ރަސްމާލެ ތާއަބަށް ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

Oct 12, 2026, 9:25 PM
ޕީއެސްއެމްގެ "ނޭޝަން" ޕްރޮގްރާމުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ: ރަސްމާލެ ދޫނުކޮށްލުމަކީ މުއިއްޒުގެ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް

ޕީއެސްއެމްގެ "ނޭޝަން" ޕްރޮގްރާމުގައި ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ: ރަސްމާލެ ދޫނުކޮށްލުމަކީ މުއިއްޒުގެ ވައުދެއް --- ފޮޓޯ: ރައީސް އޮފީސް

ފުށިދިއްގަރުފަޅު ހިއްކައިގެން ހެދި ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ވިއްކާލާ ދާއިމީ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހު ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ. 

އެކި މަސްދަރުތަކުން އަދަދު އަށް އެނގިފައިވާ ގޮތުގައި، ރަސްމާލޭގެ ދާއިމީ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހު ސޮއި ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން މިހާރު ދަނީ ވަމުންނެވެ. މަޝްރޫއުއަށް ގާނޫނުތަކުން ތަން ނުދޭތީ ގާނޫނު ހެދުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ. 

ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި ސެޕްޓެމްބަރު 21، ގައި ސޮއި ކުރީ ރަސްމާލެ ދޫކޮށްލުމުގެ ކޮމާޝަލް ޓާމްސްގަ އެވެ. އެއީ ތިން މަސްދުވަހުގެ އެގްރިމެންޓެކެވެ. އެހެންކަމުން އެ އެގްރިމެންޓުގެ މުއްދަތު ހަމަވާނީ ޑިސެމްބަރު 21، އަށެވެ. 

ޖުމްހޫރީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11، ގަ އެވެ. އެއީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަށް މީގެ 58 އަހަރު ކުރިން ބަދަލުވުން ފާހަގަ ކުރާ ދުވަހެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ފޭދޫފިނޮޅުގައި ބައެއް މީޑިއާތަކަށް އަލައްބާރު އިންޓަވިއު ދެއްވިއިރު އޭނާއަށް އަމާޒުވި އެއް ސުވާލަކީ، ރަސްމާލޭގެ ޕްރޮޕަޓީސް ގަންނަ މީހުން އެތަން ވިއްކާލުމުން 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭތޯ އެވެ. 

އެ ސުވާލަށް އަލައްބާރު ސީދާ ޖަވާބެއް ނުދެއްވި އެވެ. އަލައްބާރު ވިދާޅުވީ އޭނާ އަމަލު ކުރާނީ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ކަމަށެވެ. ސެޕްޓެމްބަރު 21، ގައި ސޮއި ކުރި ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި އޮތް ވާހަކައެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. 

"އަހަރުމެން ވިއްސަކަށް ގައުމުގައި އެބަ އޮޕަރޭޓް ކުރަން. މިއިން ކޮންމެ ގައުމެއްގެ ގާނޫނުތަކަށް ވެސް އަހަރުމެން ތަބާވާންޖެހޭ. ގާނޫނުގައި ލިޔެފައި އޮންނަ ކޮންމެ އެއްޗަކަށް އަހަރުމެން ކިޔަމަންވާންޖެހޭ. ގާނޫނުގައި [އެންމެ ގިނަ ދުވަހަށް ކުއްޔަށް ދެވޭނީ] 99 އަހަރު ކަމަށް އޮންނަ ނަމަ ލީސް [އެގްރިމެންޓު] އޮންނަންޖެހޭނީ އެއާ އެއްގޮތަށް،" އިނގިރޭސި ބަހުން އަލައްބާރު ވިދާޅުވި އެވެ. 

ގާނޫނާއި ގަވާއިދަކީ ބަދަލުވަމުންދާ އެއްޗެހިކަން ވެސް އަލައްބާރު ފާހަގަ ކުރެއްވި އެވެ. އަދި އެގޮތަށް ގާނޫނު 

"ގަވާއިދުތައް ބަދަލުވިޔަސް އަހަރުމެން އަބަދުވެސް އެއަށް ތަބާވަމުންދާނަން. ގާނޫނުތައް ބަދަލުވިޔަސް އަހަރުމެން ކުރިއަށްދާނީ ގާނޫނުގައި އެ އޮންނަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެ ތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ. 

 ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. މިކަން ވަނީ އީގަލް ހިލްސް އިން ޔަގީންކޮށްދީފަ އެވެ. 

ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox