ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ހަދާއިރު އިންޓަނޭޝަނަލް ކަލަންޑަރަށް ބަލަންޖެހޭ

Oct 10, 2026, 11:56 AM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓީސީގެ ކޯޗު އާތިފް.--- ފޮޓޯ: އަދަދު ސްޕޯޓްސް

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓީސީގެ ކޯޗު އާތިފް.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ހަދާއިރު އެކަން ކުރާ ފަރާތްތަކުން ވަަރަށް ފުންކޮށް އެ ކަމަށް ވިސްނައިގެން އޭގެ ތެރެއަށް ވަންނަން ޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު، މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ. 

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށައިގެން ގިނަ ޓީމުތައް ދެ މެޗު ކުޅެފައިވަނިކޮށް ގައުމީ ޓީމުގެ މެޗުތަކަށް ވަނީ ބްރޭކެއް ނަގައިފަ އެވެ. އެއީ، ތިން ހަފްތާ އަށް ވުރެން ދިގު ބްރޭކެކެވެ. މިއީ، ފީފާ އިން މުޅިން އަލަށް ދެ އިންޓަނޭޝަނަލް ވިންޑޯއެއް އެއްކޮށްލައިފައި ފެއްޓި ބްރޭކެކެވެ. އެކަމަކު، މި އަށް ވެސް ދުރާލައި ތައްޔާރުވެވޭނެ ކަމަށް އާތީ ވަނީ ބުނެފަ އެވެ. 

އާތީ ބުނީ، ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް ހަދަން ޖެހޭނީ ފީފާ އާއި އޭއެފްސީގެ ކަލަންޑަރަށް ވެސް ފައްތައިގެން މީގެ ޝާމިލުވާ އެންމެންނަށް ވެސް އެންމެ ފަައިދާކުރާނެ ގޮތަަކަށް ކަމަށެވެ. 

"ޕްރިމިއާ ލީގެއް ފައްޓާފައި ދެ މެޗަށް ފަހު މި ވަރުގެ އިންޓަނޭޝަނަލް ބްރޭކެއް އައުމަކީ އެހާ ރަނގަޅު ކަމެއް ނޫން. ޓީމުތައް ކުޅެމުން އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓޭ ގޮތަށް ރޭވިނަމަ ހުރިހާ ޓީމަކަށް ވެސް ފައިދާކުރާނެ. މި ވަރުގެ ބްރޭކެއް އައީމަ ޖެހެނީ އަލުން ފަށަން. ޕްރިމިއާ ލީގެއް ފަށާއިރު ފެންނަން އެބަ އިދޭ އިންޓަނޭޝަނަލް ކަލަންޑަރެއް، އެހެންވީމަ މި ވަރުގެ ޝެޑިއުލެއް ހަދާއިރު ވަރަށް ޑީޕްކޮށް މީގެ ތެރެއަށް ވަންނަން ޖެހޭ(ފުންކޮށް ވިސްނަންޖެހޭ). އެންމެ ރަނގަޅު ގޮތެއް ނޫން ދެ މެޗު ކުޅެފައި ބްރޭކަކަށް ދިއުމަަކީ އެކަމަކު މާލީ ހާލަތާއި ވަސީލަތްތައް ހުރީމަ މި ގޮތަށް ދިމާވެދާނެ،" އާތީ ބުންޏެވެ. 

އޭނާ ބުނީ، މި ކަމުގެ ހައްލަކީ، ދުރާލައި ކަންކަަމަށް ބަލައިގެން ޝެޑިއުލް ހެދުން ކަމަށެވެ. 

މި ލިބުނު ބްރޭކުގެ ތެރޭގައި ޓީސީން މަސައްކަތް ކުރީ، 25 ދުވަސް ތެރޭ ޕްރީ ސީޒަނެއް ކަހަލަ ގޮތަކަށް ޖެއްސުމަށް ކަމަށާއި އެކަމަކު އެއީ ހަގީގަތުގައި ޕްރީ ސީޒަން ޖަހަން ލިބުނު މުއްދަތުގައި ގެއްލިދިޔަ ފުރުސަތު އަލުން ހޯދޭނެ ކަމެއް ނޫން ކަމަށެވެ. އަދި، ޓީސީ އެކޭ އެއްގޮތަށް ދެން އޮތް ނުވަ ޓީމަށް ވެސް މި 25 ދުވަސް ލިބޭއިރު، އެ ޓީމުތަކުން ބަލާނީ އިތުރަށް ކަންކަން ރަނގަޅު ކުރުމަށް ކަމަށް އާތީ ވަނީ ބުނެފަ އެވެ. 

"ކޮންމެ ގޮތެއް ވިޔަސް ޓީސީގެ ފެންވަރު ކުރިން ކުޅުނު ދެ މެޗަށް ވުރެން ތަފާތުވާނެ. އަނެއް ޓީމުތައް މި 25 ދުވަހު ޖެއްސި ވަރެއް އަނެއްހެން މެޗުތައް ކުޅެލީމަ އެނގޭނީ، ގައިމު ވެސް ޓީސީގެ ކޮލިޓީ ކުރިން ދެ މެޗަށް ވުރެން ތަފާތުވާނެ،" އާތީ ބުންޏެވެ. 

މާދަމާރޭ ޓީސީން އީގަލްސްއާ ކުޅޭއިރު، އާތީ ވަނީ މީގެ ކުރިން އީގަލްސްގެ ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. އަދި، އާތީ ވަނީ އީގަލްސް އަކީ ފުރަތަމަ ޑިިވިޝަނުގައި ޓީސީ އަށް ވުރެން ތަޖުރިބާ ބޮޑު ޓީމެއްކަން ފާހަގަކޮށްފަ އެވެ. އަދި، ފުރަތަމަ ޑިވިޝަނުގައި ޓީމެއް ދެމި އޮންނަނީ އަހަރުން އަހަރަށް ޓީމެއް އެކުލަވާލަން ކުރާ މަސައްކަތުން ކަމަށާއި މާޒިޔާ އަކީ އޭގެ މިސާލެއް ކަމަށް އާތީ ފާހަގަކުރި އެވެ. 

"އީގަލްސް މި ބަލަނީ ޓީސީ އަށް ވުރެން އޯގަނައިޒްވާނެ ކަމަށް، ރަނގަޅުވާނެ ކަމަށް، އެހެން ނަަމަވެސް ކުޅިވަރަކީ މި ހުރިހާ ފެކްޓާސް އަށް ބަލާފައި ވެސް ޕްލޭޔަރުން އެ ދުވަހެއްގެ މެޗަށް ތައްޔާރުވެފައި ހުރި ވަރުން ރިޒަލްޓް ފެންނަ އެއްޗެއް. އެހެންވީމަ، ޓީސީން ރަނގަޅު ކުޅުމެއް ދައްކާނެ އީގަލްސް ކައިރީގައި ފަސޭހައެއް ނުވާނެ،" އާތީ ބުންޏެވެ. 

އީގަލްސްގެ ކޯޗަކަށް ހުރީ ކުރިން ޓީސީ އަށް ކުޅުނު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ބެންޖޯ ބުނީ، ބްރޭކުގައި ލިބުނު މުއްދަތުގެ ތެރޭގައި ޓީމު ރަނގަޅު ކުރަން ކުރި މަސައްކަތުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް މައްސަލަތަކެއް ދިމާވެފައިވަނީ އަނިޔާއާ ހެދި ކަމަށެވެ. 

"އަޅުގަނޑު ކޯޗަކަށް ހުންނައިރު މި ބަލަނީ ހުރިހާ ޓީމަކީ ވެސް ވަރަށް ބޮޑަށް އެ ޓީމުތަކަށް ރެސްޕެކްޓްކޮށްގެން ނުކުންނަނީ އަލަށް އެރިޔަސް ހަމަ އެ އަށް ވަރަށް ބޮޑަށް ރެސްޕެކްޓް ކޮށްގެން، ޓީސީ އަކީ ފުރަތަމަ ޑިވިޝަނުގައި ގިނަ ދުވަސްވީ ހަމަ ލީގު ވެސް ނަގާގައި އޮތް ޓީމެއް. ރަނގަޅު ހިސްޓްރީއެއް ޓީމެއް ޓީސީ އަކީ، އެހެންވީމަ ޓީސީއާ ދެކޮޅަށް ނުކުންނައިރު ވަކިން ޓީމުތަކާ ނުކުންނާހާ އެހެން ތަފާތެއް ނެތް، ކޮންމެ ޓީމަކާ ދެކޮޅަށް ނުކުތަސް ހަމަ އީގަލްސް ނުކުންނާނީ ރަނގަޅު ނަތީޖާއެއް ނެރެން," ބެންޖޯ ބުންޏެވެ. 

"ހަމަ އެއް ގޮތަކަށް ވެސް ބަލިވާކަށް ނުނުކުންނާނަން. މޮޅަކަށް ހަމަ ނުކުންނާނީ، އެހެން ޓީމުތަކާ އެކު މޮޅުނުވެ ލީގުގައި ކުރިއަށް ވެސް ނުދެވޭނެ އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ހާސިލެއް ވެސް ނުވާނެ،" 

ޓީސީން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 5-1 އިން ބަަލިވިއިރު، ދެ ވަނަ މެޗުގައި، ގދ. ގައްދޫ އަތުން ވަނީ 4-2 އިން މޮޅުވެފަ އެވެ. އީގަލްސް އިން ފުރަތަމަ މެޗުގައި 3-1 އިން ބިސް ބުރު ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ދެ ވަނަ މެޗުގައި ވަނީ ގދ. ގައްދޫ އަތުން 2-0 އިން މޮޅުވެފަ އެވެ. ޓީސީ އަކީ މި ސީޒަނުގައި އީގަލްސް އިން މި ފަހަރުގެ ލީގުގައި ކުޅޭ ޕްރިމިއާ ލީގުގައި ކުރިން ކުޅެފައިވާ ފުރަތަމަ ޓީމެވެ. 

އީގަލްސް އާއި ޓީސީ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ. ލީގުގައި މިއަދު ހަވީރު، ގަލޮޅު ދަނޑުގައި ވިކްޓަރީ އާއި މާޒިޔާ ކުޅޭއިރު، ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގައި، ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރާނެ އެވެ. މިއީ، ހޯމް އެންޑް އަވޭ ފޯމެޓްގައި ކުޅޭ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫގައި ކުޅޭ ފުރަތަމަ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox