މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް، ކަނޑުއޮޅިތަކުގެ ސަލާމަތަށް ބޭރުގެ އެހީތެރިކަން މުހިންމު: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ ނޮވެމްބަރު 27، ގައި -- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން ނަޝީދު: ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ ނޮވެމްބަރު 27، ގައި -- ފޮޓޯ: އަދަދު

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި މެދުފަންތީގެ ބާރުތަކުން މި ސަރަހައްދަށް ބޮޑެތި އަސްކަރީ އާލާތްތައް ގެންނަން ޖެހޭ ކަމަށާއި، އެފަދަ ނުރައްކާތައް ހުއްޓުވުމުގެ ގާބިލުކަން ރާއްޖޭގެ ރަށްތަކުގައި ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކަނޑުފަޅުގެ ސަލާމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާރު މިއީ ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށާއި، ހާއްސަކޮށް މެދުއިރުމަތީގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އޮތް ނުރައްކާ ބޮޑުވަމުންދާ ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި ހޯރްމޫޒް ކަނޑުއޮޅިއާއި، ބާބުލް މަންދަބް އަދި ރަތްކަނޑަށް ވަންނަ ދޮރާށި ބަންދުވެފައި އޮތުމަށްފަހު، އެ ތަންތަން އަލުން ހުޅުވިއްޖެ ނަމަ، ހަނގުރާމަވެރި ޖަމާއަތްތަކުން ރާއްޖޭގެ ހުވަދޫ ކަނޑާއި ކާށިދޫ ކަނޑު ބަންދުކުރުމަކީ ވެދާނެ ކަމެކެވެ.

Advertisement

"މީގެ މާނައަކީ ހަނގުރާމަ އަޅުގަނޑުމެންގެ މި ސަރަހައްދާ ނުހަނު ގާތަށް އައުން ނުވަތަ ހަނގުރާމަ ސީދާ އަޅުގަނޑުމެންގެ ތެރެއަށް ވަނުން. އެހެންކަމުން، އަޅުގަނޑުމެން މި ތިބީ ނުހަނު ކަންބޮޑުވުމާއި ނުތަނަވަސްކަމެއްގެ ތެރޭގައި. އަދި، މި ދެންނެވި ދެ ކަނޑުއޮޅި ހުޅުވިއްޖެ ނަމަ ވެދާނެ ގޮތަކާ މެދު އަޅުގަނޑުމެން އެންމެން ވެސް ސަމާލުވާން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އަވަށްޓެރި އިންޑިއާއަށާއި އެހެނިހެން އެކުވެރި ގައުމުތަކަށް ބޮޑަށް ބަރޯސާވާން ޖެހޭކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އިންޑިއާއާއެކު މާނަހުރި މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވުމަކީ މުހިންމުކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަތްކަނޑާއި ގަލްފް ސަރަހައްދު ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިވެރިން އާ މަގުތައް ހޯދަމުންދާ ކަމަށާއި، އެގޮތުން މޮމްބާސާއިން ރާއްޖެއަށް، އަދި ރާއްޖެއިން ޖަކާޓާއަށް އޮންނަ ވިޔަފާރި މަގުގެ ބޭނުން ބޮޑުވާނެ ކަމަށް ނަޝީދު ލަފާކުރެއްވި އެވެ. އެފްރިކާގެ އެއްގަމު މަގުތައް މެދުވެރިކޮށް ހުޅަނގުގެ މުދާ އިރުމައްޗަށް އުފުލުމުގެ އާ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އުފެދޭ އާ ވިޔަފާރި މަގުތަކުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ނާޒުކުކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ކާށިދޫ ކަނޑާއި ހުވަދޫ ކަނޑަކީ މަދު ބަޔަކު ނުކުމެ ހުރަސްއެޅިދާނެ ފަދަ ތަންތަން ކަމަށެވެ.

"އޭކޭ-47 ބަޑި ހިފައިގެން ލޯންޗެއްގައި ނުކުންނަ ބާރަވަރަކަށް މީހުންނަށް ވެސް މި ދެ ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅިދާނެ. އެކަން ހުއްޓުވުމަށްޓަކައި، ދުނިޔޭގެ ބޮޑެތި ބާރުތަކުންނާއި މެދުފަންތީގެ ބާރުތަކުން އިންޑިއާ ކަނޑަށް ބޮޑެތި އަސްކަރީ އާލާތްތައް ގެންނަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ހަނގުރާމަވެރި ޖަމާއަތްތައް އުފެދިގެން އަންނަނީ މިފަދަ ހަރުކަށި ގްރޫޕްތަކުގެ ތެރެއިން ކަމަށްވާތީ، އެ މައްސަލަ ހައްލުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.

އިންޑިއާ ކަނޑުގައި ހަމައެކަނި ހަތިޔާރު ބޭނުންކޮށްގެން ހުރިހާ މައްސަލައެއް ހައްލުނުވާނެ ކަމަށާއި، އެންމެ މުހިންމު ކަމަކީ މުޖުތަމައު ރަނގަޅަށް ބަލަހައްޓައި، ހަމަނުޖެހުންތަކާ ކުރިމަތިލުމުގެ ބަދަލުގައި ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ މާހައުލެއް ގާއިމުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox