ކޮކޭން ބޭނުންކުރި ކަމަށް ޓެނިސް ތަރި ކިރްގިއޯސް އެއްބަސްވުމުން ލިބުނީ ލުއި އަދަބެއް

Sep 4, 2026, 6:35 PM
އޮސްޓްރޭލިއާގެ ޓެނިސް ތަރި، ނިކް ކިރްގިއޯސް

އޮސްޓްރޭލިއާގެ ޓެނިސް ތަރި، ނިކް ކިރްގިއޯސް

މެލްބާން، އޮސްޓްރޭލިއާ (ސެޕްޓެމްބަރު 4) - އޮސްޓްރޭލިއާގެ ޓެނިސް ތަރި، ނިކް ކިރްގިއޯސް، ކޮކޭން ބޭނުންކުރި ކަމަށް އެއްބަސްވުމުން އޭނާ އަށް އެއް މަަހުގެ ސަސްޕެންޝަނެއް ދިނުމަށް ޓެނިސް އިންޓަގްރިޓީ އެޖެންސީ (އައިޓީއައިއޭ) އިން ނިންމައިފި އެވެ. 

ސްޕެއިނުގެ މަޔޯކާ އޯޕަންގައި ވާދަކުރަމުން ދިޔައިރު، ޖޫން 22 ވަނަ ދުވަހު، އުމުރުން 31 އަަހަރުގެ ކިރްގިއޯސް ވަނީ މެޗަކަށް ފަހު، ޑޯޕިން ޓެސްޓެއްގައި ބައިވެރިވެފަ އެވެ. އެ ޓެސްޓްގެ ނަތީޖާ އައިއިރު، ކުރިން ދުނިޔޭގެ 13 ވަނައިގައި އޮތް ކިރްގިއޯސް ވަނީ ކޮކޭން އަށް ޕޮޒިޓިވްވެފަ އެވެ. އެ ޓެސްޓްތަކުގެ ނަތީޖާ ލިބުމާ އެކު މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު މައްސަލަ އިތުރަށް ބެލުމަށް ޓަކައި ކިރްގިއޯސް ސަސްޕެންޑްކުރި އެވެ. 

ޓެނިސް ތަރި ކިރްގިއޯސް ކޮކޭން ބޭނުންކުރި މަައްސަލައެއްގައި ސަސްޕެންޑްކޮށްފި

އޮސްޓްރޭލިއާގެ ޓެނިސް ތަރި ނިކް ކިރްގިއޯސް ކޮކޭންއަށް ޕޮޒިޓިވްވުމާ ގުޅިގެން، އިންޓަނޭޝަނަލް ޓެނިސް އިންޓެގްރިޓީ އެޖެންސީން އޭނާ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި. މި މައްސަލައިގައި ކިރްގިއޯސް ކުށަށް އިއުތިރާފުވެފައިވާއިރު، މައްސަލަ އެއްކޮށް ބަލައި ނިމުމުން އޭނާއަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތް

ދި އިންޓަނޭޝަނަލް ޓެނިސް އިންޓެގްރިޓީ އެޖެންސީން ކިރްގިއޯސް ސަސްޕެންޑްކުރީ ވަގުތީ ގޮތުން މިއަދުގެ ނިޔަލަށެވެ. އެއީ، ފުލް ރިޕޯޓަށް ބަލައި، އޭނާ އަށް ދޭން ޖެހޭ ސަސްޕެންޝަނެއް ޑިސިޕްލިނަރީ ކޮމީޓީން ވެސް ނިންމަން ޖެހޭނެތީއާ އެކު އެވެ. މި މުއްދަތުގެ ތެރޭގައި ކިރްގިއޯސް ބޭނުންނަމަ އެޕީލް ކުރުމުގެ ފުރުސަތު ލިބިފައި އޮތް ގޮތަށެވެ. 

ރިޕޯޓްތައް ބުނާގޮތުން، ކިރްގިއޯސްގެ މައްސަލަ އެއްކޮށް ބަލައިނިމި، އަންނަ ސަސްޕެންޝަންގެ މުއްދަތު ހަތަރު އަހަރަށް ވުުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު، އެ އަދަބުގެ މުއްދަތު ކުރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ، އޭނާ ކޮކޭން ބޭނުންކޮށްފައިވަނީ، މުބާރާތެއްގެ މެދުތެރެއިން ނޫން ކަމަށް ސާބިތުކޮށްދީގެންނެވެ. އޭރުން ސަސްޕެންޝަން އަންނާނީ ތިން މަހަށެވެ. އެކަމަކު، އައިޓީއައިއޭގައި ކިރްގިއޯސް ދެއްކި ވާހަކަތަކަށް ފަހު، އޭނާ އަށް ދިނީ އެންމެ މަހެއްގެ ސަސްޕެންޝަނެކެވެ. 

އެއީ، ކިރްގިއޯސް ވަނީ، އޭނާ ކޮކޭން ބޭނުންކުރީ، 19 ޖޫންގެ ދަންވަރުގައި ނައިޓް ކްލަބެއްގައި ކަމަށްވާއިރު، އޭނާގެ ފުރަތަމަ މެޗު އޮތީ ދެ ދުވަސް ފަހުންނެވެ. އެހެންވުމުން، އޭނާ ކޮކޭން ބޭނުންކުރީ މުބާރާތެއްގެ ތެރޭގައިކަން ސާބިތެއްނުވެ އެވެ. 

ކިރްގިއޯސްގެ އެއް މަސް ދުވަހުގެ ސަސްޕެންޝަން ވެސް މިހާރު ވަނީ ހަމަވެފަ އެވެ. ޓެނިސްގެ ރޭންކިން އަށް ބަލާއިރު، ކިރްގިއޯސް މި ވަގުތު އޮތީ 918 ވަނައިގަ އެވެ. އަދި، ކުރިއަށް ހުރި މެޗުތަކުން، އޭނާ އަށް އިނާމް ފައިސާގެ ގޮތުގައި ލިބޭ އާމްދަނީން 7000 އެއްހާ ޑޮލަރު އުނިކުރާނެ އެވެ. 

މީގެ ކުރިން ދުނިޔޭގެ ރޭންކިންގެ 13 ވަނައިގައި ވެސް އޮތް، ކިރްގިއޯސް މި އަހަރުގެ  މިހާތަނަށް ކުޅެފައިވަނީ، ސިންގަލްސް ހަތަރު މެޗެވެ. ކަކުލާއި އަތުގެ ކުޑަހުޅުގެ ގިނަ އަނިޔާތަކެއް މިދިޔަ އަހަރުތަކުގައި ދިމާވި ކިރްގިއޯސް އަށް މި އަހަރު ކުޅުނު މެޗުތަކުގެ ތެރެއިން، މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗުން ވަނީ ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox