24 އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ޓެނިސްގެ ގަދަ 10 ގައި ނަޑާލް، ފެޑެރާ އަދި ޖޮކޮވިޗް ނެތް

Sep 19, 2026, 9:18 AM
ޓެނިހުގެ އިވެންޓެއްގެ ތެރެއިން، ނަޑާލް، ފެޑެރާ އަދި ޖޮކޮވިޗް

ޓެނިހުގެ އިވެންޓެއްގެ ތެރެއިން، ނަޑާލް، ފެޑެރާ އަދި ޖޮކޮވިޗް

ޕެރިސް (ސެޕްޓެމްބަރު 19) - ޓެނިހުގެ ތާރީހުގައި، ހާއްސަކޮށް އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ މޮޅު ފިރިހެން ޓެނިސް ތިން ކުޅުންތެރިން ކަމަށްވާ، ރަފައެލް ނަޑާލް، ރޮޖާ ފެޑެރާ އަދި ނޮވަކް ޖޮކޮވިޗް، ގަދަ 10 ގައި ނެތި 24 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޓެނިހުގެ ރޭންކިން އާންމުކޮށްފި އެވެ. 

މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ލޭވާ ކަޕް އަށް ފަހު، ސްވިޒަލެންޑްގެ ލެޖެންޑަރީ ތަރި، ފެޑެރާ ވަނީ ޓެނިހުން ރިޓަޔާކޮށްފަ އެވެ. އަދި، އޭގެ ދެ އަހަރު ފަހުން، 2024 ވަނަ އަހަރުގެ ޓެނިސް ސީޒަނަށް ފަހު، ސްޕެއިނުގެ ތަރި، ނަޑާލް ވަނީ ރަސްމީކޮށް ޕްރޮފެޝަނަލް ޓެނިހުން ދުރަށް ގޮސް، ރިޓަޔަމަންޓް އިއުލާނުކޮށްފަ އެވެ. 

ސާބިއާ އަށް އުފަން ޖޮކޮވިޗް އަންނަނީ އަދިވެސް ކެރިއަރު ކުރިއަށް ގެންދަމުންނެވެ. ސައުވީސް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް، ރެކޯޑެއް ހަދާފައި އޮތް ޖޮކޮވިޗަށް އެންމެ ފަހުން ނިމުނު ޔޫއެސް އޯޕަން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ.

ޔޫއެސް އޯޕަން ފުރަތަމަ ބުރުން ކަޓައި ޖޮކޮވިޗް 20 އަހަރު ފަހަތަށް

ޔޫއެސް އޯޕަންގެ ފުރަތަމަ ބުރުން އާޖެންޓީނާގެ މަރިއާނޯ ނަވޯން އަތުން ބަލިވެ، ނޮވަކް ޖޮކޮވިޗް 20 އަހަރަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފުރަތަމަ ބުރުން ކަޓައިފި. ފިޒިކަލީ ގިނަ އުނދަގޫތަކެއް ކުރިމަތިވި މި މެޗުން ބަލިވުމުން، 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ބުރުގައި އޭނާ ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ވަނީ ނިމުން އައިސްފައި

އެ ގޮތުން، ސީޒަނުގެ ފަހު، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ޔޫއެސް އޯޕަންގެ ފުރަތަމަ ބުރުން ކަޓައި،  ޖޮކޮވިޗަށް ޖެހުނީ، 20 އަހަރަށް ފަހު ދަށް ރެކޯޑަކާ ކުރިމަތިލާށެވެ. ޖޮކޮވިޗް، 39، އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ފުރަތަމަ ބުރުން ކަޓާފައިވަނީ 2006 ވަނަ އަހަރު އެވެ. އެއީ، އެ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ޕައުލް ގޯލްޑްސްޓެއިން އަތުންނެވެ. އޭގެ ފަހުން، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގެ ފުރަތަމަ ބުރުގައި ކުޅެ، 78 މެޗުން މޮޅުވި ޖޮކޮވިޗަށް މި ފަހަރުގެ ޔޫއެސް އޯޕަންގެ ފުރަތަަމަ ބުރުގައި ވަނީ ނާކާމިޔާބުވެފަ އެވެ.

މި ނާކާމިޔާބީއާ އެކު، ޖޮކޮވިޗް ވަނީ، ޓެނިސް ރޭންކިންގެ 12 ވަނަ އަށް ވެއްޓިފަ އެވެ. އެއާ އެކު، 2002 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުގެ ފަހުން، ޓެނިސް ރޭންކިންގެ ގަދަ 10 ގައި ނަޑާލް، ފެޑެރާ އަދި ޖޮކޮވިޗް  ނުލައި ފުރަތަަމަ ފަހަރަށް ރޭންކިން ލިސްޓު ވަނީ ނެރެފަ އެވެ. ސައުވީސް އަހަރު ތެރޭގައި ނެރުނު 1227 ރޭންކިން ޝީޓުގެ ގަދަ 10 ގައި، ޖޮކޮވިޗް، ނަޑާލް އަދި ފެޑެރާ ތެރެއިން ކޮންމެ ވެސް އެއް ކުޅުންތެރިއަކު މަދުވެގެން ހިމެނެ އެވެ. އެކަމަކު، މި ފަހަރުގެ މި ރޭންކިން އަކީ، ގިނަ އަހަރުތަކަކަށް ފަހު، މަންޒަރު ބަދަލުވި ރޭންކިން ޝީޓެކެވެ. 

ގަދަ 10 ގައި، އޮކްޓޫބަރު 2002 ވަނަ އަހަރު އެންމެ ފުރަތަމަ ހިމެނުނު، ފެޑެރާ، 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަަލަށް މެދުކެނޑުމެއް ނެތި ގަދަ 10 ގައި ހިމެނުނެވެ. އަދި، 237 ހަފްތާ ދުނިޔޭގެ އެއް ވަނައިގެ ގޮތުގައި އޮތެވެ. ނަޑާލް އެންމެ ފުރަތަމަ ދުނިޔޭގެ ރޭންކިން ގަދަ 10 އަކަށް އެރީ 2005 ވަނަ އަހަަރުގެ އޭޕްރީލް މަހުގަ އެވެ. އެ އަށް ފަހު، މެދުކެނޑުމެއް ނެތި ގަދަ 10 ގައި، 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް މަގާމު ދެމެހެއްޓިއިރު، އެއީ، 912 ހަފްތާގެ މުއްދަތެއް ކަމުން މިއީ، ރެކޯޑެކެވެ. 

ޖޮކޮވިޗް، އެންމެ ފުރަތަމަ ގަދަ 10 އަކަށް ވަނީ 2007 ވަނަ އަހަރުގެ މާޗް މަހު އެވެ. އޭގެ ފަހުން، ގަދަ 10 އަކުން އޭނާ އަށް ޖާގަ ގެއްލުނު ހަމައެކަނި މުއްދަތަކީ، އަނިޔާއާ ހެދި، 2017 ގެ ނޮވެމްބަރުން 2018 ގެ ޖުލައި އަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނު މުއްދަތުގަ އެވެ. 

މި ވަގުތު ޓެނިސް ރޭންކިން އެއް ވަނައިގައި އޮތީ އިޓަލީގެ ޖަނިކް ސިނާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox