ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން މެންބަރު ޝާކިރުގެ ސިޓީއެއް

Nov 7, 2026, 6:19 PM
މާވަށު ދާއިރާގެ މެންބަރު ޝާކިރު: ވިދާޅުވީ ތަފުސީލުތައް އެނގޭނެ ގޮތަކަށް ބަޖެޓު ހުށަހަޅަންޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް

މާވަށު ދާއިރާގެ މެންބަރު ޝާކިރު: ވިދާޅުވީ ތަފުސީލުތައް އެނގޭނެ ގޮތަކަށް ބަޖެޓު ހުށަހަޅަންޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް

ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

މެންބަރު ޝާކިރު ފާހަގަކުރެއްވި ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން ބަޖެޓް ފޮތުގައި ރަށްރަށުގެ މަޝްރޫއުތަކުގެ ތަފްސީލު ހިމަނާފައި ނުވާތީ، ދާއިރާތަކަށް ކަނޑައެޅިފައިވާ ބަޖެޓާއި ހިނގާ ހަރަދުތައް ދެނެގަތުމަށް މެންބަރުންނަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. ބަޖެޓުގެ ދެފުށް ފެންނަ މިންވަރު ކުޑަވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް މޮނިޓާ ކުރުމަށް ހުރަސްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެސްއައިޕީ ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު، 2027 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 8.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ކުރީ އަހަރުތަކުގެ ތަފްޞީލަށް ބަލާއިރު، 2025 ވަނަ އަހަރު 12.4 ބިލިއަން ރުފިޔާ ފާސްކުރި ނަމަވެސް ހަރަދުވެފައިވަނީ 8.6 ބިލިއަން ރުފިޔާ އެވެ. އަދި 2026 ވަނަ އަހަރު 8.3 ބިލިއަން ރުފިޔާ ފާސްކުރިއިރު، އޭގެ ތެރެއިން ހަރަދުވާނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ 6.5 ބިލިއަން ރުފިޔާ އެވެ. މި ހިސާބުތަކުން ފެންނަ ގޮތުގައި މަޝްރޫއުތަކަށް ކަނޑައަޅާ ބަޖެޓާއި ހިނގާ ހަރަދާ ދެމެދު ބޮޑު ފަރަގެއް އެބަހުއްޓެވެ.

މާވަށު ދާއިރާގައި ހިމެނޭ ލ. ކުނަހަންދޫ އާއި ހިތަދޫގެ މަޝްރޫއުތަކާ ގުޅޭގޮތުން މެންބަރު ޝާކިރު ވަނީ ހާއްސަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ. އެގޮތުން ކުނަހަންދޫގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް މިހާތަނަށް ފެށިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ގާނޫނުގައިވާ ގޮތުން 2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މި ހިދުމަތް ނިންމަން ޖެހޭއިރު، މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ޝަކުވާ ވަނީ ހުށަހަޅުއްވާފަ އެވެ. ހަމައެއާއެކު، ހިތަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިފައި އޮތް ނަމަވެސް، ފާއިތުވި އަހަރުތަކުގައި އެ މަސައްކަތް އެއްކޮށް ހުއްޓިފައިވާކަން ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މެންބަރު ޝާކިރު ވަނީ މުހިންމު މައުލޫމާތުތަކެއް ހޯދުމަށް އެދިވަޑައިގެންފަ އެވެ. މީގެ ތެރޭގައި 2024 އިން 2027 އަށް ޕީއެސްއައިޕީ މަޝްރޫއުތައް ރަށްރަށަށް ބަހާލެވިފައިވާ ގޮތުގެ ފުރިހަމަ ތަފްސީލާއި، ކުނަހަންދޫ އަދި ހިތަދޫގެ މަޝްރޫއުތަކަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ މިންވަރާއި އެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިމެނެ އެވެ. މި މައުލޫމާތުތަކަކީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކޮންމެހެން އެނގެންޖެހޭ ކަންކަން ކަމަށް މެންބަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox