ތާއަބަދަށް ރަސްމާލެ ދޫކޮށްލުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަލައްބާރު ސާފު ޖަވާބެއް ނުދެއްވި

Oct 10, 2026, 10:39 AM
ރަސްމާލެ ވިއްކާލުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތޮލިބް އާއި އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު. -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ރަސްމާލެ ވިއްކާލުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މިނިސްޓަރު މުއްތޮލިބް އާއި އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު. -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ދިވެހި ސަރުކާރުން އޭނާގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދޫކޮށްލަނީ ތާއަބަދަށްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، އެކަމަށް ސާފު ޖަވާބެއް ދެއްވަން މުހައްމަދު އަލައްބާރު ދެކޮޅު ހައްދަވައިފި އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ފޭދޫފިނޮޅުގައި ބައެއް މީޑިއާތަކަށް އަލައްބާރު އިންޓަވިއު ދެއްވިއިރު އޭނާއަށް އަމާޒުވި އެއް ސުވާލަކީ، ރަސްމާލޭގެ ޕްރޮޕަޓީސް ގަންނަ މީހުން އެތަން ވިއްކާލުމުން 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭތޯ އެވެ. 

އެ ސުވާލަށް އަލައްބާރު ސީދާ ޖަވާބެއް ނުދެއްވި އެވެ. އަލައްބާރު ވިދާޅުވީ އޭނާ އަމަލު ކުރާނީ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ކަމަށެވެ. ސެޕްޓެމްބަރު 21، ގައި ސޮއި ކުރި ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި އޮތް ވާހަކައެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. 

Advertisement

"އަހަރުމެން ވިއްސަކަށް ގައުމުގައި އެބަ އޮޕަރޭޓް ކުރަން. މިއިން ކޮންމެ ގައުމެއްގެ ގާނޫނުތަކަށް ވެސް އަހަރުމެން ތަބާވާންޖެހޭ. ގާނޫނުގައި ލިޔެފައި އޮންނަ ކޮންމެ އެއްޗަކަށް އަހަރުމެން ކިޔަމަންވާންޖެހޭ. ގާނޫނުގައި [އެންމެ ގިނަ ދުވަހަށް ކުއްޔަށް ދެވޭނީ] 99 އަހަރު ކަމަށް އޮންނަ ނަމަ ލީސް [އެގްރިމެންޓު] އޮންނަންޖެހޭނީ އެއާ އެއްގޮތަށް،" އިނގިރޭސި ބަހުން އަލައްބާރު ވިދާޅުވި އެވެ. 

ގާނޫނާއި ގަވާއިދަކީ ބަދަލުވަމުންދާ އެއްޗެހިކަން ވެސް އަލައްބާރު ފާހަގަ ކުރެއްވި އެވެ. އަދި އެގޮތަށް ގާނޫނު 

"ގަވާއިދުތައް ބަދަލުވިޔަސް އަހަރުމެން އަބަދުވެސް އެއަށް ތަބާވަމުންދާނަން. ގާނޫނުތައް ބަދަލުވިޔަސް އަހަރުމެން ކުރިއަށްދާނީ ގާނޫނުގައި އެ އޮންނަ ގޮތަކަށް،" އޭނާ ވިދާޅުވި އެވެ. 

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެ ތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ. 

 ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. މިކަން ވަނީ އީގަލް ހިލްސް އިން ޔަގީންކޮށްދީފަ އެވެ. 

ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox