ރިޔާދް އެއާޕޯޓަށް ދިން ހަމަލާގައި 12 މަރު، 300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ

Oct 11, 2026, 8:52 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ އެއާޕޯޓަށް ދިން ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރި ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސައުދީގެ ހަތަރު މީހަކާއި، ބަންގްލަދޭޝްގެ ދެ މީހެއްގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީން، ސީރިއާ، ސޫދާން އަދި މިސްރުގެ މީހަކު ހިމެނެ އެވެ. މި ހާދިސާއާ ގުޅިގެން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

ސައުދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ވަނީ މި ހަމަލާއަށް ރައްދު ދޭނެ ކަމަށް ބުނެފަ އެވެ. އަދި މިއީ ހޫތީން ދިން ހަމަލާއެއް ކަމަށް ތުހުމަތުކޮށް، މިއީ "ހަނގުރާމައިގެ ކުށެއް" ކަމަށް އެ ކޯލިޝަނުން ވަނީ ސިފަކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެއާޕޯޓަށް ދިން ހަމަލާގައި ތިން މީހުން މަރުވެ، ބޯޓަކަށް ގެއްލުން ލިބުނު ހަމަލާގެ ޒިންމާ ހޫތީން އުފުލި ނަމަވެސް، ހޮނިހިރު ދުވަހު ދިން މި ހަމަލާގެ ޒިންމާ އެ ޖަމާއަތުން އަދި ރަސްމީކޮށް އުފުލާފައެއް ނުވެ އެވެ.

ޔަމަނުގެ ސަރުކާރަށް ތާއީދުކުރާ ސައުދީ ކޯލިޝަނާއި، އެ ގައުމުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. ހޮނިހިރު ދުވަހު ދިން މި ހަމަލާއަކީ 2015 ވަނަ އަހަރުގެ މެއި މަހަށް ފަހު ސައުދީ އަރަބިއްޔާއަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.

ރިޔާދުގެ އެއާޕޯޓަށް ދިން ހަމަލާގެ އިތުރުން، ސައުދީގެ އިރުމަތީގައި އޮންނަ ދައްމާމުގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓު ކައިރިއަށް ވެސް ހޮނިހިރު ދުވަހު މިސައިލެއް ވެއްޓިފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފައިވެ އެވެ.

މި ހަމަލާތައް ދީފައި މިވަނީ، އީރާނުގެ މަދަދުލިބޭ ހޫތީން އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ޕައިލެޓަކު ހިމެނޭހެން ސައުދީގެ ތިން މީހަކު މަރުވިތާ އެއްދުވަސް ފަހުންނެވެ. މީގެ އިތުރުން، އޮކްޓޯބަރު މަހުގެ 6 އަދި 7 ވަނަ ދުވަހު ސައުދީގެ ދެ އެއާޕޯޓަކަށް ހޫތީން ދިން ހަމަލާތަކުގައި ވެސް ތިން މީހަކު ވަނީ މަރުވެފަ އެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ސައުދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، މި ހަމަލާގައި ޒަޚަމްވި ބައެއް މީހުންގެ ހާލު "ވަރަށް ސީރިއަސް" ކަމަށެވެ.

ފްލައިޓްތައް މޮނިޓާ ކުރާ "ފްލައިޓްރޭޑާ" އިން ދައްކާ ގޮތުގައި، ރިޔާދަށް ދަތުރުކުރަން ހަމަޖެހިފައިވާ ހުރިހާ ފްލައިޓްތަކެއް މިހާރު ވަނީ ކެންސަލްކޮށް ނުވަތަ އެހެން އެއާޕޯޓުތަކަށް ބަދަލުކޮށްފަ އެވެ.

ހޫތީން ބުނަމުންދަނީ ސައުދީ އަރަބިއްޔާއަށް ހަމަލާ ދެނީ، ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރު ފައުޖުތަކަށް ސައުދީން އެހީތެރިކަން ފޯރުކޮށްދެމުންދާތީ އެކަމާ ދެކޮޅަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox