ޝަންހާއީ މުބާރާތުގެ ދެ ވަނަ ބުރުން ޖޮކޮވިޗަށް ދަތުރު ނިމިއްޖެ

Oct 10, 2026, 7:00 AM
ސާބިއާގެ ޓެނިސް ތަރި ޖޮކޮވިޗް، ޗައިނާގައި ކުރިއަށްދާ މުބާރާތުގެ ތެރެއިން.

ސާބިއާގެ ޓެނިސް ތަރި ޖޮކޮވިޗް، ޗައިނާގައި ކުރިއަށްދާ މުބާރާތުގެ ތެރެއިން.

ޝަންހާއީ، ޗައިނާ (އޮކްޓޫބަރު 10) - ޝަންހާއީ މާސްޓާސް ޓެނިސް މުބާރާތުގެ ދެ ވަނަ ބުރުން، ސާބިއާގެ ލެޖެންޑަރީ ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް ކަޓައިފި އެވެ. 

އުމުރުން 39 އަހަރުގެ ޖޮކޮވިޗް ވަނީ މީގެ 10 ދުވަސް ކުރިން، ބެއިޖިންގައި ކުރިއަށްދިޔަ ޗައިނާ އޯޕަންގެ ތަށި އުފުލާލައިފަ އެވެ. މިއީ، މިދިޔަ 11 މަސް ދުވަސް ތެރޭ ޖޮކޮވިޗަށް ލިބުނު ފުރަތަމަ ތަށްޓެވެ. ކެރިއަރުގެ 102 ވަަނަ ޓައިޓަލް އެވެ. އެއީ، އެ މުބާރާތުގެ ފައިނަލުގައި އަލެކްސް ޑި މިނޯ، އަނިޔާވެގެން މެޗު ދޫކޮށްލުމުންނެވެ. މިއީ، ޓުއާ ލެވަލް މުބާރާތެއްގައި ޖޮކޮވިޗް ތަށި ހޯދި ޖެހިޖެހިގެން 21 ވަނަ އަހަރެވެ. އަދި، ބެއިޖިންގައި އޭނާ ވަނީ ޖެހިޖެހިގެން 34 މެޗުން މޮޅުވެފަ އެވެ. 

އޭގެ ފަހުން، ޝަންހާއީ މާސްޓާސް އަށް ނުކުތް، ޖޮކޮވިޗަށް ފުރަތަމަ ރައުންޑުގެ މެޗު ކުޅެން ނުޖެހި، އަނެއް ބުރުން ފުރުސަތު ލިބުނީ 10 ވަނަ އަށް ސީޑްކޮށްފައިވުމުންނެވެ. ދެ ވަނަ ބުރުގެ މެޗުގައި ޖޮކޮވިޗް ނުކުތީ ޕޮލެންޑްގެ ހިއުބަޓް ހުކާޒްއާ ދެކޮޅަށެވެ. ފޯރިގަދަކޮށް ދިގުލައިގެންދިޔަ މެޗުގައި ހުކާޒް ކުރިހޯދިއިރު، ސެޓުތައް ދިޔައީ، 6-4 6-3 އިންނެވެ. 

މި ވަގުތު ދުނިޔޭގެ ރޭންކިންގެ 34 ގައި އޮތް ހުކާޒް ވަނީ 2023 ވަނަ އަހަރު ޝަންހާއީ މާސްޓާސް ކާމިޔާބުކޮށްފަ އެވެ. ޖޮކޮވިޗް އަތުން ހިއުކާޒް މޮޅުވެފައި މި ވަނީ މި ދެ ކުޅުންތެރިން ކެރިއަރުގައި ނުވަ ފަހަރު ބަދަލުކުރިއިރު، ފުރަތަމަ ފަހަރަށެވެ. މެޗަށް ފަހު، ހުކާޒް ބުނެފައިވަނީ، މި މޮޅު ހާއްސަވާ އެންމެ ބޮޑު ސަބަބަކީ ހަތް އަހަރު މަސައްކަތްކޮށްގެން ފުރަތަމަ ފަހަރަށް ޖޮކޮވިޗް ބަލިކުރެވުމުން ކަމަށެވެ. 

އަނެއްކޮޅުން، މިއީ ޝަންހާއީ މާސްޓާސްގެ ކުއާޓާ ފައިނަލުގެ ކުރިން ޖޮކޮވިޗް މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ. ޝަންހާއީ މުބާރާތުގެ ދެ ވަނަ ބުރުން ކެޓުމުން، މުބާރާތް ފެށިއިރު، ދުނިޔޭގެ އަށް ވަނައިގައި އޮތް ޖޮކޮވިޗް، 11 ވަނަ އަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. އިޓަލީގެ ޓިއުރިންގައި ކުޅޭ ސީޒަނުގެ ފަހު މާސްޓާސްގައި ކުޅުމުގެ ފުރުސަތު ލިބެނީ ރޭންކިންގެ ގަދަ 8 އަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox