ފޭސްބުކް
32 ލިޔުން
ފަހުގެ
ދުނިޔެސައުދީގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި
ފޭސްބުކްގައި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައެއްގައި ސައުދީ އަރަބިއްޔާގައި ލަންކާ މީހަކަށް އިއްވި މަރުގެ ހުކުމް އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. މި ހުކުމް ބާތިލްކޮށްފައިވަނީ ލަންކާ ސަރުކާރުން ޑިޕްލޮމެޓިކް ފެންވަރުގައި ކުރި ގިނަ މަސައްކަތްތަކަކަށް ފަހުގައެވެ. އުމުރުން 27 އަހަރުގެ މި ޒުވާނާ ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ކުރި ކޮމެންޓަކާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ދުނިޔެކުދިން ސޯޝަލް މީޑިއާއަށް ދެވިހިފާ ގޮތަށް މެޓާއިން އަމަލުކުރޭ
ކުޑަކުދިން ސޯޝަލް މީޑިއާއަށް ދެވިހިފާ ގޮތަށް ފޭސްބުކް އަދި އިންސްޓަގްރާމް ފަރުމާކޮށްފައިވާ ކަމަށް ބުނެ، އެމެރިކާގެ ގިނަ ސްޓޭޓްތަކަކުން މެޓާ ކުންފުންޏާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކޯޓުގައި ފަށައިފިއެވެ. މި މައްސަލައިގައި ދައުލަތުން ތުހުމަތުކުރަނީ ކުޑަކުދިންގެ ރައްކާތެރިކަމުގެ ގާނޫނުތަކާ މެޓާއިން ހިލާފުވެފައިވާ ކަމަށެވެ. ނަމަވެސް މެޓާއިން މި ތުހުމަތުތައް ދޮގުކޮށް، އެ ކުންފުނީގެ ޕްލެޓްފޯމްތަކުން ކުދިންނަށް ފައިދާކުރާ ކަމަށް ވަނީ ބުނެފައެވެ.
