ރަސްމާލެ ދޫކޮށްލުމުގެ އެގްރިމެންޓުގެ ދަށުން ބިދޭސީންނަށް ބިން މިލްކު ކުރެވޭ ނަމަ އެކަން ހާމަކުރަން އެމްޑީޕީ އިން ގޮވާލައިފި

Oct 15, 2026, 10:22 AM
އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު: ޕާޓީ އިން ބުނީ ބިން ވިއްކުމުގެ ހައްގު ސަރުކާރަށް ނެތް ކަމަށް -- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު: ޕާޓީ އިން ބުނީ ބިން ވިއްކުމުގެ ހައްގު ސަރުކާރަށް ނެތް ކަމަށް -- ފޮޓޯ: އަދަދު

ފުށިފިއްގަރުފަޅު ހިއްކައިގެން ބިނާ ކުރާ ރަސްމާލޭގެ 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމުގެ އެގްރިމެންޓުގެ ދަށުން ބިދޭސީންނަށް ބިން މިލްކު ކުރެވޭނެ ނަމަ އެކަން ހާމަ ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ގޮވާލައިފި އެވެ. 

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސެޕްޓެމްބަރު 21، ގައި ރާއްޖެއިން އީގަލް ހިލްސްއާއެކު ސޮއި ކުރި އެގްރިމެންޓުގެ ހިމެނޭ ކަންކަން ސަރުކާރުން ހާމަކުރަންޖެހޭ ކަމަށެވެ. ބިން މިލްކުވުމުގެ ފުރުސަތު ބިދޭސީއަކަށް އެގްރިމެންޓުގެ ދަށުން ލިބޭ ނަމަ އެކަން ވެސް ހާމަ ކުރަން އެމްޑީޕީ އިން ގޮވާލި އެވެ. 

"މި ދެންނެވި މަޝްރޫއުގެ ދަށުން، ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

"މި މަޝްރޫއުގެ ދަށުން ހިންގާ އެއްވެސް މުއާމަލާތެއްގެ ސަބަބުން، މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއްވެސް ހިމެނިފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަން."

އޭގެ އިތުރުން އެމްޑީޕީ އިން ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް ކަނޑައެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންނުވާ ކަމަށެވެ. އެފަދަ ކަމެއް ނިންމަންޖެހޭނީ ރައްޔިތުން ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ. 

"ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކްވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ. އެ ކަމާމެދު ގޮތެއް ނިންމާނަމަ، އެކަން ނިންމަންވާނީ ސީދާ ދިވެހި ރައްޔިތުން،" އެމްޑީޕީ އިން ބުންޏެވެ. 

އެމްޑީޕީގެ ބަޔާނުގައި، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްސް މުހިންމުކަން ވެސް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެފަދަ އިންވެސްޓްމަންޓްސް ގެންނަން ޖެހޭނީ ރައްޔިތުންނާ މަޝްވަރާކޮށް، ދެ ފުށްފެންނަ އުސޫލުތަކެއްގެ ތެރެއިން ކަމަށް އެ ޕާޓީ އިން ބުނެ އެވެ. 

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔަން. އަދި އެ ފަރާތްތަކަކީ ދިވެހި ރާއްޖޭގެ ތަރައްގީގައި ނުހަނު މުހިންމު ބައެއްކަމުގައި މި ޕާޓީން ދެކެން،" އެ ބަޔާނުގައި ބުނެފައިވެ އެވ. 

"ދިވެހިރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް، މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމުގެ ގޮތުން ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް މި ޕާޓީން ތަރުހީބުދެން."

ސަރުކާރުން ބުނަނީ ރަސްމާލެ އީގަލް ހިލްސްއަށް ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އާއި އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ބުނެފައި ވަނީ ރަސްމާލެއިން ޕްރޮޕަޓީއެއް ގަންނަ މީހަކަށް 99 އަހަރުގެ ލީސްއެއް ލިބޭނެ ކަމަށާއި އެތަން ވިއްކާލާ ނުވަތަ ވާރުތަ ކުރާ ކޮންމެ ފަހަރަކު 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ ކަމަށެވެ. 

ރަސްމާލޭގެ 500 ހެކްޓަރު ދޫކޮށްލަނީ އެކުއިޒިޝަން ކޮސްޓެއް އަދި ބިމު ކުއްޔެއް ނުނަގާ ގޮތަށެވެ. ސަރުކާރުން އަންދާޒާ ކުރަނީ އެ ޕްރޮޖެކްޓުން އުމުރުގައި ލިބޭނީ އެންމެ 45 ބިލިއަނެއްހާ ރުފިޔާ ކަމަށެވެ. ސަރުކާރަށް ލިބޭނެ ކަމަށް އެކި އޮފިޝަލުން ބުނާ އަދަދުތަކުގައި ވެސް ތަފާތުތަކެއް އެބަ ހުއްޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox