ރިޒާވް ވަރުގަދަކުރަން ސަރުކާރުން ވޯލްޑް ބޭންކާއި އެހެން ބައިވެރިންގެ އެހީތެރިކަމަށް އެދިއްޖެ

ޒަރީރު މިއަދު މަޖިލީހުގައި: ވިދާޅުވީ ބައިބަޔަށް ބަހާލައިގެން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކަމުންދާ ކަމަށް --- ފޮޓޯ: މަޖިލިސް

ޒަރީރު މިއަދު މަޖިލީހުގައި: ވިދާޅުވީ ބައިބަޔަށް ބަހާލައިގެން އަމިއްލަ ވިޔަފާރިތަކަށް ފައިސާ ދައްކަމުންދާ ކަމަށް --- ފޮޓޯ: މަޖިލިސް

ބޭރު ފައިސާގެ ރިޒާވު ވަރުގަދަކުރުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހެނިހެން މާލީ އިދާރާތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގުތިސޯދުގެ ހާލަތާ ގުޅޭ ގޮތުން ރޮއިޓާސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޒަރީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ޓޫރިޒަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އިގުތިސޯދަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. 

މި ގޮންޖެހުންތަކުން އަރައިގަތުމުގެ ގޮތުން، ރިޒާވު އިތުރުކުރުމާއެކީ، އިގުތިސޯދީ އިސްލާހި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި، މި ފިޔަވަޅުތައް ކުރިއަށް ގެންދިޔުމަށާއި މާލީ ހަމަޖެހުން ގާއިމުކުރުމަށް ބޭރުގެ އެހީތެރިކަން މި ވަގުތު ނުހަނު ބޭނުންތެރި ކަމަށް އޭނާ ވިދާޅުވި އެވެ. 

ޒަރީރު ފާހަގަކުރެއްވި ގޮތުގައި، ތެލުގެ އަގު ބޮޑު ވުމާ ގުޅިގެން މި އަހަރު ހަކަތައިގެ ސަބްސިޑީތަކަށް (ތެލާއި ކަރަންޓު ސަބްސިޑީއަށް) ކުރަން ޖެހޭ ހަރަދު ވަނީ ތިން ގުނައަށް އިތުރުވެފަ އެވެ. މީގެ ސަބަބުން ބަޖެޓު ޑެފިސިޓު ކުރިން އަމާޒުކުރި 7.1 ޕަސެންޓުން ނުވަ ޕަސެންޓަށް މަތިވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ހަރަދުތަކަށް އިސްލާހި ބަދަލުތައް ގެނައުމަށް ސަރުކާރުން ވަނީ އަޒުމް ކަނޑައަޅާފަ. އަދި މާލީ ހަމަޖެހުން ގާއިމުކުރުމަށާއި، ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް އަހަރަމެން މިދަނީ މަސައްކަތް ކުރަމުން. ނަމަވެސް އިގުތިސޯދު އިތުރަށް ހަރުދަނާކުރުމަށްޓަކައި އަދިވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވޭ." ޒަރީރު ވިދާޅުވި އެވެ.

ރިޒާވު ވަކި މިންވަރެއްގައި ހިފަހައްޓަން އެހީތެރިކަން ބޭނުންވާ އަނެއް ސަބަބަކީ މުސްތަގުބަލުގައި އަދާކުރަން ދަރަންޏެވެ.

ޒަރީރު ވިދާޅުވީ ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ދަރަނި އަދާކުރުމަށް އަހަރަކު 300 އާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭ ކަމަށެވެ. މި ފައިސާ ދައްކާނީ، އޭނާ ވިދާޅުވީ، މައިގަނޑު ގޮތެއްގައި ދައުލަތަށް ލިބޭ އާމްދަނީންނެވެ. އެހެންކަމުން، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރިޒާވުގައި ބަފާއެއްގެ ގޮތުގައި ބަހައްޓާނެ ފެސިލިިޓީތަކެއް ހޯދަން ކަމަށް ޒަރީރު ވިދާޅުވި އެވެ.

"ވަކި މިންވަރެއްގައި ރިޒާވް ހިފެހެއްޓުމަށާއި ބަފާއެއް ބިނާކުރުމުގައި އަޅުގަނޑުމެންނަށް ގޮންޖެހުންތައް އެބަހުރި، އެހެންކަމުން ރިޒާވްގައި ބަފާއެއްގެ ގޮތުގައި މަދުވެގެން ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން މިދަނީ ވަކި ފެސިލިޓީތަކެއް ހޯދުމަށް މަސައްކަތް ކުރަމުން،" ޒަރީރު ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވެސް ރިޒާވު ހިފަހައްޓަމުން އަންނަނީ މީގެ ފެސިލީޓީތައް ބޭނުންކޮށްގެންނެވެ. އެ ގޮތުން 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ކުރީކޮޅާ ހަމައަށް ހިނގި މުއްދަތުގެ ތެރޭގައި އެ ކަމަށް ބޭނުންކުރީ އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވު ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެކެވެ. 

އިންޑިއާއިން ދިން ޑޮލަރު ސްވޮޕުގެ މުއްދަތު ހަމަވުމުން ސަރުކާރުން ވަނީ ހަމަ އެ ބޭންކުން 30 ބިލިއަން ރުފީސްގެ (315 މިލިއަން ޑޮލަރުގެ) ކްރެޑިޓު ފެސިލިޓީއެއް ނަގާފަ އެވެ. ޒަރީރު ވަނީ އަންނަ އަހަރާ ހަމައަށް މުއްދަތު ހަމަވާ މި ފެސިލިޓީ މި މަހުގެ ތެރޭގައި ރޯލްއޯވާ ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އޭޭގެ އިތުރުން، މި ފަހުން ދިވެހިން ސަރުކާރުން ވަނީ މެލޭޝިއާގެ މަރުކަޒީ ބޭންކު، ބޭންކް ނެގާރާއިން 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދޭން އެ ގައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދިފަ އެވެ. 

އިގުތިސޯދަށް އެރި ލޮޅުންތަކާއެކީ، މިހާރު އަންދާޒާކުރަނީ އިގުތިސޯދު ކުރިއަރާނީ ޕަސެންޓެއް ކަމަށެވެ. ޒަރީރު ވިދާޅުވި ގޮތުގައި، ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދަތިކަމުން އަރައިގަނެ، އަންނަ އަހަރު 3.8 ޕަސެންޓަށް އަދި 2028 ގައި 6.8 ޕަސެންޓަށް އިގުތިސޯދު ދުވެލި މަތިކުރަން ކަމަށެވެ.

ސަރުކާރުން މިކަން ކުރަނީ، ޒަރީރު ވިދާޅުވި ގޮތުގައި، އިގުތިސޯދު ސިންދަފާތުކޮށްގެންނާއި، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްގެންނާއި، ޓޫރިޒަމްގެ ހަރަކާތްތެރިކަން އިތުރުކޮށްގެންނެވެ.

ޒަރީރު ވިދާޅުވީ، މި އަމާޒުތަކަށް ވާސިލުވުމުގެ ގޮތުން ވާލްޑް ބޭންކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި، މިދިޔަ މަހުގެ ތެރޭގައި އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ އެކީ ސޮއިކޮށްފައިވާ 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފެެސިލީޓިން ވެސް މިކަމަށް އެހީތެރިވެދޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ދަތުރުފަތުރަށް އަންނަ ހުއްޓުންތަކުގެ ގެއްލުން ކުޑަކޮށް، ޓޫރިސްޓުން އަންނަ އަދަދު އިތުރުކުރުމުގެ ގޮތުން ގައުމީ އެއާލައިން، މޯލްޑިިވިއަންއަށް އިތުރު ބޯޓުތައް ކުއްޔަށް ނެގުމުގެ މަސައްކަތާއި، ހަތް އެއާލައިނަކާ ވާހަކަ ދައްކައިގެން ފްލައިޓުތައް އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަރީރު ވިދާޅުވި އެވެ. 

މޯލްޑިވިއަން އިތުރުކުރާ ބޯޓުތައް ބޭނުންކުރަން ވިސްނަނީ، މިހާރު ރާއްޖޭގެ ޓޮޕް ސޯސް މާކެޓުތަކުގެ އަށް ވަނައިގައި އޮތް އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރަން ކަމަށް ޒަރީރު ވިދާޅުވި އެވެ. 

ސަރުކާރުން ވަނީ ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ފޫބައްދަން ވާލްޑް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox