އިސްދޫ މަގު ހަދަން ކަމަށް ބުނެ ހުއްދަ ނުނަގައި އެތައް ސަތޭކަ ރުއް ނަގައި ރަށުން ބޭރުކޮށްފި

އިސްދޫ އިން ރުއް ބޭރުން: 500 އަށްވުރެ ގިނަ ރުއް ބޭރުކޮށްފައިވާ ކަމަށް ރަށު މީހަކު ބުނި -- ފޮޓޯ: ކިޔުންތެރިއެއް

އިސްދޫ އިން ރުއް ބޭރުން: 500 އަށްވުރެ ގިނަ ރުއް ބޭރުކޮށްފައިވާ ކަމަށް ރަށު މީހަކު ބުނި -- ފޮޓޯ: ކިޔުންތެރިއެއް

ލ. އިސްދޫ-ކަލައިދޫ މަގު ހެދުމުގެ މަޝްރޫއަށް ކަމަށް ބުނެ ހުއްދަ ނުނަގައި އެތައް ސަތޭކަ ރުއް ނަގައި ރަށުން ބޭރުކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

އިސްދޫ އިން އަދަދު އަށް މި ކަމުގެ މައުލޫމާތު ދިން މީހަކު ބުނީ މަގު ހެދުމަށް 175 ރުއް ނަގަންވެގެން އުޅޭ ކަމަށް ބުނެ ރަށުގެ ދެ ކިލޯ މީޓަރު ދިގުމިނުގެ ދެ ފަރާތުގައި ހުރި 500 އަށް ވުރެ ގިނަ ރުއް ނަގާފައިވާ ކަމަށެވެ. 

"މިހާރުގެ ކައުންސިލް އައި ގޮތަށް އައިސް ރަށުގެ ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދިގުމިނުގެ ދެ ފަރާތުގައި ހުރި 500 އަށްވުރެ ގިނަ ރުއް 175 ރުކުގެ ނަމުގައި ނަގައި މިހާރު ދަނީ ބޭރުކުރަމުން. މި ވަގުތުގައި ވެސް ނަގާފައި ބޭނުން ނުކޮށް މަރަން ދޫކޮށްލާފައި އެބައޮތް 200 އަށްވުރެ ގިނަ ރުއް،" އޭނާ ބުންޏެވެ. 

Advertisement

ރުއްތައް ރަށުން ބޭރުކުރީ ދެ ލޭންޑިން ކްރާފްޓާއި ތިން ދޯނި ބޭނުންކޮށްގެން ކަމަށާއި އެކަމުގައި އުޅުނީ އާރްޑީސީގެ އިތުރުން އެމްޓީސީސީގެ މުވައްޒަފުން ކަމަށް އޭނާ ބުންޏެވެ. 

އިސްދޫން މައުލޫމާތު ދިން މީހާ އިތުރަށް ބުނީ މަގުގެ ދެ ފަރާތުގައި ހުރި 40 އަހަރާއި 50 އަހަރު ވެފައި ހުރި ގަސްތަކާއި ނިކަގަސް ނަގައި އަންދަމުންދާ ކަމަށާއި ގާތްގަނޑަކަށް ތިން ލައްކައެއްހާ ގަސް ނައްތާލާފައިވާ ކަމަށެވެ. 

އިސްދޫ އިން ރުއް ބޭރުން: 500 އަށްވުރެ ގިނަ ރުއް ބޭރުކޮށްފައިވާ ކަމަށް ރަށު މީހަކު ބުނި -- ފޮޓޯ: ކިޔުންތެރިއެއް
އިސްދޫ އިން ރުއް ބޭރުން: 500 އަށްވުރެ ގިނަ ރުއް ބޭރުކޮށްފައިވާ ކަމަށް ރަށު މީހަކު ބުނި -- ފޮޓޯ: ކިޔުންތެރިއެއް

"މަގުގެ ދެ ފަރާތުގައި ހުރި 40 އަހަރު، 50 އަހަރު ވެފައިހުރި ގަސްތަކާއި ނިކަގަހާއި އެކި ގަސްގަސް ދަނީ ނަގައި، މަރާ އަންދަމުން. ގާތްގަނޑަކަށް ތިންލައްކައަށްވުރެ ގިނަ ގަސް އަޅުގަނޑުމެން ކައުންޓްކުރިއިރު އެތަނުން އެދަނީ ނައްތާލަމުން،" އޭނާ ބުންޏެވެ. 

މިކަމާ ގުޅިގެން އިސްދޫ ކައުންސިލްގެ ރައީސް އަހްމަދު ހަނީފް އަދަދު އަށް ވިދާޅުވީ ރަށުގެ މަގު ހެދުމަށް އާރްޑީސީން ކުރަމުންދާ މަސައްކަތުގެ ދަށުން ބައެއް ރުއްތައް ނަގައި ރަށުން ބޭރު ކުރަމުންދާ ކަމަށާއި އެކަމަކު އެ އަދަދު 500 އަށް ނާރާނެ ކަމަށެވެ. 

އޭނާ ވިދާޅުވީ މަގު ހެދުމުގެ ބޭނުމަށް ރުކާއި ގަސްތައް ހުރި ސަރަހައްދުތައް ސާފުކުރަން ޖެހޭ ކަމަށާއި ކައުންސިލުން ބޭނުންވަނީ ޕްރޮޖެކްޓް އެއްވެސް ސަބަބަކާ ހެދި ނުހުއްޓި ކުރިއަށް ދިޔުން ކަމަށެވެ. 

އިސްދޫ އިން ރުއް ބޭރުން: 500 އަށްވުރެ ގިނަ ރުއް ބޭރުކޮށްފައިވާ ކަމަށް ރަށު މީހަކު ބުނި -- ފޮޓޯ: ކިޔުންތެރިއެއް
އިސްދޫ އިން ރުއް ބޭރުން: 500 އަށްވުރެ ގިނަ ރުއް ބޭރުކޮށްފައިވާ ކަމަށް ރަށު މީހަކު ބުނި -- ފޮޓޯ: ކިޔުންތެރިއެއް

މިކަމާ ގުޅޭގޮތުން އެންވަޔަރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ (އީއާރްއޭ) ގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު އަދަދު އަށް ވިދާޅުވީ އިސްދޫގައި ރުއްތަކާއި ގަސްތައް ނެގުމަށް އެއްވެސް ބަޔަކަށް ހުއްދައެއް ދީފައި ނުވާނެ ކަމަށެވެ. 

މި ގޮތުން ރުއްތަކާއި ގަސްތައް ނަގަމުންދާ ކަމަށް ބުނެ އީއާރްއޭއަށް އަމިއްލަ ފަރާތަކުން މައްސަލައެއް ހުށަހެޅުމާއެކު އެ މައްސަލަ ބެލުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. 

ރަށަކުން 50 އަށްވުރެ މަދުން ގަސްތައް އެއްވެސް ސަބަބަކާ ހެދި ކަނޑާނަމަ ކައުންސިލުން ހުއްދަ ހޯދަން ޖެހޭނެ އެވެ. 50 އަށްވުރެ ގިނަ ގަސްތައް ކަނޑާނަމަ ހުއްދަ ހޯދަން ޖެހޭނީ އީއާރްއޭއިންނެވެ. މިހެން ނަމަވެސް މި އުސޫލަށް ފަރުވާލެއް ނެތި ރާއްޖޭގެ އެކި ރަށްތަކުން ގަސްތައް ކަނޑަމުންދާތީ އާންމުންނާއި ތިމާވެށި ރައްކާތެރިކުރަން ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާތަކުން ތަކުރާރުކޮށް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox