މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ؛ ރަސްމާލެ މަޝްރޫއުއަށް ވެސް ވާނީ މިހެން!

އާންމުންނަށް ވަނުން ހަނިކުރާ ލަގްޒަރީ ގޮނޑުދޮށު ތަރައްގީ

އާންމުންނަށް ވަނުން ހަނިކުރާ ލަގްޒަރީ ގޮނޑުދޮށު ތަރައްގީ

މިސްރުގައި މުހައްމަދު އަލްއައްބާރުގެ ކުންފުނިން ހިންގާފައި އެއޮތީ ބޮޑު މަޝްރޫއު އެކެވެ. މެޑިޓަރޭނިއަން އައްސޭރިފަށުގައި "މަރާސީ" ގެ ނަމުގައި ތަރައްގީކޮށްފައި އެވާ ސަރަހައްދަކީ، ކުރު މުއްދަތެއްގެ ތެރޭގައި ރަސްމާލެ ވެސް އޮންނާނޭ ގޮތް ކަމަށްބުނެ، އަލައްބާރުގެ ހަރަދުގައި ރާއްޖޭގެ ބައެއް ނޫސްވެރިން ގެންގޮސްގެން އެތަނުގެ އަލިކަމާއި ވިދުން ގަދަކަން ދައްކާލި އެވެ. އެތަނުގެ ރީތިކަމާއި މޮޅު ވާހަކަ ދައްކާއިރު، އަލައްބާރުގެ ކުންފުނިން ނުދައްކައި ފޮރުވި ވާހަކަތަކަކީ އެތަނާ ގުޅިގެން ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ވާހަކަ އެވެ.

އެ ސަރަހައްދުގެ ބީޗު ބޭނުންކުރުން މިސްރުގެ އާންމު ރައްޔިތުންނަށް މަނާވުމާއި، ވީ ވައުދުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ އެތައް ބަޔަކު ހުށަހަޅާފައިވާ އެތައް މައްސަލައެއް މިސްރުގެ ކޯޓުތަކުގައި ހިނގަމުން އެދަނީ އެވެ. ރާއްޖޭގައި މިވަނީ ހުސްނުވާ 99 އަހަރުގެ މުއްދަތަށް، ރަސްމާލެއިން ބޮޑު ސަރަހައްދެއް ތަރައްގީކުރުމަށް އޭނާގެ ވިޔަފާރި ގްރޫޕާ ހަވާލުކޮށްފަ އެވެ. މިސްރުގެ ތަޖުރިބާއަކީ ދިވެހިންނަށް އޮތް އިންޒާރެއްކަމަށް ބަލާށެވެ.

މިސްރުގެ މަރާސީއަކީ ބޮޑު މަޝްރޫއެކެވެ. އެތަނުގައި ރީތި ގޮނޑުދޮށްތަކާއި، އަގުބޮޑު ވިލާތަކާއި، މަތީ ފަންތީގެ ހޮޓާތަކުގެ އިތުރުން މެރީނާއަކާއި ރެސްޓޯރަންޓްތައް ހުރެ އެވެ. މިއީ ދިވެހި ސަރުކާރުން ރަސްމާލޭގައި ތަރައްގީކުރަން ބޭނުންވެގެން އެއުޅޭ ކަހަލަ މަޝްރޫއެކެވެ.

މަރާސީ މަޝްރޫއު ތަރައްގީކުރީ އެމިރޭޓްސްގެ މަހުޖަނު މުހައްމަދު އަލްއައްބާރުގެ ޗެއާމަންކަމުގެ ދަށުން ހިންގާ އީމާރު މިސްރު ކުންފުނިންނެވެ. ދިވެހި ސަރުކާރުން ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގުމަށް 21 ސެޕްޓެމްބަރު 2026 ގައި  އެއްބަސްވުމެއްގައި ސޮއިކުރީ ހަމަ މި ވިޔަފާރިވެރިޔާގެ އީގަލް ހިލްސް ކުންފުންޏާއެކު އެވެ.

ސަރުކާރުން މި އެއްބަސްވުން ސިފަކުރަނީ ރާއްޖޭގެ އިގުތިސާދު ބަދަލުކޮށްލާނެ ތާރީހީ އިންވެސްޓްމަންޓެއްގެ ގޮތުގަ އެވެ. މި މަޝްރޫއުގެ ދަށުން ލަގްޒަރީ ބޯހިޔާވަހިކަމާއި، ބައިނަލްއަގުވާމީ ހޮޓާތަކާއި، ވިޔަފާރީގެ ފުރުސަތުތަކާއި، ވަޒީފާގެ އިތުރުން ބިލިއަނުން ޑޮލަރުގެ އިންވެސްޓްމަންޓް އަންނާނެ ކަމަށް ސަރުކާރުން ވައުދުވެފައި ވެ އެވެ. ލިޔެކިޔުމެއްގައި އެއިން ވާހަކައެއް އޮތްތަން ފެނުނު އިންސާނަކު ނެތެވެ. އަމުދުން ލިޔެފައި އޮތަސް، މި ވައުދުތަކާމެދު އުފާ ފާޅުކުރުމުގެ ކުރިން، މިސްރުގެ މަރާސީ މަޝްރޫއަށް ވީގޮތް ދިވެހިން ބަލަން ޖެހެ އެވެ.

މިސްރުގެ އެ ލަގްޒަރީ މަޝްރޫއުން މުދާ ގަތް މީހުން، މިހާރު އެ ވަނީ އެ މަޝްރޫއު ތަރައްގީކުރި ކުންފުނި ގޮވައިގެން ކޯޓަށް ގޮސްފަ އެވެ. އެމީހުންގެ ޝަކުވާތަކުން ރަސްމާލޭގެ މުސްތަގުބަލާ މެދު ވެސް އަސާސީ ސުވާލުތަކެއް އުފެދެ އެވެ.

ސުވަރުގެއެއް ފަދަ 'މަރާސީ'ން ޕްރޮޕަޓީ ގަތް މީހުން، އެތަން ބޭނުންކުރުމުގެ ހައްގު ހޯދަން ކޯޓަށް

ޖުލައި 2026 ގައި މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަރާސީގެ ވިލާތަކާއި އެޕާޓްމަންޓްތަކުގެ ވެރިން ވަނީ އީމާރު މިސްރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ފަށާފަ އެވެ. އެމީހުން ދަނީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 100 މިލިއަން މިސްރު ޕައުންޑް ހޯދުމަށް ވަކާލާތު ކުރަމުންނެވެ. އެމީހުންގެ ޝަކުވާތަކަކީ ހައިރާންވާ ފަދަ ޝަކުވާތަކެކެވެ.

މުދާ ގަތް މީހުން ބުނާ ގޮތުގައި، އެމީހުންނަށް ބޭނުންކުރެވޭނެ ކަމަށް ބުނި ބީޗުތައް މިހާރު ވަނީ ހޮޓާތަކަށާއި ވިޔަފާރިތަކަށް ހާއްސަކޮށްފަ އެވެ. އަދި ޒިޔާރަތްކުރާ މީހުންނާއި މެހެމާނުންނަށް އާ ހުރަސްތަކެއް ކުރިމަތިކޮށް، ބައެއް ތަންތަނަށް ވަދެވެނީ އިލެކްޓްރޯނިކް ކިއުއާރު ކޯޑު މެދުވެރިކޮށް ކަމަށް އެމީހުން ބުނެ އެވެ. އެހެންވީމާ، މިސްރުގެ އާންމު ރައްޔިތުންނަށް އެ ސަރަހައްދަށް ވަނުމުގެ ހައްގު ވެސް އަމުދުން ނެތީ އެވެ. ބައެއް މީހުން ޝަކުވާކުރާ ގޮތުގައި، އެ މަޝްރޫއުގެ ދަށުން ތަރައްގީކުރި ބީޗުތަކާއި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ފީތަކެއް ދައްކަން މިހާރު މަޖުބޫރު ވެ އެވެ. މިއީ މިހާރު މިސްރުގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައިގެ އަސްލެވެ.

މަޝްރޫއު ތަރައްގީކުރި ކުންފުނިން ބުނަނީ މި ފިޔަވަޅުތަކަކީ ތަން ތޮއްޖެހުން ކުޑަކުރުމަށާއި، އަމިއްލަ މިނިވަންކަން ރައްކާތެރިކުރުމަށާއި، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް މުދާ ގަތް މީހުން ބުނަނީ މި ހުރަސްތަކުގެ ސަބަބުން، އެމީހުންނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތަކަށް އުނިކަން އަންނަ ކަމަށެވެ.

މި ތުހުމަތުތަކަކީ ގާނޫނީ ގޮތުން ބުރަދަނެއް ހުރި ކަންތައްތަކެއްތޯ ނިންމާނީ އެ ގައުމުގެ ކޯޓުތަކުންނެވެ.

"އީޖިޕްޓް ޓެލެގްރާފް" އިން 8 އޮކްޓޫބަރު 2026 ގައި ރިޕޯޓްކުރި ގޮތުގައި، މިސްރުގެ ވިޔަފާރިވެރިންނާއި މަޝްހޫރު މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 120 މީހުންނާއި ބައެއް ބޭރުގެ އިންވެސްޓަރުން ވަނީ އީމާރު މިސްރާ ދެކޮޅަށް ދައުވާކޮށްފަ އެވެ. މި މީހުން މިލްކުކޮށްފައިވާ މުދަލުގެ ޖުމްލަ އަގު ގާތްގަނޑަކަށް 10 ބިލިއަން މިސްރު ޕައުންޑަށް އަރަ އެވެ. އެމީހުން އެދެނީ އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރުމަށާއި، ބީޗުތަކާއި އާންމު ވަސީލަތްތައް ބޭނުންކުރުމުގެ ހައްގު އަލުން އިއާދަކޮށްދިނުމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށްވެސް އެމީހުން ދަނީ އެދެމުންނެވެ.

މީގެ މުހިންމުކަމަކީ ހަމައެކަނި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދެއް ނޫނެވެ. އެއީ މައްސަލައިގެ ބާވަތެވެ. މުދާ ގަތް މީހުން ބުނަނީ އެމީހުންނަށް ވައުދުވި މަޝްރޫއާއި، މިއަދު ފެންނަން އޮތް ހަގީގަތާ ދިމާނުވާ ކަމަށެވެ.

މަރާސީގައި އާންމު މިސްރު ރައްޔިތުންނަށް ވާނީ ކިހިނެއް؟

މި ހިޔާލުތަފާތުވުންތަކާއެކު، އާންމު ރައްޔިތުންގެ ހައްގުތަކާ މެދުވެސް ބޮޑު ސުވާލެއް ވަނީ އުފެދިފަ އެވެ. މެޑިޓަރޭނިއަން އައްސޭރިފަށުގެ ސަރަހައްދުތައް ބޭނުންކުރުމުގެ ބާރު އަމިއްލަ ކުންފުނިތަކަށް ދޫކޮށްލަންޖެހޭ ހެއްޔެވެ؟ މިސްރުގެ ގާނޫނުއަސާސީ ބުނާ ގޮތުން، މިސްރަށް ނިސްބަތްވާ ކަނޑުތަކާއި ގޮނޑުދޮށްތައް ރައްކާތެރިކޮށްދީ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެތަންތަނުގެ ބޭނުން ހިފުމުގެ ހައްގު ހަމަ ކޮންމެ ރައްޔިތަކަށްމެ ލިބިގެން ވެ އެވެ.

އެހެންކަމުން، މަރާސީގެ މައްސަލައަކީ ހަމައެކަނި މުދާވެރިންނާއި ކުންފުންޏަކާ ދެމެދު އޮތް މައްސަލައަކުން، ގައުމީ ބޮޑު ބަހުސަކަށް މިހާރު ވަނީ ބަދަލުވެފަ އެވެ. އެއީ އަމިއްލަ އިންވެސްޓްމަންޓްތަކާއި ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގެ އާންމު ހައްގާ ދެމެދު އޮތް ގުޅުމާ މެދު ކުރެވޭ ބަހުސެކެވެ. މިސްރުގެ ރައްޔިތުންނާއި ފާޑުކިޔާ މީހުން ދަނީ، އައްސޭރިފަށުގެ ސަރަހައްދުތަކަށް ވަނުން ހަނިކުރުމުގެ ބާރު އަމިއްލަ މަޝްރޫއުތަކަށް ދެވިގެންވާނެތޯ ސުވާލު އުފައްދަމުންނެވެ. ރަސްމާލޭގައި ހިންގަން އެއުޅޭ މަޝްރޫއުއާ ގުޅިގެން ދިވެހިރާއްޖެއަށް މި ސުވާލު މާ މުހިންމެވެ.

މިސްރަކީ އެކި ދީންތަކުގެ، އެކި ސަގާފަތުތަކުގެ މީހުން ދިރިއުޅޭ މަސްހުނި ގައުމެކެވެ. އެ ގައުމުގައި މިފަދަ މައްސަލަތައް މެދުވެރިވެ، މިސްރު ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާއިރު، ރާއްޖޭގައި މި ހާލަތު އޮންނާނެގޮތް ތަސައްވުރު ކުރައްވާށެވެ. އެތައް ބިލިއަން ޑޮލަރު އިންވެސްޓުކޮށްގެން އުޅޭ ކުންފުންޏަކާ ދެކޮޅަށް، ނުވަތަ ރަސްމާލެއިން ބިން ގަނެގެން އުޅޭ މަހުޖަނު ބިދޭސީންނާ ދެކޮޅަށް ދިވެއްސަކަށް ނުވަތަ ދިވެހި ސަރުކާރަށް ކުރެވޭނޭ ކަމެއް އޮންނާނެ ހެއްޔެވެ؟ ނޯންނާނެ އެވެ.

ތަރައްގީއާއި ތަނަވަސްކަން ހޯދުމުގެ ނަމުގައި އަޅުގަނޑުމެން ވެއްޓޭން މިދަނީ އަރައިނުގަނެވޭނޭ ފުން އަނދަވަޅަކަށެވެ. އަލައްބާރަކީ އިންސާފެއްނެތް އިޒްރޭލުގެ އެންމެ ބޮޑު އެއް މަދަދުގާރެވެ. އޭނާ އެކި ގައުމުތަކުގައި ހިންގި މަޝްރޫއުތަކާ ގުޅިގެން ކަންހިނގައިދާ ގޮތް އެހުރީ ފެންނާށެވެ. މިއިން އެއް ކަމަކަށް ބެލުމެއްނެތި، އަޅުގަނޑުމެން ރަސްމާލޭގެ ބިން އޭނާގެ އަތްމައްޗަށް ދޫކޮށްލުމަކީ އަންނާން އޮތް ޖީލުތަކަށް ވެސް ވެވޭ ހިޔާނާތެކެވެ. ތަރައްގީއޭ، އިންވެސްޓްމަންޓޭ ކިޔައިގެން ތިޔަ ދައްކާހައި ވާހަކައެއް ތިޔަ ދައްކަނީ އަލައްބާރު އަތުން އަމިއްލަ ޖީބަށް ވަދެފައި އޮތް އެއްޗެއްގެ ދަހިވެތިކަމުގައި ޖެހިގެން ކަމަށް ނުބުނާ ދިވެއްސަކާ ދިމައެއް ނުވެ އެވެ.

ރަސްމާލެ ތަރައްގީކުރަމާ ހިންގަވާށެވެ. އެކަމުގައި އަޅުގަނޑުމެން އެންމެން ސަރުކާރަށް އެއްބާރުލުން ދޭނީ އެވެ. އެކަން ކުރާނީ އެކަން ކުރާނޭ ބަޔަކު ހޯދުމަށް އިއުލާނުކޮށްގެންނެވެ. އެ އިއުލާނުގައި އޮންނާނީ ދިވެހިރާއްޖެއިން ކުރާ، ދިވެހިރާއްޖެއަށް ފައިދާ ހުރި ޝަރުތުތަކެވެ. އެތަން ހަވާލުކުރާނީ އެ ޝަރުތުތަކަށް އެއްބަސްވެ، ދިވެހިރާއްޖެއަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ގޮތަށް އެކަން ކުރާން އެއްބަސްވާ ކުންފުންޏަކާ އެވެ. ސިއްރު ބައްދަލުވުމެއްގައި އަލައްބާރާއެކު ދެކެވުނު ވާހަކަތަކެއްގެ މައްޗަށް، އޭނާގެ ކުންފުންޏަށް މި ބިން ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

 ---

 މަރާސީގެ ހާލަތާއި، އީމާރު މިސްރު ކުންފުނިން އަމަލުކޮށްފައިވާ ގޮތް އިތުރަށް ދިރާސާކުރެއްވުމަށް މި ލިންކުތަކަށް ޒިޔާރަތްކުރައްވައި އަމިއްލަފުޅަށް ބައްލަވާށެވެ. ކަމުގެ ހަގީގަތް ސާފުވެވަޑައިގަންނަވާނެ އެވެ. 

- އަލްމަޞްރީ އަލްޔައުމް.ކޮމް

- އީޖިޕްޓުޓެލްގްރާފް.ކޮމް

- އެންޓަޕްރައިޒްއެމް.ކޮމް

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox