ފޮރިން މިނިސްޓަރު އިރުތިޝާމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ މިއަދު އިންޑިއާގެ ނިއުދިއްލީގައި ބައްދަލުކުރައްވައިފި އެވެ. 

އިންޑިއާގެ ހާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ރާއްޖެ އާއި އިންޑީއާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ބައިވެރިކަން އަލުން ކަށަވަރުކޮށްފަ އެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އެކަކު އަނެކަކަށް އޮތް ދޭދޭ ދޭހަވުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް އެ ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.

މި ރަސްމީ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އިރުތިޝާމް އާދަމްގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު އައިޝަތު އަޒީމާއާއި، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރު އިބްރާހީމް ޒުހުރީ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން އިރުތިޝާމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު މަޝްވަރާކުރުންތައް މެދުނުކެނޑި ކުރިއަށްގެންދިޔުމުގެ މުހިންމުކަން އަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. 

"ދެ ގައުމުގެ ރައްޔިތުންނަށް ފެންނަން ހުރި މަންފާތަކެއް ހޯދައިދޭނެ ގޮތެއްގައި ގުޅުން ބަދަހިކުރުމަށާއި، މަޝްވަރާތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދިނިން،" އޭނާ ވިދާޅުވި އެވެ. 

އިރުތިޝާމް އިންޑިއާއަށް ކުރައްވާ މި ދަތުރަކީ އެ ގައުމުގައި ބާއްވާ އިންޑިއާ ކަނޑު ހިއްސާކުރާ ގައުމުތައް ބައިވެރިވާ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ 25 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

ފުށިދިއްގަރު ފަޅުގައި ރެޒިޑެންސީ ޕްރޮގްރާމް ނުހިންގޭނެ: ނަޝީދު

ރަސްމާލޭގައި ރެޒިޑެންސީ ޕްރޮގްރާމް ހިންގުމަށް ބިން ދޫކުރުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ހުއްޓުވާނެ ކަމަށް ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރާއްޖެ ހަލާކުވާނެ ކަމަށާއި، މިކަމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން އެމްޑީޕީއާ ގުޅުމަށް ގޮވާލައްވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox