ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: ދިވެހި ދެ ޕައިލެޓުން އައުމާއެކު އެ މީހުންނާ ފުލުހުން ދަނީ ސުވާލުކުރަމުން -- ފޮޓޯ: އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: ދިވެހި ދެ ޕައިލެޓުން އައުމާއެކު އެ މީހުންނާ ފުލުހުން ދަނީ ސުވާލުކުރަމުން -- ފޮޓޯ: އަދަދު

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޑުބާއީ އިން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރު ކުރި ފްލައިޑުބާއީގެ މަތިންދާބޯޓު ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން އެ މީހުންނާ ސުވާލުކުރަން ފަށައިފި އެވެ. 

ފުލުހުން އަދަދު އަށް ބުނީ ޔޫއޭއީން އެ ދެ ޕައިލެޓުން ރާއްޖެ ފޮނުވާލުމުން އެ މީހުން އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއެކު ފުލުހުން އެއާޕޯޓަށް ގޮސް ސުވާލުކުރަމުންދާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެ ޕައިލެޓުންނާމެދު ފިޔަވަޅެއް އެޅުމާމެދު ގޮތެއް ނުނިންމާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެގޮތުން އެ ދެ ޕައިލެޓުން ހައްޔަރުކުރުމާމެދު ފުލުހުން މިހާތަނަށް ގޮތެއް ނުނިންމަ އެވެ. 

ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނެސްފައި މިވަނީ ޔޫއޭއީގައި އެ މީހުން ހައްޔަރުކޮށް، އަސާސީ ހައްގުތަކުން މަހުރޫމްކޮށްފައި ތިބޭތާ 12 ދުވަސް ފަހުންނެވެ. ޔޫއޭގައި ބަންދުގައި ތިބިއިރު އެ މީހުންނަށް އާއިލާއާ ވާހަކަ ދެއްކުމުގެ ފުރުސަތާއި ވަކީލަކާ ވާހަކަ ދެއްކުމުގެ ފުރުސަތުންވެސް ވަނީ މަހުރޫމްކޮށްފަ އެވެ. 

ދެ ދިވެހިން އަސާސީ ހައްގުތަކުން މަހުރޫމުކޮށް، ޔޫއޭއީގައި ހައްޔަރުކޮށްފައި ތިބޭތާ 12 ދުވަސް

ފްލައިދުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީގައި ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުންނަށް، ގާނޫނީ އެހީތެރިކަމާއި އާއިލާއާ ގުޅުމުގެ ފުރުސަތު ނުދީ ބަންދުގައި ބައިތިއްބާތާ 12 ދުވަސް ވެއްޖެ.

އެނގިފައިވާ ގޮތުގައި ޔޫއޭއީގައި ހައްޔަރު ކުރި ދެ ދިވެހިންނަކީ ފްލައިޑުބާއީގައި މަސައްކަތް ކުރާ ހަ ދިވެހި ޕައިލެޓުންގެ ތެރެއިން އެންމެފަހުން އެތަނާ ގުޅުނު ދެ މީހުންނެވެ. 

އެ ދެ މީހުން ހައްޔަރުކުރިކަން ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން އާއިލާއަށް އެންގީ މި މަހު 8، ގަ އެވެ. އޭގެ ކުރިން އެމީހުންނަށް ވީނުވީ އެއްވެސް މިންވަރަކަށް، ދިވެހި އެމްބަސީއަށް ވެސް ޔޫއޭއީން ހާމަކޮށްފައެއް ނުވެ އެވެ.

އިޒްރޭލުގެ 182 މީހުންނާއެކު ދަތުރުކުރަމުންދިޔަ އެފްޒެޑް 1073 ފްލައިޓު ވައްޓައިލަން މަސައްކަތްކުރީ އެ ބޯޓުގެ ކޯ-ޕައިލެޓެވެ. އެ ޓެރަރިސްޓު ހަމަލާގައި ކޯ-ޕައިލެޓު ވަނީ ކޮކްޕިޓްގައި އޮންނަ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ކޯރާޑި ބޭނުންކޮށްގެން ބޯޓުގެ ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓައިލަން މަސައްކަތްކޮށްފަ އެވެ.

އޭނާގެ މި އަމަލުގެ ސަބަބުން ބޯޓު ކޮންޓްރޯލުން ނެއްޓި، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 17,000 ފޫޓު (5,180 މީޓަރު) ތިރިއަށް ވެއްޓުނެވެ. ނަމަވެސް، އެ ބޯޓު ވެއްޓެން ދަނިކޮށް، އިންޑިއާގެ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން ފަސިންޖަރުންނާއި އެހެން މީހުން ވަދެ ހަމަލާދިން މީހާ ވަނީ ހިފަހައްޓައިފަ އެވެ. އެ ބޯޓުގެ ކޮންޓްރޯލް އަލުން ހޯދައި ރައްކާތެރިކަމާއެކު ޖެއްސީ އެ ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox