ރަފީނިއާގެ ފޯމު ކުރިއަށް، ފެރާން ޕީއެސްޖީ އަށް ހެޓްރިކެއް

Sep 10, 2026, 8:59 AM
ސްލޯވަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެރާން އުފާފާޅުކުރަނީ.

ސްލޯވަން ކޮޅަށް ލަނޑު ޖެހުމަށް ފަހު ފެރާން އުފާފާޅުކުރަނީ.

ޕެރިސް (ސެޕްޓެމްބަރު 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ މިދިޔަ ދެ ފަހަރުގެ ޗެމްޕިއަން، ޕީއެސްޖީ އަށް ސްޕެއިނުގެ ފޯވާޑް، ފެރާން ޓޮރޭސް ކުޅުނު ފުރަތަމަ މެޗުގައި ހެދި ހެޓްރިކާ އެކު، ސްލޮވާކިއާގެ ސްލޯވަން ބްރަޓިސްލާވާ އަތުން 6-1 އިން ޕީއެސްޖީ މޮޅުވެއްޖެ އެވެ. 

ބާސެލޯނާ އިން ވަނީ ރޭ އަމިއްލަ ދަނޑުގައި ފެޔަނޫޑާ ދެކޮޅަށް ކުޅެ، 5-1 އިން މޮޅުވެފަ އެވެ. މި މެޗުގައި، މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ބާސެލޯނާގެ ރަފީނިއާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. 

ޕީއެސްޖީން މި ސީޒަން ފެށިއިރު، ޔުއެފާ ސުޕަ ކަޕް މެޗުން އެސްޓަން ވިލާ އަތުން މޮޅުވި ނަމަވެސް، އޭގެ ފަހުން، ޑޮމެސްޓިކް ފުޓްބޯޅައިގައި މި ފަހަރު ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރެންްޗް ސުޕަ ކަޕްގެ މެޗާއި ފްރެންޗް ލީގުގެ ތިން މެޗެވެ. 

އެކަމަކު، ޗެމްޕިއަންސް ލީގުގައި ރޭ ސްލޯވަން ބްރަޓިސްލާވާ ކޮޅަށް މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެ ކާމިޔާބު ހޯދި އެވެ. މެޗުގެ 17 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭގެ ގޯލުން ކުރިހޯދި ޕީއެސްޖީ ވަނީ އޭގެ ފަސް މިނިޓް ފަހުން އޭނާ ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެެވެ. 

ފުރަތަމަ ހާފުގައި ފެރާން ފުރަތަމަ ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގެ ފުރަތަމަ 13 މިނިޓް ތެރޭ އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަަކުރި އެވެ. ފެރާން ތިން ވަނަ ލަނޑު ޖެހިތާ މިނިޓެއް ފަހުން، ސްލޯވަން ބްރަޓިސްލާވާ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ސުލައިމާން ކަމާރާ އެެވެ. 

ޕީއެސްޖީން މެޗުގައި ޖެހި ފަހު ލަނޑު ކާމިޔާބުކުރީ ފަބިއަން ރުއީޒް އެވެ. އެއީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ހުއްޓަ އެވެ. 

އަމިއްލަ ދަނޑުގައި ކުޅުނު ބާސެލޯނާ އިން، ތިން ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ، ލަމީން ޔަމާލް ދިން ބޯޅައަކުން ހަަމަޖެހިލައިފައި ރަފީނިއާ ޖެހި ގޯލެކެވެ. މެޗުގެ 22 ވަނަ މިނިޓްގައި ބާސެލޯނާ އިން ލީޑުފުޅާކުރި ލަނޑަކީ ކަރީމް އަޑެޔޭމީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ޖެހި ގޯލެކެވެ. 

ދެ ގޯލުގެ ލީޑެއްގައި ފުރަަތަމަ ހާފު ނިންމާލި ބާސެލޯނާ އިން ދެ ވަނަ ހާފު ފެށިގެން 12 މިނިޓް ތެރޭ ތިން ވަނަ ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ ޕެޑްރީ ދިން ބޯޅައަކުން ރަފީނިއާ އެވެ. މެޗުގެ 77 ވަނަ މިނިޓްގައި، ޔަމާލް ވަނީ ހިލޭ ޖެހުމަކުން ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަަސް މިނިޓް ފަހުން ފެޔަނޫޑްގެ ސެމް ސްޓެއިން ވަނީ ލަނޑެއް ޖަހައިފަ އެވެ. 

މެޗުގައި ބާސެލޯނާގެ ފަހު ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ފޯވާޑް، ގަބްރިއެލް ޖީސޫސް އެެވެ. މިއީ، ޔަމާލް ދިން ބޯޅައަކުން ޖީސޫސް ބޮލުން ޖެހި ގޯލެކެވެ. 

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އަނެއް މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސްޓުޓްގާޓުން ވަނީ 3-1 އިން ވައިކިން ބަލިކޮށްފަ އެވެ. އަދި، ސްޕޯޓިން ލިޒްބަން އިން ވަނީ 3-1 އިން ގަލަތަސަރާއި އަތުން މޮޅުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox