އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ ދައްކަން އާރުޑީސީއަށް ހުކުމްކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީރު: ސަރުކާރުން ވަނީ އާރުޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލަން ނިންމާފަ --- ފޮޓޯ: ގާފު އޮންލައިން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީރު: ސަރުކާރުން ވަނީ އާރުޑީސީ އުވާލައި، އެމްޓީސީސީއާ އެއްކޮށްލަން ނިންމާފަ --- ފޮޓޯ: ގާފު އޮންލައިން

އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކުންފުންޏަށް ދައްކަން ޖެހޭ 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރު ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި ފައިސާ ދެއްކުމާ ގުޅޭގޮތުން ދެ ކުންފުނީގެ މެދުގައި މި އަހަރުގެ ތެރޭގައި ތިން ސެޓްލްމަންޓް އެއްބަސްވުމެއް ހެދި އެވެ. ނަމަވެސް އާރުޑީސީން އެ އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ ދައްކާފައެއް ނުވެ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި އާރުޑީސީން ވަނީ ލަކީ ގްލޯބަލްއަށް ދައްކަންޖެހޭ ފައިސާއަށް އެއްބަސްވެފަ އެވެ. އާރުޑީސީން ބުނި ގޮތުގައި އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.

މާލީ ދަތިތަކާ ހުރެ އާރުޑީސީން ކޯޓުގައި އެދުނީ އެ ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށެވެ. އަދި އެކަމާ ގުޅޭގޮތުން ލަކީ ގްލޯބަލްއާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް އާރުޑީސީން ބުންޏެވެ.

ނަމަވެސް ލަކީ ގްލޯބަލްއިން ވަނީ އާރުޑީސީން އެދުނު ލުއިތަކަށް އިއުތިރާޒުކޮށްފަ އެވެ. އެ ކުންފުނިން އެދުނީ ޝަރީއަތުގެ އިތުރު އަޑުއެހުމަކަށް ނުގޮސް، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.

ރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ދަރަނި އަދާކުރުމުގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ލުއި ދެވޭނީ އެކަމަށް އަރަނިވެރިޔާ ނުވަތަ ފައިސާ ލިބެން ޖެހޭ ފަރާތުން އެއްބަސްވާނަމަ އެވެ. މި މައްސަލައިގައި ލަކީ ގްލޯބަލްއިން އެކަމަށް އެއްބަސްނުވުމުން، ކޯޓުން ނިންމީ އާރުޑީސީން އެ ފައިސާ އެއްކޮށް ދައްކަން ޖެހޭނެ ކަމަށެވެ.

އާރުޑީސީއަކީ އުފެދުނީއްސުރެ ބޮޑެތި ގެއްލުންތަކެއްވަމުންދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށާއި، ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާ ކަމުގެ ތުހުމަތުތައް އަބަދުވެސް ކުރެވެ އެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އާރުޑީސީ އުވާލައި، އެމްޓީސީސީގެ ދަށަށް އެ ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox