ވިޔަފާރީގެ ބޮޑެތި މައްސަލަތަކަށް ހާއްސަ މާކެންޓައިލް ކޯޓެއް ހަދަން ވިސްނަނީ

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން: ރާއްޖޭގައި އެންމެ ގިނަ މައްސަލަތައް ބަލަނީ ސިވިލް ކޯޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން: ރާއްޖޭގައި އެންމެ ގިނަ މައްސަލަތައް ބަލަނީ ސިވިލް ކޯޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިވިލް ކޯޓުގައި ހިނގަމުން އަންނަ ވިޔަފާރީގެ ބޮޑެތި މައްސަލަތައް ހިންގުުން އަވަސް ކުރުމުގެ ގޮތުން އެ ފަދަ މައްސަލަތައް ބަލަން ހާއްސަ މާކެންޓައިލް ކޯޓެއް ގާއިމުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

މުއިއްޒު މިކަން ހާމަކުރެއްވީ، މަދަނީ އިޖުރާއަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުދި އަދަދުތައް ހިމެނޭ މައްސަލަތަކާއި ބޮޑެތި އަދަދުތައް ހިމެނޭ މައްސަލަތައް ވަކިން ބެލޭނެ ނިޒާމެއް ގާއިމުކުރަން ގެންނަން އުޅޭ ކަން އިއުލާންކުރައްވަމުންނެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަމުގެ މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން ގެންގުޅެނީ ދެ ވިސްނުމެއް ކަމަށެވެ. އެ މި ކޯޓު ގާއިމުކުރުން ނޫނީ ސިވިލް ކޯޓުގައި މި ފަދަ މައްސަލަތަކަށް ހާއްސަކޮށްގެން ޑިވިޝަނެއް ގާއިމުކުރުމެވެ.

މުއިއްޒު ވިދާޅުވީ މިކަމާ ގުޅޭ ފަންނީ ދިރާސާތައް މިހާރު ކުރަމުންދާއިރު، ސަރުކާރުން ނިންމާ ގޮތަކަށް ގާނޫނުތައް ބަދަލުކުރަން މި ފެށޭ ރައްޔިތުންގެ މަޖިލީހުގައި ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށެވެ. އަދި، މި ބަދަލުތައް ގެނެވުމުން، ކޯޓުތަކުގައި ތާށިވެފައި ހުރި އެތަކެއް މިލިއަން ރުފިޔާއެއް ހިމެނޭ މައްސަލަތައް ހިންގުން އަވަސްވެ، ފަސޭހަވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އެބަހުރި ކޯޓުތަކުގައި ވިޔަފާރިއާ ގުޅޭ އާންމު ރައްޔިތުންގެ ބައިވަރު މައްސަލަތައް. މިލިއަންސް އޮފް މިލިއަންސް އޮފް ރުފިޔާގެ މައްސަލަތައް، ލަސްކަމާ އެކީގައި ހިނގަނީ. އެހެން ނަމަވެސް އެއީ އަވަސް ކުރެވިދާނެ ކަންކަން،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން މަދަނީ އިޖުރާއަތު ބަދަލުކުރަން ހުށަހަޅާފައިވާ ގޮތުން މަދަނީ މައްސަލަތައް ބަލަން ތިން ކޯޓު ނޫނީ ދެ ކޯޓު އޮންނާނެ އެވެ. ތިން ކޯޓު އޮންނާނީ ސިވިލް ކޯޓު އޮވެފައި ކުދި މައްސަލަތަކަށް ސްމޯލް ކްލެއިމްސް އަދި ބޮޑު މައްސަލަތަކަށް މާކެންޓައިލް ކޯޓު ގާއިމުކުރަން ނިންމާ ހާލަތެއްގަ އެވެ. ބޮޑު މައްސަލަތަކަށް ވަކި ކޯޓެއް ގާއިމު ނުކުރާ ނަމަ އޮންނާނީ ދެ ކޯޓެވެ. 

މި ބަދަލުތައް ގެންނަނީ، ސަރުކާރުން ބުނާ ގޮތުގައި، ވިޔަފާރިތަކަށް ފަހިކުރުމުގެ ޝަރުއީ ދާއިރާ ހަކަތަރި (އެފިޝެންޓް) ކުރާށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox