ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

Oct 10, 2026, 6:14 PM
ދިވެހި ޕްރިމިއާ ލީގުގައި ނިއު އާއި ދިއްދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުގައި ނިއު އާއި ދިއްދޫ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ހއ. ދިއްދޫ ފުޓްބޯޅަ ޓީމުން ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ 2-2 އިން އެއްވަރުވެއްޖެ އެވެ. 

މި މެޗުގައި ދިއްދޫ ލީޑުގައި އޮއްވައި، ނިއު އިން އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނިޓްގެ ވެސް ފަހު ވަގުތު އެވެ. 

ހޯމް އެންޑް އަވޭ ސިސްޓަމަށް ކުޅޭ ގޮތަށް ރާއްޖޭގެ ޕްރިމިއާ ލީގު މި ފަހަރު ބަދަލުވިއިރު، ދިއްދޫން ފުރަތަމަ ތިން މެޗު ކުޅެފައިވަނީ، މާލޭގަ އެވެ. ފުރަތަމަ މެޗުން ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވިއިރު، ދިއްދޫ ދެން ކުޅުނު ދެ މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވީ އެވެ. މީގެ ތެރެއިން ވިކްޓަރީ މެޗުގައި ދިއްދޫން ވަނީ ފަހަތުން އަރައި 3-3 އިން އެއްވަރުކޮށްފަ އެވެ. އެހެން ނަމަވެސް، 4-3 އިން ބަލިވީ އެވެ. އެކަމަކު، ދިއްދޫން މިއަދު ނިއު ރޭޑިއަންޓާ އެއްވަރުކޮށް މި ވަނީ ދިވެހި ފުޓްބޯޅައިގައި ތާރީހީ ސޮފުހާއެއް ލިޔެފަ އެވެ. 

ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ 13 މިނިޓް ތެރޭ ދިއްދޫން ވަނީ ނިއު ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އުފާލް އަބްދުﷲ ވަނީ ބޮލުން ގޯލަށް ފޮނުވާލައި ދިއްދޫ އަށް ލީޑުނަަގައިދީފަ އެވެ. އަދި، އޭގެ ތިން މިނިޓް ފަހުން، އުފާލް ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި، އައިވަރީ ކޯސްޓުގެ ފޯވާޑް، ޓެޓޭ ގިޑިއޯން ވަނީ ދިއްދޫގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އޭނާ މި ލަނޑު ޖެހީ، ނިއުގެ ކީޕަރު އަހުމަދު ސަމީރު ކައިރިން ނައްޓާފައި ގޮހެވެ. 

ނިއު އިން މެޗުގެ ތެރެއަށް އަންނަން ކުރި މަސައްކަތުގައި އެ ޓީމުގެ ކެޕްޓަން، އަލީ އަޝްފާގު (ދަގަނޑޭ) ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ނިއުގެ އެޓޭކު ވަރުގަދަކުރަން، 30 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ކުޅެން އެރުވި އެވެ. އެއާ އެކު ނިއުގެ އެޓޭކް އަވަސްވެ، 34 ވަނަ މިނިޓްގައި ލަނޑު ޖެހި އެވެ. މިއީ، އޭރިއާތެރެއަށް މަތިން ހުރަސްވި ބޯޅައެއް ހޯދަން ދިއްދޫގެ ކީޕަރު މުަހައްމަދު ޝިފާން އެރި ނަމަވެސް އެ ބޯޅަ ހޯދައިގެން، ނިއުގެ ދަގަނޑޭ ޖެހި ގޯލެކެވެ. 

ދިއްދޫ އަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިން ވަނަ ލަނޑެއް ޖަހައިދޭން ޓެޓޭ އާއި އަބްދުﷲ އަޝްފާގަށް ލިބުނު ފުރުސަތުތަކުގައި ޖެހި ޝޮޓްތައް ކީޕަރު ސަމީރު ވަނީ ހުއްޓުވައިފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅުގައި ދިއްދޫ އަށް ދެ ގޯލުގެ ލީޑެއް ނަގައިދޭން ލިބުނު ފުރުސަތުގައި އެ ޓީމުގެ ކުޅުންތެރިންނަށް ބޭނުމެއް ނުހިފުނެވެ. 

ނިއު އިން އެންމެ ފަހުން، މާޒިޔާ ބަލިކުރި މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ދެ ވަނަ ހާފުގައި ގޯލެއް ޖެހޭތޯ ގިނަ ކުޅުންތެރިން އެޓޭކަށް ފޮނުވައިގެން މަސައްކަތް ކުރަމުންދިޔަ އެވެ. އޭގެ ނަތީޖާއެއް ފެނުނީ، މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު ސިކުންތުކޮޅުގެ ތެރޭގަ އެވެ. އޭރިއާތެރެއިން ނިއުގެ ލައިބީރިއާގެ މިޑްފީލްްޑަރު، ޔާޔާ ބިލިޓީ އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ކީޕަރު ޝިފާނަށް ނުލިބި ގޯލަށް ވަނީ އެވެ. 

ލީގުގައި ދިއްދޫން ކުޅުނު ފުރަތަމަ ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox