7 ގޯލު ޖަހައިގެން މޮޅުވެ، ބާސެލޯނާ އިން ލީޑު ދަމަހައްޓައިފި

Sep 17, 2026, 8:24 AM
ރޭސިން ކޮޅަށް ލަނޑު ޖެހުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.

ރޭސިން ކޮޅަށް ލަނޑު ޖެހުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.

ބާސެލޯނާ (ސެޕްޓެމްބަރު 17) - ސްޕެނިޝް ލީގުގައި ރޭ ރޭސިން ޑި ސަންޓަންޑޭ 7-2 އިން ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ. 

އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އަކީ ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ހަމައެކަނި ޓީމެވެ. ބާސެލޯނާ އަށް ހަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑްގެ އޮތީ ހަ މެޗުން 15 ޕޮއިންޓެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރެއާލް ވަނީ މި ފަހަރުގެ ލީގުގައި ރެއާލް ބެޓިސް އަތުން ބަލިވެފަ އެވެ. 

ބާސެލޯނާގެ ދަނޑު ކޭމްޕް ނައުގައި ރޭ ކުޅުނު މެޗުގައި، އަށް ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުނެގި އެވެ. މިއީ، މެޗުގެ އަށް ވަނަ މިނިޓްގައި އޭރިއާބޭރުން ޖޮއާއޯ ކަންސެލޯ ފޮނުވާލި ޝޮޓަކުން ޖެހި ގޯލެކެވެ. ބާސެލޯނާ އިން ލީޑުފުޅާކުރީ މެޗުގެ 25 ވަނަ މިނިޓްގައި ރަފީނިއާ ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. އޭގެ ފަސް މިނިޓް ފަހުން، ރޭސިންގެ މަގެޓަ ގޭއި ވަނީ ބާސެލޯނާ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ލަނޑު ޖަހައިފަ އެެވެ. 

ރޭސިން އިން ފަރަގު ކުރިތާ ފަސް މިނިޓް ތެރޭ ބާސެލޯނާ އިން އިތުރު ލަނޑެއް ޖަހައި އަލުން ދެ ގޯލުގެ ލީޑެއް ނެގި އެެވެ. މިއީ، މެޗުގެ 35 ވަނަ މިނިޓްގައި ކަންސެލޯ، މި ފަހަރު ވެސް އޭރިއާބޭރުން ޖެހި ޝޮޓަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި، މެޗުގެ 41 ވަނަ މިނިޓްގައި ރޭސިންގެ އޭރިއާތެރެއިން، ރަފީނިއާ ވަނީ ލިބުނު ފުރުސަތެއްގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައި، ބާސެލޯނާ އަށް ތިން ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. 

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާ އިން ފަސް ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތެއްގައި ލަމީން ޔަމާލް ފޮނުވާލި ޕެނަލްޓީ ރޭސިންގެ ކީޕަރު، ޖުލެން އަގިރެއްޒަބަލާ ވަނީ މަތަކޮށްފަ އެވެ. 

މެޗުގެ 65 ވަނަ މިނިޓްގައި ރޭސިން އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ދެ ވަނަ ހާފުގައި ބާސެލޯނާ އިން ބަަދަލަކަށް އެރުވި ކީޕަރު، ވޮޒްޝިއޭ ޝެޒްނީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ރޭސިންގެ ޔާސިރު ޒަބީރީ ޖެހި ލަނޑެކެވެ. 

ބާސެލޯނާ އިން ފަސް ވަނަ ލަނޑު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ރަފީނިއާ ވަނީ ހެޓްރިކް ހަދައިފައެވެ. މިއާ އެކު، ރަފީނިއާ މި ވަނީ މި ފަހަރުގެ ލީގު ސީޒަންގެ ފުރަތަމަ ހަ މެޗުން ނުވަ ލަނޑު ޖަހައިފަ އެވެ. އަދި، މި ސީޒަނުގެ ޖުމްލަ އަށް ބަލާނަމަ، ހުރިހާ މުބާރާތެއްގައި 11 ލަނޑު ޖަހާފައިވެ އެެވެ. 

މެޗުގެ 78 ވަނަ މިނިޓްގައި، ޔަމާލް ދިން ބޯޅައަކުން ބާސެލޯނާގެ ހަ ވަނަ ލަނޑު ޖެހީ، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ގަބްރިއެލް ޖީސޫސް އެވެ. މިއީ، އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފަހުން ޖީސޫސް ޖެހި ދެ ވަނަ ލަނޑެވެ. 

ބާސެލޯނާގެ ހަތް ވަނަ ލަނޑު ޖެހީ ޔަމާލް އެވެ. މިއީ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ކަރީމް އަޑެޔޭމީ ދިން ބޯޅައަކުން ޔަމާލް ޖެހި ގޯލެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox