ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފިލްމީ ތަރިން: އެމީހުން ތިބި ކޮޓަރިއަށް ފުލުހުން ވަން އިރު މަސްތުވާތަކެތި ހުރީ ހާމައަށް ފެންނަން -- ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފިލްމީ ތަރިން: އެމީހުން ތިބި ކޮޓަރިއަށް ފުލުހުން ވަން އިރު މަސްތުވާތަކެތި ހުރީ ހާމައަށް ފެންނަން -- ފޮޓޯ: ޕޮލިސް

ފުލުހުން ވިލިމާލޭގައި އޮކްޓޯބަރު 8، ގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިންގެ އިތުރުން މައްސަލައިގައި ދެން ހައްޔަރުކުރި މީހާވެސް ދޫކޮށްލައިފި އެވެ. 

ފުލުހުން ބުނީ މައްސަލައިގައި ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ)، 44، އާއި އިސްމާއިލް ޖުމައިހު، 35، އާއި މުހައްމަދު ވިޝާލް (ރޯމަން)، 29، އަދި ދެން ހައްޔަރުކުރި ޝާހިލް މުހައްމަދު، 42، ދޫކޮށްލީ ތަހުގީގު މަރުހަލާ ނިމުމުން ކަމަށެވެ. 

މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އެވެ. ޕޮޒިޓިވްވީ މެތާ ގުޅުންހުރި ސިންތެޓިކް އެހެން ދެ ބާވަތެއްގެ ޑްރަގަކަށެވެ.

އަޒޭ އާއި ޖުމާހަކީ މީގެ ކުރިން އެއް އާއިލާއެއްގެ ދެބެންނާ ކައިވެނިކޮށްގެން އުޅުނު ދެމީހުންނެވެ. އޭގެ ތެރެއިން ފިލްމީ ދާއިރާގައި އުޅޭތާ އެންމެ ގިނަދުވަސްވީ އަޒޭ އެވެ. އެންމެ ފަހުން ފިލްމު ކުޅެން ފެށީ ރޯމަން އެވެ.

 މީގެއިތުރުން މައްސަލައިގައި ހައްޔަރުކުރި ޝާހިލްއަކީ ދެ ކިލޯގެ ޑްރަގުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެދިގެން ދޫކޮށްލި މީހެކެވެ. 

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އަދަދު އަށް ވިދާޅުވީ ދެ ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްސަލަ ނިމިފައިވާއިރު، ޝާހިލްގެ މައްސަލަ އޮތީ ހުލާސާ ބަޔާނުގެ ހިސާބުގައި ކަމަށެވެ. އެގޮތުން އޭނާ ބަންދުން ދޫކޮށްލަން އެދުނީ ބަންދުގައި ގިނަދުވަސްވެފައިވާތީ އާއި ބަލި ހާލަތަށް ރިއާއަތްކޮށް ޝަރުތުތަކާއެކު ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

ވެރިކަން ނުުކުރެވެނީ މުއިއްޒުގެ ތިން ސިފައެއްގެ ސަބަބުން: އިމްރާނ

ރައީސް މުއިއްޒުގެ ކިބައިގައި ހުންނަ ނޭދެވޭ ތިން ސިފައެއްގެ ސަބަބުން ގައުމުގެ ވެރިކަން ރަނގަޅަށް ނުކުރެއްވޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ. އިމްރާން ފާހަގަކުރެއްވި ސިފަތަކުގެ ތެރޭގައި ރައީސް އާދަޔާ ހިލާފަށް ދޮގު ހެއްދެވުމާއި، ކުދިކުދި ކަންކަމާވެސް ވަރަށް އަވަހަށް ކޯފާ އިސްކުރެއްވުން ހިމެނޭ.

Newsletter

Get the latest news delivered straight to your inbox