އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާ ކޮށްފި

Sep 22, 2026, 11:45 PM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: އޭނާ އަންނަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން އެ ޓީމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން،

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ: އޭނާ އަންނަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން އެ ޓީމުގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން،

ލަންޑަން (ސެޕްޓެމްބަރު 22) - އާސެނަލްގެ ކޯޗަކަށް 10 އަހަރު ހަމަވާ ގޮތަށް، ސްޕެއިނުގެ މިކޭލް އާޓެޓާ، އެ ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ. 

މެންޗެސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ހުރި، އާޓެޓާ، އާސެނަލްގެ ކޯޗުކަމާ ހަވާލުވީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ކުރިން އާސެނަލަށް ކުޅުނު އާޓެޓާ، އެންމެ ފަހުން، 2024 ވަނަ އަހަރު އާސެނަލާ އެކު ސޮއިކުރި އެއްބަސްވުން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 

އާސެނަލުން މިއަދު އިއުލާނުކުރި އާޓެޓާގެ ކޮންޓްރެކްޓްގެ މުއްދަތެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، އާޓެޓާ، އެއްބަސްވުން އާ ކުރި، މަދުވެގެން އެ ކްލަބްގައި ހޭދަވާ މުއްދަތް 10 އަހަރަށް ވާ ގޮތަށެވެ. މާނަ އަކީ، 2029 ވަނަ އަހަރުގެ ޑިސެމްބަރަށް މިހާރު އޮތް ކޮންޓްރެކްޓްގެ މުއްދަތު އޮންނާނެ އެވެ. 

އާޓެޓާެގެ މި ފަހަރުގެ ކޮންޓްރެކްޓްގައިވާ ގޮތުން، މުސާރަ އާއި ބޯނަހާ އެކު، އޭނާ އަށް އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ. 

އާސެނަލުން އާޓެޓާގެ ކޯޗުކަމުގައި ވަނީ މިދިޔަ އަހަރުތަކުގައި ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ، އެ ގޮތުން، އާޓެޓާ ހަވާލުވި ފުރަތަމަ ސީޒަނުގައި އެ ޓީމުން ވަނީ 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން، މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި، އާސެނަލުން 22 އަހަރަށް ފަހު ލީގު ތަށި އުފުލާލި އެވެ. 

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އާސެނަލުން ކުޅުނުއިރު، މިއީ، 20 އަހަރު ތެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި އާސެނަލުން ކުޅުނު ފުރަތަމަ ފަހަރެވެ. އާސެނަލުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވީ ޕީއެސްޖީ އަތުންނެވެ. 

މި ސީޒަން ފެށުމުގެ ކުރިން ކުޅުނު އިނގިރޭސި އެފްއޭ ޗެރިޓީ ޝީލްޑް މެޗުން އާސެނަލް ވަނީ މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ. މިއީ، އާޓެޓާ ހަވާލުވެ ހުއްޓައި، އާސެނަލުން ޗެރިޓީ ޝީލްްޑް އުފުލާލި ތިން ވަނަ ފަހަރެވެ. އެއީ، 2020، 2023 އަދި މި އަހަރު އެވެ. 

މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ހަތަރު މެޗުން އާސެނަލުން މޮޅުވި އެވެ. އެކަމަކު، ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ބްރައިޓަން ހޯލްވް އެންޑް އަލްބިއަން އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. މިއީ، މިދިޔަ ތިން ވަރަކަށް އަހަރު ތެރޭ އާސެނަލް، ލީގުގެ މެޗަކުން އެންމެ ފަރަގު ބޮޑުކޮށް ބަލިވި މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox