މެންޗެސްޓާ ސިޓީން މަކަރު ހެދިކަމުގެ 100 އަށް ވުރެން ގިނަ މައްސަލައެއް ސާބިތުވެއްޖެ

Sep 25, 2026, 8:11 PM
މެންޗެސްޓާ ސިޓީގެ މެޗެއްގެ ތެރެއިން ހާލަންޑް ލަނޑެއް ނުޖެހުމުން މާޔޫސްވެފައި.

މެންޗެސްޓާ ސިޓީގެ މެޗެއްގެ ތެރެއިން ހާލަންޑް ލަނޑެއް ނުޖެހުމުން މާޔޫސްވެފައި.

މެންޗެސްޓާ (ސެޕްޓެމްބަރު 25) - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ގުޅޭ ކަންކަމާ ހިލާފުވެ، ކޮރަޕްޝަން ހިމެނޭ ގޮތަށް މަކަރު ހަދާފައިވާ 115 މައްސަލައިގެ ތެެރެއިން 100 އަށް ވުރެ ގިނަ މައްސަލަ އެ ޓީމުގެ މައްޗަށް ސާބިތުވެއްޖެ އެވެ. 

ބީބީސީ އާއި ދި އެތުލެެޓިކުން ރިޕޯޓްކުރާގޮތުގައި، 114 މައްސަލައެއް ސިޓީގެ މައްޗަސް ވަނީ ސާބިތުވެފަ އެވެ. އެކަމަކު، ސިޓީއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައިނުވާއިރު، އެ ޓީމުގެ ޕޮއިންޓު އުނިކުރުމާއި ލީގުން ބޭރުކުރުމާއި ހޯދާފައިވާ ތަށިތައް އަތުލުން ފަދަ ފިޔަވަަޅުތައް ވެސް ހިމެނެ އެެވެ. 

ތަހުގީގަށް ފާހަގަކުރެވުނު 115 މައްސަލަތަކަށް ބަލާއިރު ހިމެނެނީ، 2009-2010 ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމުގެ 54 މައްސަަލަ އާއި 2009-2010 އިން 2017-2018 ވަނަ ސީޒަނުގެ ނިޔަލަށް ކުޅުންތެރިންނާއި ކޯޗުންނަށް ދިން މުސާރަތަކުގެ ސީދާ ތަފްސީލް ނުދޭ 14 މައްސަލަ އާއި 2013-2014 އިން 2017-2018 އަށް ފައިނޭންޝިއަލް ފެއާޕްލޭގެ ޔުއެފާގެ މިންގަނޑާ ހިލާފުވެފައިވާ ފަސް މައްސަލަ އަދި 2015-2016 އިން 2017-2018 ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދާ ހިލާފުވެފައިވާ ކަމުގެ 7 މައްސަލަ އެވެ.

Advertisement

ދެން ހިމެނެނީ، މި ކަމާ ގުޅޭގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ މާލީ ކަންކަމާ ބެހޭ ފަރާތްތަކުން ހިންގި ތަހުގީގަށް ޑިސެމްބަރު 2018 އިން ފެބްރުއަރީ 2023 އާ ހަމައަށް އެއްބާރުލުން ނުދީ މާލީ ކަންކަން ހާމަނުކުރި 35 މައްސަލަ އެވެ.

މެންޗެސްޓާ ސިޓީގެ ހެޑްކުއާޓަރުގެ ފޮޓޯއެއް.
މެންޗެސްޓާ ސިޓީގެ ހެޑްކުއާޓަރުގެ ފޮޓޯއެއް.

މެންޗެސްޓާ ސިޓީ ހިންގުމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަހުޖަނު، ޝެއިހް މަންސޫރު، ސިޓީ ގަތީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއީ, ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު, ތަކްޝިން ޝިނަވަޓްރާ އަތުންނެވެ.

އޭގެ ފަހުން، މަންސޫރުގެ ލީޑަޝިޕްގެ ދަށުން، ސިޓީ ފުޓްބޯލް ގްރޫޕްގެ ނަމުުގައި، ކުންފުންޏެއް ހަދައި، އެ ކުންފުނިން ދުނިޔޭގެ އެކި ބައްރުތަކުގައި އަންނަނީ ޓީމު ހިންގަމުންނެވެ.

ސިޓީގެ މައްސަލައިގެ ޓައިމްލައިނެއް

ނޮވެމްބަރު 2018 ވަނަ އަހަރު ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީއަގަލް އިން ވަނީ ފުޓްބޯލް ލީކްސްގެ ނަމުގައި ސިޓީގެ މި މައްސަލަތަކުގެ ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އެއާ އެކު، 2019 ވަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ރަސްމީކޮށް ސިޓީގެ މައްސަލަތައް ބަލަން ފެށި އެވެ. އެ އަހަރު މެއި މަހު ސިޓީން ވަނީ ނޫހަކުން އާންމުކުރި މި ފަދަ ލިޔެކިޔުންތަކެއްގެ މައްސަލަ ޔުއެފާ އިން ބަލާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، އެޕީލް ކުރަން ވެސް ވަގުތުން ހުށަހެޅި އެވެ. 

ސިޓީން ހުށަހެޅި އެޕީލާ ދެކޮޅަށް ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބަޔާނެއް ނެރެފަ އެވެ. އޭގެ ފަހުން، 2020 ވަނަ އަހަރު ފެބްރުއަރީ މަހު ޔުއެފާ އިން ވަނީ ދެ އަހަރަށް ޔޫރަޕްގެ މުބާރާތްތަކުން ސިޓީ ބޭރުކޮށް، 30 މިލިއަން ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ. އެކަމަކު، އެ އަހަރު ޖުލައި މަހު ސިޓީން ވަނީ ކާސް މެދުވެރިކޮށް ޔުއެފާގެ އެ ނިންމުމާ ދެކޮޅަށް އެޕީލް ކާމިޔާބުކޮށްފަ އެވެ. 

ކާސްގެ އެ ނިންްމުމުގެ އެއް އަހަރު ފަހުން، ޕްރިމިއާ ލީގުން ވަނީ، 2021 ވަނަ އަހަރު ޖުލައި މަހުގައި ސިޓީގެ މި މައްސަލަތައް ބަލަން ފަށައިފަ އެވެ. އޭގެ ފަހުން، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު، ޑިއާ ސްޕީއަގަލް އިން ވަނީ ސިޓީގެ މާލީ ގޯސްތަކުގެ އިތުރު ލިޔެކިޔުންތަކެއް އާންމުކޮށްފަ އެވެ. އަދި، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ޕްރިމިއާ ލީގުން ވަނީ ސިޓީން މާލީ ގޮތުން އޮޅުވާލައި، މަކަރު ހެދި ކަމުގެ 115 މައްސަލައެއްގައި ސިޓީއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފަ އެވެ.

އޭގެ ފަހުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ޕްރިމިއާ ލީގާއި ސިޓީން ވަނީ 10 ހަފްތާގެ އަޑުއެހުންތަކެއް މި މައްސަލައިގައި ފަށައިފަ އެވެ. އޭގެ ފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، އޭރު ސިޓީގެ ކޯޗަކަށް ހުރި ޕެޕް ގާޑިއޯލާ ވަނީ މަހެއްހާ ދުވަސްތެރޭ، 115 މައްސަލައިގައި ސިޓީއާ މެދު އަޅާ ފިޔަވަޅެއް އެނގިގެންދާނެ ކަމަށް. ބުނެފަ އެވެ. އޭގެ އެއް އަަހަރު ފަހުން، މިދިޔަ ޖޫން މަހު ގާޑިއޯލާ ވަނީ 10 އަހަރަށް ފަހު ސިޓީގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox