އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާއިން ރަސްމާލޭގެ ކޮންބޮޑުވުންތައް ދިރާސާ ކުރާތާ ދެ ހަފުތާވެއްޖެ

ސަލަފްގެ ރައީސް އަބްދުﷲ (ކ) އަދި އަދާލަތުގެ ރައީސް ޝިފާން (ވ): އެ ޕާޓީ އާއި ޖަމިއްޔާއިން ރަސްމާލެ މަޝްރޫއު ދިރާސާކުރާތާ ދެ ހަފްތާވިއިރުވެސް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ

ސަލަފްގެ ރައީސް އަބްދުﷲ (ކ) އަދި އަދާލަތުގެ ރައީސް ޝިފާން (ވ): އެ ޕާޓީ އާއި ޖަމިއްޔާއިން ރަސްމާލެ މަޝްރޫއު ދިރާސާކުރާތާ ދެ ހަފްތާވިއިރުވެސް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ

އިޒްރޭލު އަދި ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައި ތާއަބަދަށް ދޫކޮށްލާ މަޝްރޫއުގެ ކަންބޮޑުވުންތައް އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާއިން ދިރާސާކުރަމުންދާތާ ދެ ހަފްތާވެއްޖެ އެވެ. 

ރަސްމާލޭގެ 1،010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު އީގަލް ހިލްސްއަށް ދިންއިރު، އެތަނުގައި ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ.

މި މަޝްރޫއު ދިރާސާކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރަން އަދާލަތުގެ ރައީސް ޝެއިހް މުހައްމަދު ޝިފާން އަދި ސަލަފުގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދަށް އަދަދު ނޫހުން ގުޅުމުން ފޯނަށް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

Advertisement

ސަރުކާރުން އީގަލް ހިލްސް މަޝްރޫއު އިއުލާނުކުރިތާ ހަފުތާއެއްފަހުން ސެޕްޓެމްބަރު 28، ގައި ސަލަފް ޖަމިއްޔާގެ ތަރުޖަމާނު، ހަސަން ފިކުރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލޭގައި ސަރުކާރުން ހިންގުމަށް އިއުލާނުކޮށްފައިވާ މަޝްރޫއާމެދު ކަންބޮޑުވުންތަކެއް ހުރިތޯ ބެލުމަށް ދިރާސާ ކުރަމުންދާ ކަމަށެވެ.

މިގޮތުން ޝިފާންގެ އިތުރުން އަދާލަތުގެ ބައެއް އިސްވެރިން ހައުސިން މިނިސްޓްރަރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރެއްވުމުން އެބޭފުޅުންނަށް މުއްތަލިބު މަޝްރޫއާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވި އެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް އަދާލަތުން ހާމައެއް ނުކުރެ އެވެ. 

ރަސްމާލެ މަޝްރޫއު އިއުލާނުކުރިތާ ހަފުތާއެއް ފަހުން، ކަންބޮޑުވުމެއް އޮތްތޯ ބަލަން އަދާލަތު ޕާޓީ އާއި ސަލަފުން ދިރާސާކުރަނީ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބޮޑު ބިމެއް ދިގު މުއްދަތަށް ދޭން ނިންމުމާ ގުޅިގެން، އެކަމުގައި ކަންބޮޑުވުންތަކެއް ހުރިތޯ ބަލަން އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާއިން ދިރާސާކުރަން ފަށައިފިއެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާނު، ހުސައިން އަންސާރު ސެޕްޓެމްބަރު 28، ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއު އާއި ރެޒިޑެންސީ ވިސާ އަދި، ޓައުންޝިޕް ޕްރޮގްރާމާ ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތުތައް ސާފުކުރަމުންދާ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ރަސްމާލެ މަޝްރޫއާ ގުޅިގެން ސަލަފުން ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއްވެސް ހާމަކޮށްފައެއް ނުވެ އެވެ. 

ގިނަ ދިވެހިންގެ މައިގަނޑު ކަންބޮޑުވުމެއް އޮތީ ދިގު މުއްދަތަށް ބޭރު މީހުންނަށް ރަސްމާލޭގައި އުޅެވޭނެ ގޮތަށް އެ ތަން ތަރައްގީކުރާތީ އެވެ. އެކަމުގައި ބަސް ބުނެފައިވަނީ މަދު އިލްމުވެރިންތަކެކެވެ.

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، ނުވަތަ ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

ބޭރުގެ ބަޔަކަށް ރަސްމާލެ ދޫކޮށްލާއިރު ގިނަ އިލްމުވެރިން ހަނު

ރަސްމާލެ މަޝްރޫއު ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން، މީގެކުރިން ޤައުމީ ބޮޑެތި ކަންކަމުގައި އަޑުއުފުލި ދީނީ އިލްމުވެރިން މިހާރު ހަނުތިބޭތީ ސުވާލު އުފެދޭ. އިލްމުވެރިން މިކަމުގައި ފަސްޖެހެނީ މި ސަރުކާރުގެ މަގާމުތަކުގައި ގިނަ އިލްމުވެރިން ތިބުމާއި ސަރުކާރަށް އޮތް ތާއީދެއްގެ ބޮޑުކަމުން.

މި މަޝްރޫއާ ގުޅިގެން ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިއީ ރަނގަޅު މުއާމަލާތެއް ކަމުގައި ދައްކާށެވެ. އެގޮތުން މިއީ އާންމު އުސޫލުން ރިސޯޓުތައް ދޭ ގޮތަށް ދީފައިވާ ތަނެއް ކަމަށާއި މި އިންވެސްޓުމަންޓުން ރާއްޖެ ނުދެކޭ ވަރުގެ އާމްދަނީ ވަންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox