ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

Oct 10, 2026, 6:18 PM
ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް 2-2 އިން އެއްވަރުވެއްޖެ އެވެ. 

އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެކުރިން މާޒިޔާ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން 3-2 އިން ބަލިވެފަ އެވެ. މިއީ، 2022 ވަނަ އަހަރުގެ ފަހުން ލީގުގައި މާޒިޔާ ބަލިވި ފުރަތަމަ މެޗެެވެ. އޭގެ ފަހުން، ތިން ހަފްތާއެއްހާ ދުވަހުގެ ބްރޭކަކަށް ލީގު މެދުކަނޑާލަން ޖެހުނުއިރު، މާޒިޔާ އަކީ ގައުމީ ޓީމަށް އެންމެ ގިނަަ ކުޅުންތެރިން ދިޔަ ޓީމެވެ. މާޒިޔާ އިން ފަހަތުން އަރައި ލީޑުނެގި ނަމަވެސް ވިކްޓަރީން ވަނީ ލަނޑު ޖަހައި ޕޮއިންޓެއް ހޯދައިފަ އެވެ.  އަދި، ނަތީޖާއާ އެކު، ވިކްޓަރީ އޮތީ އަދިވެސް ލީގު ތާވަލުގެ ކުރީގަ އެވެ. އެއީ، މިއަދު ހަވީރު، ހއ. ދިއްދޫއާ 2-2 އިން އެއްވަރުވި ނިއު ރޭޑިއަންޓާ އެއްވަރަށް ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. 

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން މާޒިޔާ އިން ކުރިއަށް ޖެހިގެން ކުޅެ ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ވިކްޓަރީގެ އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން، މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން. ބޭރުންނެވެ. އަނެއްކޮޅުން، މާޒިޔާ އަށް ލީޑުނަގައިދޭން އެ ޓީމުގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ނެގި ހުރަހަކަށް އަރައި، މާޒިޔާގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. 

ވިކްޓަރީން މެޗުގައި ލީޑުނެގީ، 29 ވަނަ މިނިޓްގަ އެވެ. މިއީ، ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި ވިކްޓަރީގެ އުޒްބެކިސްތާން ޑިފެންޑަރު، ފުރްކަޓޯން ހަަސަންބޮއޭވް ޖެހި ލަނޑެކެވެ. ކޯނަރަކުން އައި ބޯޅައިން ވިކްޓަރީގެ އަހުމަދު ހަސަން (އައްމަޑޭ) ބޮލުން ދިން ބޯޅަ އަށް އަރައި ފުރްކަޓޯން ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެެވެ. ވިކްޓަރީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ނައިޖީރިއާގެ ފޯވާޑް އަލް ހާޖީ ގޭރޯ ޖެހި ބޯޅަ ދިޔައީ ދަނޑިކައިިރިންނެވެ. 

މާޒިޔާ އިން ވަނީ ދެ ވަނަ ހާފުގައި ކުޅެން އަރައި ނަތީޖާ އަނބުރާލައިފަ އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ މާޒިޔާ އިން އެއްވަރުކުރީ އޭރިއާތެރެއިން ލޫތު ޖެހި ގޯލުންނެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ ލޫތު ވަނީ އެއް ފަހަރުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

މެޗުގައި މާޒިޔާ އަށް ލީޑުނަގައިދިނީ އައިހަމް އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައިހަމް ވަނީ 81 ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ. މިއީ އޭރިއާތެރެއިން ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އައިހަމް ޖެހި ގޯލެކެވެ. މާޒިޔާ އިން ލީޑުނެގިތާ، މާ ލަސްތަކެއް ނުވެ، ވިކްޓަރީގެ ގޭރޯ ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ލަނޑު ޖަހައި ވިކްޓަރީ އަށް އެއްވަރުކޮށްދީފަ އެވެ. 

މި މެޗުން މޮޅެއް ނުލިބި، މާޒިޔާ އަށް ޖެހިޖެހިގެން ދެ މެޗުގައި މޮޅެއް ނުލިބި ނިންމާލަން ޖެހުނުއިރު، އެ ޓީމު މި ވަގުތު އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު، ލީގުގެ ހަ ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox