ކޮލަމާފުށީގެ 85 ޕަސެންޓު ގެތަކަށް ފެން ވަދެ، 25 ގެއެއްގެ މީހުން ވަންނާނެ ތަނެއް ނެތި ހާލުގައި ޖެހިއްޖެ

ކޮލަމާފުށީގައި ފެން ބޮޑުވެފައި: ބައެއް ގެތަކުން ކަރަންޓު ވެސް ކެނޑު ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: ކިޔުންތެރިއެއް

ކޮލަމާފުށީގައި ފެން ބޮޑުވެފައި: ބައެއް ގެތަކުން ކަރަންޓު ވެސް ކެނޑު ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: ކިޔުންތެރިއެއް

އިއްޔެގެ މެންދުރުފަހުން ފެށިގެން ރޭގެ 9:30 އާ ހަމައަށް ވަރަށް ބޯކޮށް ވާރޭވެހި، ގއ. ކޮލަމާފުށީގެ 85 ޕަސެންޓު ގެތަކަށް ފެން ވަދެ، އޭގެ ތެރެއިން 25 ގެއެއްގެ މީހުން ވަންނާނެ ތަނެއް ނެތި ހާލުގައި ޖެހިއްޖެ އެވެ. 

ކޮލަމާފުށިން އަދަދު އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލުގެ ނައިބު ރައީސް ޝަހާމަތު ހަނީފް ވިދާޅުވީ، އިއްޔެ ވެހުނު ވާރޭގައި ދިރިނުއުޅުވޭ ވަރަށް ހަލާކުވި ގެތަކުގެ މީހުން ބަދަލު ކުރާނެ އެހެން ގެއެއް ނެތް ކަމަށެވެ. 

"އެމީހުން ބަދަލު ކުރާނެ ތަނެއް ވެސް ނެތް، ހާލުގައި ޖެހިފައި ހަގީގަތުގައި،" ޝަހާމަތު ވިދާޅުވި އެވެ. 

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ. 

"ގާތްގަނޑަކަށް 85 ޕަސެންޓު ގެތަކަށް ހަމަ އެއްކޮށް ފެން ވަދެފައި ހުރީ. މުދަލާއި ތަކެއްޗެއް ވަރަށް ބޮޑު ގެއްލުމެއްވި،" އޭނާ ބުންޏެވެ. 

އިއްޔެއިން ފެށިގެން މެދުކެނޑުމެއް ނެތި ސިފައިންނާއި ރަށު ކައުންސިލުން ގުޅިގެން ކުރި މަސައްކަތުން ރަށް މިހާރު އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ވެސް ކޯރުކަނޑައި ހެދިން، އަޅުގަނޑުމެންނަށް ކުރެވޭ ކަންކަން. ދެން ސިފައިން ޕަންޕު ޖަހައިގެން ފެން ހިންދީ،" ޝަހާމަތު ވިދާޅުވި އެވެ. 

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން މިއަދު މެންދުރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ފެނުގެ އަސަރު ކުރުމުގެ ސަބަބުން ބައެއް ގެތަކުން ކަރަންޓު ވެސް ކެނޑިފައިވާ ކަމަށެވެ. އަދި ގެއެއްގެ ފާހާނާ ފުރިގެން ނަގިސް ބޭރުވުމުގެ މައްސަލައެއް ވެސް ޖެހުނު ކަމަށް އެ އިދާރާއިން ބުންޏެވެ. 

"މަގުތަކުން މިހާރު ފެންހިއްކާފައިވީ ނަމަވެސް ގިނަ ގެތަކުން އަދިވެސް ފެން ނުހިއްކޭ. ހާލަތު އެންމެ ގޯސް އެއްގޭގެ ފާހާނާ ފުރިގެން ނަޖިސް ބޭރުވެފައިވާއިރު، ރެއިން ފެށިގެން އެގެއިން ވަނީ ކަރަންޓު ވެސް ކެނޑިފައި. ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން މިހާރު ދަނީ އެގެއަށް އެހީތެރިކަން ފޯރުކޮށްދެމުން،" އެ އިދާރާއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox