ކަކުލުގެ އަނިޔާއަކާ ހެދި ޓެނިސް ތަރި ސިނާ އަށް ސީޒަން ނިމިއްޖެ

Oct 7, 2026, 6:16 AM
އިޓަލީގެ ތަރި ޖަނިކް ސިނާ.

އިޓަލީގެ ތަރި ޖަނިކް ސިނާ.

މިލާން (އޮކްޓޫބަރު 7) - ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ، ޖަނިކް ސިނާ އަށް މި އަހަރުގެ ޓެނިސް ސީޒަން ނިމިއްޖެ އެވެ. 

މިދިޔަ ޖުލައި މަހު، ވިމަބްލަޑަން ޓެނިސް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރި ފަހުން ސިނާ އަށް ރަސްމީ މެޗެއްގައި ކުޅެވިފައިނުވެ އެވެ. އެއީ، ކަކުލަށް ލިބުނު އަނިޔާ އިން ރިކަވާވެގެން އެނބުރި ކުޅުމަށް އަންނަން ކުރި މަސައްކަތުގައި ކުރިއެރުމެއް ލިބިފައިނުވާތީ އެވެ. 

"އަހަރެން ދިގު ކެރިއަށް ބިނާކުރަން ކުރާ މަސައްކަތަށް ވިސްނާއިރު، އެންމެ މުހިންމު އެއް ކަމަކީ މިހެން ކުރިމަތިވާ އަނިޔާގެ މައްސަލަތަކުގައި ރަނގަޅު ރިކަވަރީއެއް. އެހެންވުމުން، މި ވަގުތަށް ވާދަވެރި ޓެނިސް މެޗުތަކެއް ކުޅުމަށް ވުރެން އިސްކަންދޭން ބޭނުންވަނީ ރަނގަޅަށް ރިކަވާވުމަށް،" އުމުރުން، 25 އަހަރުގެ ސިނާ، އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި ބުނެފައިވެ އެވެ. 

"މިދިޔަ އަހަރުތަކުގައި ޓެނިހުގައި އަހަންނަށް ވަރަށް އުފާވެރި ހަނދާންތަކެއް ވަނީ ދީފައި. އެކަމަކު، މި އަހަރު ނިމެން މި ދަނީ އެ ކަހަލަ ގޮތަަކަށް ނޫން، އަހަރެން ކުރިން ހުރި 100 ޕަސެންޓް ލެވަަަލަށް ދިއުމަށް މަސައްކަތް ކުރާނަން،"

ސިނާ ވަނީ މި ސީޒަނުގައި އާދަޔާހިލާފު ފޯމެއް ދަމަހައްޓައިފަ އެވެ. އެ ގޮތުން، ޓެނިހުގެ ސިންގަލްސް އިވެންޓްތަކުގައި 44 މެޗުން މޮޅުވިިއިރު، ބަލިވީ އެންމެ ތިން މެޗުންނެވެ. 

ފަސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިނާ ވަނީ މި ފަހަރުގެ ޓެނިސް ސީޒަނުގައި، މާސްޓާސް 1000 ގެ ޖެހިޖެހިގެން ފަސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ، މާޗް މަހުން ފެށިގެން، މެއި މަހުގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތްތަކުގަ އެވެ. 

ކަކުލަށް ލިބުނު އަނިޔާއާ ހެދި، ސިނާ އަށް ދެން މި ފަހަރުގެ ޓެނިސް ސީޒަނުގައި ނުކުޅެވޭއިރު، ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް އަށް ފަހު މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން މި ސީޒަން ނިންމާއިރު ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ޒްވެރެވް ވަނީ މި ފަހަރުގެ ޓެނިސް ސީޒަނުގައި، ފްރެންޗް އޯޕަން އާއި ޔޫއެސް އޯޕަން ކާމިޔާބުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox