ހަމަނުޖެހުން ހިންގަން ހިތްވަރު ދިނުމުގެ ތުހުމަތުގައި ޖުމާން ހައްޔަރުކޮށްފި

އަލީ ޖުމާން

އަލީ ޖުމާން

ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހއ. ބާރަށް، ކުއްޅަވައްގެ، އަލީ ޖުމާން، 25، މިއަދު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ ޖުމާން ހައްޔަރުކުރީ ވެހިރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. 

ޖުމާން ސޯޝަލް މީޑިއާގައި ޕޯސްޓުކުރީ ރަސްމާލެއިން އެއްބައި އިޒްރޭލަށް ވާގިވެރިވާ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް، އިމާރާތްތަކުގައި ހުޅުޖަހައި، މަޝްހޫރު ފިހާރައެއްގައި ރޯކުރުމަށް ހިތްވަރުދީ އެވެ. 

Advertisement

ދައުލަތުގެ އިދާރާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ފޭސްބުކްގައި ލިޔުނު ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންވެސް ވަނީ މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފަ އެވެ. 

ޒިހާންގެ ފޭސްބުކްގައި އޭނާ ވަނީ ސުޕްރީމް ކޯޓާއި، ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ހިތްވަރުދީ ޕޯސްޓުކޮށްފަ އެވެ. އެއީ މަޖާ ކަމަކަށް ވާނެ ކަމަށް ޒިހާން ލިޔުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

ވެރިކަން ނުުކުރެވެނީ މުއިއްޒުގެ ތިން ސިފައެއްގެ ސަބަބުން: އިމްރާނ

ރައީސް މުއިއްޒުގެ ކިބައިގައި ހުންނަ ނޭދެވޭ ތިން ސިފައެއްގެ ސަބަބުން ގައުމުގެ ވެރިކަން ރަނގަޅަށް ނުކުރެއްވޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ. އިމްރާން ފާހަގަކުރެއްވި ސިފަތަކުގެ ތެރޭގައި ރައީސް އާދަޔާ ހިލާފަށް ދޮގު ހެއްދެވުމާއި، ކުދިކުދި ކަންކަމާވެސް ވަރަށް އަވަހަށް ކޯފާ އިސްކުރެއްވުން ހިމެނޭ.

Newsletter

Get the latest news delivered straight to your inbox