އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

Oct 10, 2026, 11:27 PM
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުގެ ތެރެއިން.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުގެ ތެރެއިން.

ލަންޑަން (އޮކްޓޫބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުަގައި މިރޭ އާސެނަލާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑުން 1-1 އިން ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވެއްޖެ އެވެ. 

އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި ފަހަތުން އަރައި 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 5-1 އިން ބޯންމައުތު އަތުން މޮޅުވެފަ އެވެ. 

އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލާއި ލީޑްސް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ، މެޗުގެ 55 ވަނަ މިނިޓްގައި ޖޭމްސް ޖަސްޓިން ވަނީ ލީޑްސް އަށް ލީޑުނަގައިދީފަ އެވެ. 

Advertisement

ލީޑްސް އަށް ލީޑުގައި އޮވެވުނީ ހަތް މިނިޓެވެ. މެޗުގެ 62 ވަނަ މިނިޓްގައި އާސެނަލުން ވަނީ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އެވެ. މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ ބެން ވައިޓް އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ކޮޅަށް ލަނޑު ޖަހާފައި އާސެނަލްގެ ގިމާރާސް އުފާފާޅުކުރަނީ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ކޮޅަށް ލަނޑު ޖަހާފައި އާސެނަލްގެ ގިމާރާސް އުފާފާޅުކުރަނީ.

މެޗުގެ 70 ވަނަ މިނިޓްގައި އާސެނަލް، މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ބްރޫނޯ ގިމާރޭސް އެވެ. މިއީ، އާސެނަލްގެ މެދުތެރެއިން ރަނގަޅު ކުޅުމަކަށް ފަހު، އޭރިއާ ރޮނގުކައިރިން ލިބުނު ބޯޅައެއް ތިރީ ކަނަށް ފޮނުވާލައިގެން ގިމާރޭސް ޖެހި ލަނޑެކެވެ. އާސެނަލުން އިތުރު ލަނޑެއް ޖަހަން ކުރި މަސައްކަތުގައި ބުކާޔޯ ސަކާ ހުސްކޮށް އަރައި ފޮނުވާލި ބޯޅަ ލީޑްސް ކީޕަރު، ޖޭމްސް ޓްރަފޯޑް ވަނީ މަތަކޮށްފަ އެވެ. 

އާސެނަލުން މި ވަނީ އެންމެ ފަހުން ލީޑްސްއާ ދެކޮޅަށް ކުޅުނު 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެފަ އެވެ. އަނެއްކޮޅުން، މިއީ މި ފަހަރު ލީގުގައި ލީޑްސް ބަލިވި ފުރަތަމަ ފަހަރެވެ. 

ޗެލްސީން ވަނީ ބޯންމައުތު ކޮޅަށް ފުރަތަމަ ތިން މިނިޓް ތެރޭ ދެ ލަނޑު ޖަހައިފަ އެވެ. މި ލަނޑުތައް ޖެހީ، މޯގަން ރޮޖާސް އާއި ޖޯޑަން ހެންޑަސަން އެވެ. މިއީ، ޗެލްސީއާ ގުޅުނު ފަހުން ހެންޑަސަން ޖެހި ފުރަތަމަ ގޯލެވެ. 

ދެ ވަނަ ހާފުގައި ޗެލްސީން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. މީގެ ތެރެއިން ދެ ލަނޑު ޖެހީ ޖޮއާއޯ ޕެޑްރޯ އެވެ. އަދި، ހެންޑަސަން ވަނީ މެޗުގައި އޭނާގެ ދެ ވަނަ ގޯލު ވެސް ޖަހައިފަ އެވެ. މެޗުގައި ބޯންމައުތުގެ ހަމައެކަނި ލަނޑު ޖެހީ އެވަނީލްސަން އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު ކޮޅަށް ލަނޑު ޖެހުމަށް ފަހު ޗެލްސީން އުފާފާޅުކުރަނީ.
އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު ކޮޅަށް ލަނޑު ޖެހުމަށް ފަހު ޗެލްސީން އުފާފާޅުކުރަނީ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗު ފަށައިގެން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނު ޓޮޓެންހަމް އިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައި އޭގެ ބޭނުމެއް ކުރެވޭ ގޮތެއްނުވި އެވެ. އެ ގޮތުން، ޓޮޓެންހަމްގެ ސަވިއޯ އާއި ޑޮމިނިކް ސޮލާންކޭ އަދި މުހައްމަދު ކުޑޫސް އަށް ރަނގަޅު ފުރުސަތުތުަކެއް ފޮނުވާލި ޝޮޓްތައް ގޯލަކަށް ހަދާލެވޭގޮތެއްނުވި އެވެ. 

މި މެޗުން ޔުނައިޓެޑަށް ލީޑުނަގައިދިން ލަނޑު ޖެހީ، 73 ވަނަ މިނިޓްގައި ބްރަޔަން އެމްބެއުމޯ އެވެ. ޓޮޓެންހަމް އޭރިއާތެރެއިން އެމްބެއުމޯ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން ޓޮޓެންހަމްގެ ކީޕަރު، އެންޓޮނިން ކިންސްކީ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

ޔުނައިޓެޑުން ލީޑުނެގިތާ ފަސް މިނިޓް ފަހުން، ޓޮޓެންހަމްގެ ރޮޑްރީގޯ ބެންޓަންކޫރަށް ރަތް ކާޑެއް ދެއްކި އެވެ. އެއީ، ކުޅުމުން ބޭރުގައި ހިނގި ކަމެއްގައި ޔުނައިޓެޑްގެ ލޫކް ޝޯ އަށް ހަމަލާ ދިނުމުންނެވެ. އެކަމަކު ވެސް ޓޮޓެންހަމް އިން ހިތްވަރުކޮށް އެޓޭކަށް ޖެހިގެން ކުޅެމުންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޓޮޓެންހަމްގެ ސޮލާންކޭ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. 

މި މެޗުން އެއްވަރުވެ، ޓޮޓެންހަމް އިން ލީގުގެ ފުރަތަމަ ހަ މެޗު މޮޅެއް ނުލިބި ނިންމާލިއިރު، ޔުނައިޓެޑަށް ހަ މެޗުގެ ތެރެއިން މޮޅުވެވުނީ އެއް މެޗުންނެވެ. 

ލީގުގައި ކުޅުނު އެެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެސްޓަން ވިލާ އާއި ބްރެންޓްފޯޑް 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އިޕްސްވިޗް ޓައުން އިން 2-1 އިން ފުލަމް ބަލިކުރިއިރު، ސަންޑަލެންޑް އަތުން ބްރައިޓަން ވަނީ 2-0 އިން މޮޅުވެފަ އެވެ. ބްރައިޓަން. ލީގުގެ ތިން ވަަނައިގައި އޮތްއިރު، ބްރެންޓްފޯޑް އޮތީ ހަތަރެއްގަ އެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެ ވަނައިގައި އޮތް އާސެނަަލަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ސިޓީން އާސެނަލަށް ވުރެން އެއް މެޗު މަދެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox