އިމްރާން ޚަތީބުންނަށް؛ ޒަޔަނިސްޓުންނަށް ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: ޒަޔަނިސްޓުންނަށް ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނަން އިމްރާން ގޮވާލެއްވި -- ފޮޓޯ: އަދަދު ފައިލް

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ: ޒަޔަނިސްޓުންނަށް ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނަން އިމްރާން ގޮވާލެއްވި -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭން ކަމަށް ބުނެ ހިއްކަމުންދާ ރަސްމާލެއިން 500 ހެކްޓަރު އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް އެއްވެސް އަގަކާ ނުލައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މިއަދުގެ ހުކުރު ހުތުބާ އިއްވެވި ބޭފުޅުން ދެކޮޅު ހަދަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ. 

އިމްރާން އެކްސް ގައި ވިދާޅުވީ ހުކުރު ހުތުބާ ވިދާޅުވާ ހުރިހާ ބޭފުޅުން އަދާކުރައްވަނީ ބޮޑު ދީނީ ވާޖިބެއްކަމުން ސައްތައިން ސައްތަ މި އިސްލާމީ ފަސްގަޑުން ބޮޑު ބައެއް ޔަހޫދީ ޒައިނިސްޓުންނަށް ވިއްކާލުމަށް ރޭވޭ ރޭވުން ހުއްޓުވުމަށް ކެރިގެން ޙައްޤު ބަސްބުނުމަކީ އެބޭފުޅުންގެ ދީނީ ގައުމީ ވާޖިބެއް ކަމަށެވެ. 

"ތިޔަ ބޭފުޅުން ތިޔަ އަދާކުރެއްވީ ވަރަށްބޮޑު ދީނީ ވާޖިބެއް. ތިޔަ އުފުއްލެވީ ވަރަށް ބޮޑު އަމާނާތެއް. ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވަނީ ވަރަށްބިޔަ ޒިިިިިިންމާއެއް. އެޒިިންމާ ޙައްގު ގޮތުގައި އަދާ ކުރެއްވުމަކީ ތިޔަބޭފުޅުން ދީނީ ވާޖިބެއް،" އިމްރާން ވިދާޅުވި އެވެ. 

"ސައްތައިން ސައްތަ މި އިސްލާމީ ފަސްގަޑުން ބޮޑު ބައެއް ޔަހޫދީ ޒައިނިސްޓުންނަށް ވިއްކާލުމަށް ރޭވޭ ރޭވުން ހުއްޓުވުމށް ކެރިގެން ހައްގު ބަސްބުނުމަކީ ތިޔަ އިމާމުންގެ ދީނީ ގައުމީ ވާޖިބެއް."

ހުތުބާ އިއްވެވި ބޭފުޅުން ހައްގުބަސް ބުނަން ބިރުގެން ފަސްޖެހިފައި ތިއްބާ މި ގައުމުގާ ގިނަ އަދަދެއްގެ ޔަހޫދީންނާއި ޒަޔަނިސްޓުން ވަޒަންވެރިވެ، ރާއްޖެއިން ސައްތައިން ސައްތަ އިސްލާމްކަން ކެނޑި އިތުރު ދީންތައް ފެތުރި އެބައިމީހުންގެ މައްޗަށް ބާރުވެރިކަން ލިބި މުސްލިމުންނަށް އަނިޔާ ލިބި ނިކަމެތިވެ އަޅުވެތިވާ ހިސާބަށް ކަން ކަން ހިނގައްޖެ ނަމަ ހުތުބާގައި ވިދާޅުވި ފަދައިން الله ގެ ހަޟުރަތުގައި ދޭނީ ކޮން ޖަވާބެއްތޯ އިމްރާން ސުވާލު އުފެއްދެވި އެވެ. 

އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރިން ކުރެއްވި އިމްރާން މަޝްރޫއާ ގުޅިގެން ކުރިން ވިދާޅުވީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ފަހަރަކު ވެސް ދިވެހީން އެކަންކަމާ ދެކޮޅަށް ތެދުވި ކަމަށާއި ސިޔާސީ ފިކުރު އެއްކިބާކޮށް، ދިވެހި ގައުމުގެ ދިފާއުގައި ދިވެހީން ތެދުވާންވީ ވަގުތު ޖެހިފައިވާ ކަމަށެވެ. 

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައި ހިއްކަން ފެށު ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފަރުމާކޮށްފައި ވަނީ ދުވަހަކު ވެސް ދިވެހިންނަށް އަނބުރާ އެތަން ނުލިބޭ ގޮތަށެވެ.  ރަސްމާލެއިން ވިއްކާ އެޕާޓްމަންޓެއް ނުވަތަ ބިމުގެ ފުރަތަމަ 99 އަހަރު ހަމަނުވަނީސް ވިއްކާލައިފި ނަމަ ނުވަތަ ވާރުތައިން ދީފި ނަމަ, އަލަށް ގަންނަ މީހާއަށް ވެސް އަލުން އިތުރު 99 އަހަރަށް އެތަން ލިބޭނެ އެވެ. އެގޮތަށް ކިތަންމެ ފަހަރަކު ވެސް އެތަން ވިއްކާލެވިދާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox