ލެވަންޓޭ އަތުން މޮޅުވެ ބާސެލޯނާ އިން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

Sep 13, 2026, 10:40 PM
ލެވަންޓޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ލެވަންޓޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ވެލެންސިއާ، ސްޕެއިން (ސެޕްޓެމްބަރު 13) - ރަށުންބޭރުގައި ލެވަންޓޭ އަތުން 4-2 އިން މޮޅުވެ، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ލީޑުދަމަހައްޓައިފި އެވެ. 

ސްޕެނިޝް ލީގުގެ އާ ސީޒަނުގެ ފުރަތަމަ ފަސް މެޗުން މޮޅުވި ހަަަމައެކަނި ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ އެވެ. އެ ޓީމަށް ފަސް މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ ފަސް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. 

ބާސެލޯނާ އިން މެޗުގެ ފަސް ވަނަ މިނިޓްގައި ލީޑުނެގީ، ރަފީނިއާ ދިން ބޯޅައަކުން ޒަވީ އެސްޕާޓް ޖެހި ގޯލުންނެވެ. އޭރިއާ ރޮނގުކައިރިން އެސްޕާޓް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ 19 ވަނަ މިނިޓްގައި ބާސެލޯނާ އިން ދެ ވަނަ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރަފީނިއާ އެވެ. މިއީ، ގޯލު ކުރިމައްޗަށް މުޅިން ހުސްކޮށްލާފަައި ރަފީނިއާ ނެގި ހުރަހަކަށް އަރައި، ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ލަމީން ޔަމާލް ޖެހި ގޯލެކެވެ. 

Advertisement

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ދެ މިނިޓް ތެރޭ ބާސެލޯނާ އިން ތިން ވަނަ ލަނޑެއް ޖެހި އެވެ. މިއީ، ލިބުނު ޕެނަލްޓީ އަކުން ޔަމާލް ޖެހި ގޯލެކެވެ. މިއީ، ލެވަންޓޭގެ ކުޅުންތެރިއަކު އެ ޓީމުގެ އޭރިއާތެރެއިން ޔަމާލަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. 

ތިން ގޯލުގެ ލީޑެއް ލިބުމާ އެކު، ބާސެލޯނާ އިން ފަރުވާ ކުޑަކޮށްލުމުން ލެވަންޓޭ އިން ވަނީ ދެ ގޯލު ޖަހައި، ބާސެލޯނާ ޕްރެޝަރަށް ވައްޓާލައިފަ އެވެ. މެޗުގައި ލެވަންޓޭގެ ފުރަތަމަ ލަނޑު ޖެހީ، 78 ވަނަ މިނިޓްގައި އިވާން ރޮމޭރޯ އެވެ. މިއީ، އެސްޕާޓް ފަހަތަށް ދިން ބޯޅައަކަށް އަރައި، ހަމަޖެހިލައިފައި ރޮމޭރޯ ޖެހި ގޯލެކެވެ. އަދި، އޭގެ 10 މިނިޓް ފަހުން، މެޗުގެ 88 ވަނަ މިނިޓްގައި، ލެވަންޓޭ އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، ބާސެލޯނާ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްގެން، ރޮޖާ ބްރޫގޭ ޖެހި ގޯލެކެވެ. 

ލެވަންޓޭ އިން އެއް ގޯލަށް ފަރަގު ކުޑަކޮށްފައިވަނިކޮށް، ބާސެލޯނާ އިން ވަނީ އިތުރު ވަގުތުގެ ތެރޭގައި، މި މެޗުގައި  އެ ޓީމުން ޖެހި ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ބަދަލަކަށް ކުޅެން އެރި ޖަރުމަނުގެ ފޯވާޑް، ކަރީމް އަޑެޔޭމީ ޖެހި ގޯލެކެވެ. ހާފުގެ މެދެއްހާ ހިސާބުން އަރިމަަތިން ލިބުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ލެވަންޓޭ ކުޅުންތެރިން ކައިރިން ނައްޓާފައި، އަޑެޔޭމީ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox