ޖިންސީ ފުރައްސާރަކުރުމުގެ ތާރީހު އޮތް ރާގިބު ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަން ނުކުރަން ނިންމައިފި

މީގެ ކުރިން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ރާގިބު --

މީގެ ކުރިން މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ރާގިބު --

ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ކޯޓުގެ އެކި އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑު އޮތް މުހައްމަދު ރާގިބު އަހުމަދު ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ބަދަލުކޮށްފި ކަމަށް ދައުރު ނޫހުން ރިޕޯޓުކޮށްފި އެވެ.

ސިވިލް ކޯޓުގެ ގާޒީކަމަށް ރާގިބުގެ އިތުރުން ދެ ބޭފުޅަކު އައްޔަނުކުރަން ޖޭއެސްސީން ނިންމި އެވެ. އެއީ، އާސިޔާ އަޒީމާ، ރޯޒްވިލާ/ރ. ހުޅުދުއްފާރު އަދި މުހައްމަދު ނިޝާތު، ރީލް މަންޒިލް/ގއ. ކަނޑުހުޅުދޫ އެވެ.

އެ ތިން ބޭފުޅުން ވެސް މަގާމުގެ ހުވާކުރައްވަން ހަމަޖެހިފައި އޮތީ މަދަމާ އެވެ. އެހެންނަމަވެސް، އެ ކޯޓުގެ ގާޒީކަމަށް ރާގިބު އައްޔަނު ނުކުރަން ޖޭއެސްސީން ނިންމުމުން، އެ މަގާމުގެ ހުވާ މާދަމާ ކުރައްވާނީ ދެން ތިއްބެވި ދެ އެކަންޏެވެ.

ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ދިޔުމުން ޑެޕިއުޓީ މިނިސްޓަރު ރާގިބު މަގާމުން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ރާގިބުއަށް އެންވަޔަރެމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަުކަމަށް ވެސް އައްޔަނުކުރައްވައިފަ އެވެ. އެ މަގާމުން އޭނާ ވަކިކުރީ ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުންނެވެ.

ސަރުކާރުގެ މަގާމެއްގައި ރާގިބު ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލަތަކެއް ވެސް ވަނީ ޖެހިފަ އެވެ. އެގޮތުން ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި އޭނާ ދިފާއީ ވަކީލެއްގެ ގޮތުގައި ދިޔުމުން ހައި ކޯޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ.

ވަކީލެއްގެ ގޮތުގައި ރާގިބު މަސައްކަތް ކުރައްވަން ފެށްޓެވީ ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުން 2019، ގައި އިސްތިއުފާދެއްވުމަށްފަހު އެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ކޯޓުގެ އެކި އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއްގައި ވަކި ކުރަން ޖޭއެސްސީއިން ލަފާ ދިނުމުންނެވެ.

އަންހެން މުވައްޒަފުންނަށް ރާގިބު ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވާ ކަމަށް ޖޭއެސްސީން އޭރު ކަނޑައެޅި އެވެ. އޭގެ އިތުރުން، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ފަރާތްތަކަށް ތާއީދު ހޯދުމަށް ހަރަކާތްތެރިވި ކަމާއި ތުލުސްދޫ ކޯޓަށް ހުށަހެޅުނު ކައިވެނީގެ މައްސަލައެއްގައި ހިމެނޭ އަންހެން ކުއްޖެއްގެ ނުރުހުމުގައި އެ ކުއްޖާގެ ކައިވެނި ކުރުވުމަށް ކޯޓުގައި ނުފޫޒު ފޯރުވި މައްސަލަ އާއި ބިދޭސީ އަންހެނަކު ތުލުސްދޫއަށް ގެންގޮސް ފަނޑިޔާރުންގެ އަދަބާ ހިލާފު އަމަލުތަކެއް ހިންގިކަމަށް ވެސް އޭރު ޖޭއެސްސީން ނިންމި އެވެ.

މެދުނުކެނޑި އަމާޒުވި ފާޑުކިޔުންތަކާއެކު ނަން އަނބުރާ ގެންދަން ޝަހީދު ހުށަހަޅައިފި

ހައި ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް ޝަހީދު އައްޔަން ކުރަން މިދިޔަ ބުދަ ދުވަހުގެ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުން ވަރަށް ބޮޑަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ގާނޫނީ ވަކީލުންނާއި ސިޔާސީ ޕާޓީތަކާއި ވަރަށް ގިނަ އާންމުންގެ ފަރާތުން ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ އެކްޓިވިސްޓެއް ކަމަށްވާ، މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ވެސް މީގެ ކުރިން ޖޭއެސްސީން ނިންމި އެވެ. ނަމަވެސް، އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމުން، އޭނާގެ ނަން އަމިއްލައަށް އަނބުރާ ގެންދަން ހުށަހެޅީ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތް ދުވަހުގެ އެއްރޭ ކުރިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox