ސައުދީގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

Oct 14, 2026, 7:51 PM
ފޮޓޯ: ހިއުމަން ރައިޓްސް ވޮޗް

ފޮޓޯ: ހިއުމަން ރައިޓްސް ވޮޗް

ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން ސްރީލަންކާގެ މީހަކަށް އިއްވާފައިވާ މަރުގެ ހުކުމް ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި ކަމަށް ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރުން ހޭމަޗަންދުރަ ވިދާޅުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ އަނޯޖަން ސިވަރާސާގެ މައްޗަށް އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވެ، ސައުދީގެ އިސްތިއުނާފީ ކޯޓުން އޭނާ މަރަން ހުކުމް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

މި މައްސަލައާ ގުޅިގެން ސްރީލަންކާގައި ބޮޑު ކަންބޮޑުވުމެއް އުފެދުނުއިރު، އޭނާއަށް މައާފު ހޯދައިދިނުމަށްޓަކައި ޑިޕްލޮމެޓިކް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

ސައުދީގެ އެންމެ މަތީ ކޯޓުން މިދިޔަ ބުދަ ދުވަހު އެ ހުކުމް ބާތިލްކޮށްފައިވާކަން ހާމަކުރައްވައި، ހޭމަޗަންދުރަ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށާއި ގާނޫނީ ޓީމުތަކުން ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި މައްސަލަ ފެށުނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު، ހިންދޫންގެ ދީނީ ހަރަކާތެއްގެ ތެރޭގައި މުސްލިމް ޒުވާނަކު ކުއްތާއެއްގެ ގައިގައި ކޮޅުފައިން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، ދީނީ ބަހުސްތަކެއް އުފެދުމާ ގުޅިގެންނެވެ.

އެ ބަހުސްގެ ތެރޭގައި މީހަކު ހިންދޫންގެ ބާތިލް ކަލާނގެއަކަށް ފުރައްސާރަކޮށް ކުރި ޕޯސްޓަކަށް ރައްދުދެމުން، ސިވަރާސާ ވަނީ ތަމަޅަ ބަހުން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކޮމެންޓް ކޮށްފަ އެވެ.

ސިވަރާސާ ވަގުތުން އެ ކޮމެންޓް ފޮހެލައި މައާފަށް އެދި ވީޑިއޯއެއް އާންމުކުރި ނަމަވެސް، އެ ކޮމެންޓުގެ ސްކްރީންޝޮޓެއް އޭނާ ވަޒީފާ އަދާކުރާ ކުންފުންޏަށާއި ސައުދީގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައުމާ ގުޅިގެން، މިދިޔަ ޖުލައި މަހު އޭނާ ހައްޔަރުކުރި އެވެ.

މި މައްސަލައިގައި ދެން އަމަލުކުރާނެ ގޮތެއް ނުވަތަ ސިވަރާސާ ބަންދުގައި ބަހައްޓާނީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. އަލް-އަހްސާ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައުދީ ރިޔާލްގެ ޖޫރިމަނާއެކެވެ.

ސިވަރާސާގެ މައްސަލައިގައި ސައުދީއާއެކު ކުރިއަށްދާ ގާނޫނީ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ފައިޒަރު މުސްތަފާ ވިދާޅުވީ، ސައުދީން މަރުގެ ހުކުމް ބާތިލްކޮށްފައިވާކަން ކަށަވަރުވާ ކަމަށާއި، މިހާރު ދިރާސާ ކުރަމުންދަނީ ސުޕްރީމް ކޯޓުގެ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

ސިވަރާސާގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ، ސެޕްޓެމްބަރު 28 ގެ ފަހުން އޭނާއާ އެއްވެސް ވަރަކަށް ގުޅިފައި ނުވާ ކަމަށެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ވަނީ އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ސައުދީ ސަރުކާރަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބަނޑަށް ބައިތިއްބައިގެން މީހުން މެރި ކަލްޓް ލީޑަރު ޖަލަށް

ކެންޔާގައި "އީސާގެފާނާ ބައްދަލުކުރުމަށް" ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޑަކުދިން ބަނޑަށް ބައިތިއްބައިގެން މަރާލި ކަލްޓް ލީޑަރު ޕޯލް މެކެންޒީ 200 އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ޝަކަހޯލާ ޖަންގަލީގެ ތެރޭގައި ހިންގި މި ރަހުމްކުޑަ އަމަލާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓުގެ 28 މެންބަރެއްގެ މައްޗަށް ވެސް ވަނީ މީހުން މެރުމުގެ ކުށް ސާބިތުވެފައެވެ.

ބޭންކު ބަނގުރޫޓުވި މައްސަލައިގައި ރައީސް އަޒުލުކޮށް ގޭބަންދުގައި

ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެންޔާގެ މަސްލަހަތު އޮތް ބޭންކެއް ބަނގުރޫޓުވި މައްސަލައިގައި، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭނާ މަގާމުން އަޒުލުކޮށް ގޭބަންދުކޮށްފިއެވެ. މި މައްސަލައިގައި ގައުމުގެ ގިނަ ބައެއްގެ ފައިސާ ގެއްލި ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާއިރު، ޕެންޔާގެ މައްޗަށް ވަނީ ޚިޔާނާތާއި ކޮރަޕްޝަނުގެ ދައުވާތައް އުފުލާފައެވެ.

ޖިންސީ ގޯނާގެ މައްސަލައެއްގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލް އެމެރިކާގެ ފްލޮރިޑާ އިން ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 82 އަހަރުގެ ތޯމަސްގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އޭނާ ކުއްޔަށް ހިފާފައިވާ ގުދަންތަކެއް ބަލައި ފާސްކުރުމަށްފަހު ކަމަށްވާއިރު، ކޯޓުން މިހާރު ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މޮނިޓަރު ކުރުމަށް އަމުރުކޮށްފައެވެ.

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox