ރަސްމާލެ މަޝްރޫއު އިއުލާނުކުރިތާ ހަފުތާއެއް ފަހުން، ކަންބޮޑުވުމެއް އޮތްތޯ ބަލަން އަދާލަތު ޕާޓީ އާއި ސަލަފުން ދިރާސާކުރަނީ

ސަލަފް ޖަމިއްޔާގެ ތަރުޖަމާނު، ހަސަން ފިކުރީ (ކ) ، އަދާލަތު ޕާޓީގެ ތަރުމާނު، ހުސެއިން އަންސާރު (ވ) -- ފޮޓޯ: ސޯޝަލްމީޑިއާ

ސަލަފް ޖަމިއްޔާގެ ތަރުޖަމާނު، ހަސަން ފިކުރީ (ކ) ، އަދާލަތު ޕާޓީގެ ތަރުމާނު، ހުސެއިން އަންސާރު (ވ) -- ފޮޓޯ: ސޯޝަލްމީޑިއާ

ރަސްމާލޭގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދޭން އުޅޭކަން އިއުލާނުކުރިތާ ހަފުތާއެއްފަހުން، އެކަމުގައި ކަންބޮޑުވުމެއް އޮތްތޯ ބަލަން ދިރާސާ ކުރަމުންދާ ކަމަށް އަދާލަތު ޕާޓީ އާއި ސަލަފް ޖަމިއްޔާއިން ބުނެފި އެވެ.

ރަސްމާލެއިން ހިއްކާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ދިނީ އީގަލް ހިލްސްއަށެވެ. ބިދޭސީ މަހުޖަނުންނަށް ދާއިމަށް ދިރިއުޅެވޭ ގޮތަށް ހަދާ އެ ރަށުގެ އެޕާޓްމަންޓްތައް ވިއްކުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ވަނީ ފަށައިފަ އެވެ.

އެ މަޝްރޫއު ސަރުކާރުން އިއުލާނުކުރިތާ ހަފުތާއެއްފަހުން ސަލަފް ޖަމިއްޔާގެ ތަރުޖަމާނު، ހަސަން ފިކުރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލޭގައި ސަރުކާރުން ހިންގުމަށް އިއުލާނުކޮށްފައިވާ މަޝްރޫއާމެދު ކަންބޮޑުވުންތަކެއް ހުރިތޯ ބެލުމަށް ދިރާސާ ކުރަމުންދާ ކަމަށެވެ.

Advertisement

"ސަރުކާރުން ރަސްމާލޭގައި ހިންގުމަށް އިއުލާނުކޮށްފައިވާ މޯލްޑިވްސް ވޯޓާ ފްރަންޓު އެންޑް މެރީނާ މަޝްރޫއުއާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފެންނާތީ ޖަމިއްޔަތުއްސަލަފުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށްގެންނާއި އެހެނިހެން ގޮތްގޮތުން މައުލޫމާތު ސާފުކޮށް މަޝްރޫއު ދިރާސާ ކުރަމުންދާ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ފިކުރީ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާނު، ހުސައިން އަންސާރު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއު އާއި ރެޒިޑެންސީ ވިސާ އަދި، ޓައުންޝިޕް ޕްރޮގްރާމާ ގުޅޭގޮތުން ސާފުކުރަންޖެހޭ މައުލޫމާތުތައް ސާފުކުރަމުންދާ ކަމަށެވެ.

"މި ކަންކަމާ ގުޅޭ ސައްހަ މައުލޫމާތު ސަރުކާރުގެ ފަރާތުން ހޯދުމަށްފަހު، ކަންބޮޑުވުންތަކެއް ހުރިނަމަ، އެކަންށީގެންވާ ހައްލު ހޯދުަމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތަކަށް އެ ކަންކަން ހުށަހަޅާނެކަމުގެ ޔަގީންކަން ވެސް އަރުވަމެވެ،" އެކްސްގައި އަންސާރު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ ހޯމަ ދުވަހެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެ އެވެ. 

މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިއީ ރަނގަޅު މުއާމަލާތެއް ކަމުގައި ދައްކާށެވެ. އެ ގޮތުން މިއީ އާންމު އުސޫލުން ރިސޯޓުތައް ދޭ ގޮތަށް ދީފައިވާ ތަނެއް ކަމަށާއި މި އިންވެސްޓުމަންޓުން ރާއްޖެ ނުދެކޭ ވަރުގެ އާމްދަނީ ވަންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ. 

ސަރުކާރުން މިހެން ބުންޏަސް، ފާޑުކިޔާ މީހުންނާއި އަލީ ހުސައިން ހުށަހެޅި މައްސަލައިގައި ވެސް، މި ބިން ދީފައި ވަނީ ކޮން އުސޫލަކުން ކަން ސާފު ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox