ހަތަރު ދުވަސް ތެރޭ ރަފީނިއާގެ ދެ ވަނަ ހެޓްރިކް

Sep 20, 2026, 7:42 AM
ސެވިއްޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.

ސެވިއްޔާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ރަފީނިއާ އުފާފާޅުކުރަނީ.

ސެވިލް، ސްޕެއިން (ސެޕްޓެމްބަރު 20) - ހަތަރު ދުވަސް ތެރޭ ރަފީނިއާ ހެދި ދެ ވަނަ ހެޓްރިކާ އެކު ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި 3-1 އިން ސެވިއްޔާ އަތުން މޮޅުވެއްޖެ އެވެ. 

މިިދިޔަ ބުދަ ދުވަހުގެރޭ، ރޭސިން ސަންޓަންޑޭ އަތުން 7-2 އިން ބާސެލޯނާ މޮޅުވި މެޗުގައި ވެސް ރަފީނިއާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު، ރަފީނިއާ މި ސީޒަނުގެ މިހާތަަނަށް ހުރިހާ މުބާރާތެއްގައި ވަނީ 14 ލަނޑު ޖަހައިފަ އެވެ. 

އަމިއްލަ ދަނޑުގަައި ކުޅުނު ސެވިއްޔާ އިން ވަނީ ރޭގެ މެޗުގައި ލީޑުނަގައިފަ އެވެ. މިއީ، މެޗުގެ 19 ވަނަ މިނިޓްގައި، ފީލިކްސް ކޮރެއިއާ ދިން ބޯޅައަކުން ޔޫސުފް ފޮފާނާ ޖެހި ގޯލެކެވެ. މި ލަނޑާ އެކު، ސެވިއްޔާ އިން ލީޑުގައި އޮތީ ތިން މިނިޓް ވަންދެނެވެ. މެޗުގެ 22 ވަނަ މިނިޓްގައި ބާސެލޯނާގެ އަންދްރެސް ކްރިސްޓެންސަން ދިން ބޯޅައަކަށް އަރައި ރަފީނިއާ ވަނީ ސެވިއްޔާގެ ކީޕަރު، އޮޑީސިއަސް ވްލާޗޯޑިމޯސް ކައިރިން ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. 

ފުރަތަމަ ހާފުގެ ބާކީ ބައިގައި ދެ ޓީމުން ވެސް ލަނޑެއް ޖެހޭތޯ ކުރި މަަސައްކަތް ކާމިޔާބެއްނުވި އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން ހަތް މިިނިޓް ތެރޭ ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި، މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފަ އެވެ. މިއީ، 52 ވަނަ މިނިޓްގައި ލަމީން ޔަމާލް ދިން ބޯޅައަކުން ރަފީނިއާ ޖެހި ގޯލެކެވެ.  ބާސެލޯނާ އިން ދެން ކާމިޔާބުކުރި ގޯލުގައި ވެސް ފެނިގެންދިޔައީ މި ކޮމްބިނޭޝަން އެެވެ. މެޗުގެ 69 ވަނަ މިނިޓްގައި ރަފީނިއާ ހެޓްރިކް ހެދި ގޯލު ޖަހަން ވެސް ފުރުަސަތު ތަނަވަސްކޮށްދިނީ ޔަމާލް އެވެ. 

މިއީ، ބާސެލޯނާ އިން ލީގުގައި ޖެހިޖެހިގެން މޮޅުވި ހަތް ވަނަ މެޗެވެ. އަދި، ސީޒަނުގެ ހުރިހާ މުބާރާތަކަށް ބަލާނަމަ، ބާސެލޯނާ އިން ޖެހިޖެހިގެން ހޯދި އަށް ވަނަ މޮޅެެވެ. 

ބާސެލޯނާ އިން މި ވަގުތު ސްޕެނިޝް ލީގުގެ ކުރީގައި އޮތީ ދެ ވަނައިގައި އޮތް ރެއާލަށް ވުރެން ހަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ހަތް މެޗުން 21 ޕޮއިންޓާ އެކު، ސައްތަ އިން ސައްތަ ރެކޯޑެއް އޮތް ބާސެލޯނާ ލީގު ތާވަލުގެ ކުރީގައި އޮތްއިރު، ހަ މެޗުން 15 ޕޮއިންޓާ އެކު، ދެ ވަނައިގައި އޮތް ރެއާލާ އެއްވަރަށް ތިން ވަނައިގައި އޮތް ރެއާލް ބެޓިސް ވެސް ވަނީ މެޗު ކުޅެގެން ޕޮއިންޓް ހޯދައިފަ އެވެ. 

ރެއާލުން މިރޭ އެތުލެޓިކޯ މެޑްރިޑާ ކުޅެން ޖެހޭއިރު، ބެޓިސް ބައްދަލުކުރާނީ ޑިޕޯޓިވޯ ލަ ކަރޫނިއާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox