އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

އެމްއެމްއޭއިން އެކްސްޗޭންޖު ލައިސަންސް ހިފެހެއްޓި އެމްއެސް ފައިނޭންސް: މިއީ އެފްއޭއެމް ހިޔާނާތުގައި ފައިސާ ލޯންޑާކުރަން ވެސް ބޭނުންކުރި ވިޔަފާރިއެއް --- ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

އެމްއެމްއޭއިން އެކްސްޗޭންޖު ލައިސަންސް ހިފެހެއްޓި އެމްއެސް ފައިނޭންސް: މިއީ އެފްއޭއެމް ހިޔާނާތުގައި ފައިސާ ލޯންޑާކުރަން ވެސް ބޭނުންކުރި ވިޔަފާރިއެއް --- ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

މަނީ ޗޭންޖިން ވިޔަފާރިކުރުމުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިފަހައްޓައިފި އެވެ.

މަރުކަޒީ ބޭންކުން  ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ލައިސަންސް ހިފެހެއްޓުމާ އެކީ ސުޕަވައިޒަރީ ފިޔަވަޅެއްގެ ގޮތުން އެމްއެސް ފައިނޭންސް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. 

އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންމެނަށް އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އިންޒާރު ދިނެވެ.

މިއީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށްޓަކައި ކަމާ ބެހޭ އިދާރާތައް ގުޅިގެން ހާއްސަ ޓާސްކްފޯހެއް އުފައްދައި، ސަރުކާރުން ވަރުގަދަ މަސައްކަތްތަކެއް ފެށި ފަހުން ލައިސަންސް ހިފެހެއްޓި ނުވަތަ ބާތިލުކުރި ދެ ވަނަ މަނީ އެކްސްޗޭންޖެވެ. މީގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު އެމްއެމްއޭ އިން ވަނީ އެކްސްޕްރެސް މަނީ އެކްސްޗޭންޖުގެ ލައިސަންސް ވެސް ބާތިލުކޮށްފަ އެވެ.

އެކްސްޗޭންޖު ހުއްދަ ހިފެހެއްޓި އެމްއެސް ފައިނޭންސްއަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ބައިވެރިންގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކުގައި މަނީ ލޯންޑާކުރަން ބޭނުންކުރި އެއް ވިޔަފާރި އެވެ. 

މި މައްސަލައިގައި ނެރުނު އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި، އެފްއޭއެމްގެ ޓްރެއިނިން ގްރައުންޑެއް ހަދަން ހުޅުމާލޭން ދިން ބިމުން ތަންތަން ކުއްޔަށް ދީގެން ލިބުނު 52 މިލިއަން ރުފިޔާގެ ތެރެއިން 14 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި އެވެ. މި ފައިސާގެ ތެރެއިން 8.9 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ އެމްއެސް ފައިނޭންސްގެ އެކައުންޓުތަކަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ މައުލޫމާތަށް ބަލާއިރު، އެމްއެސް ފައިނޭންސްގެ ހިއްސާދާރުންނަކީ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) އާއި ނުޝްރަތު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox