ޕައިލެޓުން
2 ލިޔުން
ފަހުގެ
ހަބަރުދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ
ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.
ލުއިއަދަދުރޭޑިއޭޝަނާ ގުޅޭ ކެންސަރު ބަލިތަކުގައި މަރުވާ ޕައިލެޓުން ގިނަ
އެމެރިކާގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި، މަތިންދާބޯޓު އުދުހޭ އުސްމިނުގައި ހުންނަ "ކޮސްމިކް ރޭޑިއޭޝަން" އަށް ހުށަހެޅުމުގެ ސަބަބުން، އެހެން ދާއިރާތަކާ އަޅާބަލާއިރު ޕައިލެޓުންނާއި ފްލައިޓް އެޓެންޑެންޓުން ކެންސަރު ބަލީގައި މަރުވާ ނިސްބަތް އިތުރެވެ. އެހެންކަމުން، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ރޭޑިއޭޝަނުން ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމުކަން މި ދިރާސާއިން ހާމަވެއެވެ.
