ތަފާތު ފޯމެއްގައި ކުޅެމުން އައި ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

Oct 10, 2026, 2:46 PM
މި ސީޒަނުގައި ބާސެލޯނާ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.

މި ސީޒަނުގައި ބާސެލޯނާ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.

ބާސެލޯނާ (އޮކްޓޫބަރު 10) - މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ބްރެޒިލާ އެކު ހުއްޓައި، އަނިޔާވި ބާސެލޯނާގެ ރަފީނިއާ އަށް އެ ކްލަބުން ދެން އެންމެ އަވަހަށް ކުޅޭ ދެ މެޗު ގެއްލޭނެ ކަމަށް ބުނެފި އެވެ. 

ރަފީނިއާ ވަނީ މި ފަހުން ނިމުނު އިންޓަނޭޝަނަލް ބްރޭކުގައި ބްރެޒިލުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ކުޅެފަ އެވެ.

ބްރެޒިލުން 1-1 އިން އޮސްޓްރޭލިއާއާ އެއްވަރުވި މެޗުގައި ރަފީިނިއާ ވަނީ ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. އަދި، ދެ ވަނަ މެޗުގައި، ފުރަތަމަ ހާފަށް ފަހު ބަދަލުކުރުމުގެ ކުރިން ޕެނަލްޓީއެއް ވެސް ޖެހި އެވެ. އެކަމަކު، ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ހެދި ބާސެލޯނާގެ މެޑިކަލް ޓީމުން އޭނާ ސްޕެއިނަށް ގެނައީ އެވެ. އެހެންވެ، ބްރެޒިލުން އިންޑިއާގައި ކުޅުނު މެޗުގައި ރަފީނިއާ ބައިވެރިނުވެ އެވެ. 

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ، ރަފީނިއާ އަށް ލިބުނު އަނިޔާ ސީރިއަސް ނުވިޔަސް އެ ފަދަ އަނިޔާއެއް ތަކުރާރުވުމުގެ ފުރުސަތު އޮންނާތީވެ، އެއްކޮށް ފިޓްނުވަނިސް މެޗުތަކަށް ގެނައުމަކީ ރިސްކެއް ކަމަށެވެ. އަދި، ޓީމުގެ މުހިންމު ކުޅުންތެރިއަކު އެ ފަދަ ރިސްކެއްގައި ގެންގުޅުމަކީ އެއްވެސް ޓީމަކުން ކުރާނެ ކަމެއް ނޫން ކަމަށް ފްލިކް ބުނެފައިވެ އެވެ. 

ބްރެޒިލް ގައުމީ ޓީމުގައި ހުއްޓައި ރަފީނިއާ އަނިޔާވުމަކީ އެކަން ގޯސްކޮށްގެން ވާހަކަ ދައްކަން ޖެހޭ ކަމެއް ނޫންކަން ފާހަގަކޮށް، ފްލިކް ބުނީ، ކޮންމެ ކުޅުންތެރިއަކު ވެސް ގައުމީ ޓީމަށް ކުޅެން ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް ގަބޫލުުކުރަން ޖެހޭ ކަމަށެވެ. 

މި އަހަރުގެ ޖޫން/ޖުލައި މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގެ ތެރެއިން ވެސް އަނިޔާވެގެން މެޗުތަކެއް ގެއްލުނު ރަފީނިއާ އަށް މިދިޔަ ސީޒަނުގައި އިންޖަރީގެ އެކި މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި ރަފީނިއާ އަށް މަސްގަނޑުގެ އެކި އަނިޔާގެ ކަންކަން ދިމާވެ، 25 މެޗު ގެއްލިފައިވެ އެެވެ. 

މި ވަގުތު މުޅި ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު ވެސް އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިއަކީ ރަފީނިއާ އެެވެ. ޖަރުމަނުގެ ކޯޗު، ހަންސީ ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާ އިން މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގައި ފޯވާޑެއްގެ ގޮތުގައި އެޓޭކު ލީޑުކުރަނީ ރަފީނިއާ އެވެ. އެ ގޮތުން، ސީޒަނުގެ އަށް މެޗުގައި ރަފީނިއާ ވަނީ 14 ލަނޑު ޖަހައިފަ އެވެ. 

ރަފީނިއާ އަށް ގެއްލޭނެ ކަމަށް ބެލެެވެނީ ސްޕެނިޝް ލީގުގައި މިރޭ ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއިއާ ބައްދަލުކުރާ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox