ދީނާއި ސަގާފަތް މަސްހުނި ކުރާ އަނެއް ދިވެހިރާއްޖެ އަކީ ކާބަފައިން ހިމާޔަތް ކުރި ރާއްޖެއެއް ނޫން: ޒަރިޔަންދު

އިސްމާއިލް ޒަރިޔަންދު:- ފޮޓޯ: އަދަދު

އިސްމާއިލް ޒަރިޔަންދު:- ފޮޓޯ: އަދަދު

ރާއްޖޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވަނިކޮށް، ކޯޕަރޭޓް އުސޫލުން މީހުން ވަޒަންވެރި ކުރަން ހަދާ ވިޔަފާރި އެއްބަސްވުންތަކުގެ ސަބަބުން މި ގައުމު މުސްތަގުބަލުގެ ބޮޑު ނުރައްކަލަކަށް ހުށަހެޅެމުން ދާ ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ, ކުރު މުއްދަތުގެ މާލީ މަންފާތަކެއް ދައްކައިގެން، އެކަށީގެންވާ ދުރު ވިސްނުމަކާއި ފުން ތަހުލީލެއް ނެތި މިފަދަ ނިންމުންތައް ނިންމުމާއި އެކަމަށް ތާއީދުކުރުމުގެ ފަހަތުގައިވަނީ ބައެއް ދިވެހިންނަށް ލިބޭ އަމިއްލަ މަންފާ އާއި މާލީ ފައިދާ ނުވަތަ ބޭރު ދުނިޔޭގައި ޒާތީ މަގްބޫލުކަމެއް ހޯދުމުގެ ނިޔަތް ކަމަށެވެ.

"ދީނާއި ސަގާފަތް މަސްހުނި ކުރުމަށް ރޭވިގެން މިސްރާބު ޖަހާފައިވާ އަނެއް ދިވެހިރާއްޖެ އަކީ، އަޅުގަނޑުމެންގެ ކާބަފައިން ހިމާޔަތްކުރި ރާއްޖެއެއް ނޫން. އަދި އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ހައްގުވާ ރާއްޖެއެއް ވެސް ނޫން،" ޒަރިޔަންދު ވިދާޅުވި އެވެ.

ޒަރިޔަންދު ވިދާޅުވީ ގައުމެއްގެ އަމިއްލަވަންތަކަން އެއްފަހަރު ގެއްލި ހިނގައްޖެނަމަ، އަލުން އެނބުރި ހޯދުމަކީ ނާދިރު ކަމެކެވެ. އަދި އެކަމަށް ތާއީދު ކުރާ ދިވެހިން ވެސް ހަގީގީ ހެކިތަކާއި ހާލަތުގެ އަލީގައި ވިސްނުން މުރާޖަކޮށްލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އަމިއްލަ އެދުމާއި މާލީ މަންފާއަކީ ފިލައިދާނެ އެއްޗެއް ނަމަވެސް ގައުމު ދެމިއޮންނާނެ ކަމަށާއި، މިއަދު ރާއްޖެއަށް އެދިގޮވަނީ އެންމެންގެ އެއްބައިވަންތަކަމަށް ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.

މިފަދަ މަޝްރޫއުތަކާ ދެކޮޅަށް ރައްޔިތުން އަޑުއުފުލަންޖެހޭކަން ހާމަކުރަމުން، ކެތްތެރިކަމާއި އިސްލާމްދީނުގެ ހައްގު މަގުގައި ސާބިތުވެ ތިބުމުން ނަސްރާއި ކާމިޔާބީ ލިބޭނީ ހައްގަށް ކަމަށް އެ ޕޯސްޓުގައި އޭނާ ފާހަގަކުރި އެވެ.

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox