްޓަރީ އަށް ބޮޑު ކަމަށް ބުނެފި

Oct 10, 2026, 6:23 AM
ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ހަމްޕު.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ހަމްޕު.---- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އަނިޔާގައި ހުރި ނަަމަވެސް ވިކްޓަރީ ސްޕޯޓްސް ކްލަބްގައި، ހަމްޒާ މުހައްމަދު (ހަމްޕު) އަކީ މުހިންމު ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު، އާދަމް އަބްދުއް ލަތީފް (ލައްޗޭ) ބުނެފި އެވެ. 

ލީގުގައި މިއަދު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ވިކްޓަރީގެ ހެޑް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) އަށް ބައިވެރިނުވެވޭތީވެ، އެ ޓީމުގެ ފަރާތުން ނޫސްވެރިންެގެ ސުވާލުތަކަށް ޖަވާބުދޭން ބައްދަލުވުމަށް އައީ ލައްޗޭ އެވެ. 

ހަމްޕު، މި ސީޒަނުގައި ވިކްޓަރީ އަށް ބަދަލުވީ ހަތް އަހަރު މާޒިޔާގައި ހޭދަކޮށްފަަ އެވެ. އެކަމަކު، ކަކުލަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ހަމްޕު އަށް ކުޅެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. 

Advertisement

"ހަމްޕު އަށް ބަލާއިރު، އަދި ޓްރެއިނިން ސެޝަންގައި ބައިވެރިއެއް ނުވޭ. މި ބަލަނީ މި އަހަރު ގާތްގަނޑަކަށް ފަހުކޮޅު ހިސާބުގައި ފަހަރެއްގައި ޓްރެއިނިން ފީލްޑަށް ނުކުމެދާނެ، ހަމްޕު އެ ދަނީ މިހާރު ޓްރީޓްމަންޓް ނަަގަމުން، ފިޒިއޯ ޑޮކްޓަރުގެ އިރުޝާދާ އެއްކޮށް އެ ގޮތަށް ގޮސްގެން، ކޯޗު ބުނީ، އޭތި ރިކަވާވެގެން ފީލްޑަށް އަންނަން. އެހެންވީމަ ހަމްޕު އަދި ޓީމަކާ ނުގުޅޭ، އެކަމަކު ހުރިހާ ސެޝަންތަކެއްގައި ވެސް ހަމްޕު ވަރަށް ބަރާބަރު ސީނިއާ ޕްލޭޔަރަކު އައިސް ކުޅުންތެރިން މޯޓިވޭޓް ކުރަން ހުރިހާ ސެޝަނެއްގައި ވެސް އިންނާނެ ބޭރުގައި ބަލަން،" ހަމްޕުގެ މުހިންމުކަން ހިއްސާކޮށް ލައްޗޭ ބުންޏެވެ. 

ވިކްޓަރީ އަކީ ފުރަތަމަ ޑިވިޝަނުގައި 2014 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ހަމްޕުގެ ކެރިއަރަުގައި އޭނާ ކުޅޭނެ ތިން ވަނަ ކްލަބް އެވެ. 

އަނިޔާގައި ހުރުމަކީ ވިކްޓަރީން ހަމްޕު ގެންނަން ކުރި މަސައްކަތަށް ބަލާއިރު ކްލަބަށް ރަނގަޅު ގޮތެއްތޯ ސުވާލުކުރުމުން ލަައްޗޭ ބުނީ، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތާއި ކުޅުންތެރިންގެ ޓްރާންސްފާގެ ކަންކަމަށް ބަލާއިރު މޮޅެތި ކުޅުންތެރިން ޓީމުތަކުގައި ހުުރުމަކީ ކޯޗުގެ ޕްލޭން ކަަމަށެވެ. 

"މިހާރު މި ބުނާހެން، ރާއްޖޭގެ ފުޓްބޯޅަ މީނީ ހީކުރާ ވަރަށް ވުރެން އެހެން ކަހަލަ ފައްތަރެއްގައި. ވަރަށް އުނދަގުލުން ފުޓްބޯޅަ އަނެއްކާ ވެސް ބަޔަކު ދިރުވައި އާލާ ކުރިއިރު، ފުޓްބޯޅައިގެ ކުޅުންތެރިންގެ އެގްރިމެންޓްތަކާ އެއްޗެހިތައް މި ހުރީ ސަޕޯޓަރުން ނުވަންނައިރާ ބަލާއިރުގައި ވަރަށް ބޮޑެތި އަދަދުތައް،" ގައުމީ ޓީމާއި ރާއްޖޭގެ މަޝްހޫރު ކްލަބްތަކަށް ކުރިން ކުޅުނު ލައްޗޭ ބުންޏެވެ. 

"މި ވަގުތު އަަސްލު ހަމްޕު، މާޒިޔާ އިން ވިކްޓަރީ އަށް ބަދަލު ވުމަކީ އެ އަސްލު ކޮންމެހެން ހަމްޕު ގެންނަން ވެގެން ކުރި ކަމެއް ނޫން، ޓީމުގައި ކޯޗިން ސްޓާފުގައި ސީނިއާ ކޯޗުގެ ޑިސައިޑިން ލިސްޓުގައި ތިބޭ ބައެއް. ކޯޗަށް އެނގޭނެ މި ސީޒަނުގައި އެނބުރި އައިސް ކިހާ ވަރަކަށްތޯ ހަމްޕު އަށް މި ޓީމަށް ޖޮއިން ކުރެވެނީ، ހަމްޕު އަކީ މި ވަގުތަށް ވެސް ޓީމު ތެރޭގައި ވަރަށް މުހިންމު ކުޅުންތެރިއެއް. އެހެންވީމަ، މެނޭޖްމަންޓުން ކުޅުންތެރިން ޑިސައިޑްކުރާނީ ކޯޗު ބުނީމަ،" 

"އެހެންވީމަ، ހަމްޕު މި ވަގުތު އިތުރު ގޮތަކަށް ޗޮއިސް އެއް ދެވޭކަށެއް ނެތް. މި ގޮތަށް ތޯ، އެހެންތޯ، މި ސީޒަނުގައި ކުރިއަށް ވިކްޓަރީ އަށް ކާމިޔާބު ހޯދަން އޮތީ އެހެންވީމަ އެ ވަރުގެ ކުޅުންތެރިން ޓީމަށް ގެނެސްފައި އެ ތިބީ،"

ހަމްޕު އަށް ވިކްޓަރީގެ ގިނަ މެޗުތަކެއްގެ އިތުރުން، އަންނަ ނޮވެމްބަރު މަހު ކުޅޭ ސާފް ޗެމްޕިއަންޝިޕް ވެސް ގެއްލޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox