ޖޮކޮވިޗް، ކޮވިޑް ވެކްސިން މައްސަލައިގައި މާފަށް ނޭދޭނެ ސަަބަބު ސާފުކޮށްދީފި

Aug 23, 2026, 1:48 PM
މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް.

މަޝްހޫރު ޓެނިސް ތަރި ނޮވަކް ޖޮކޮވިޗް.

ބެލްގްރޭޑް، ސާބިއާ (އޮގަސްޓް 23) - ކޮވިޑް-19 ވެކްސިން ނުޖަހަން ނިންމި ނިންމުމަކީ އަމިއްލަ ކަމަށާއި އެކަމާ ގުޅޭގޮތުން، އެއްވެސް އިރެއްގައި މާފަށް ނޭދޭނެ ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް ބުނެފި އެވެ. 

ޖޮކޮވިޗަށް އެންމެ ފުރަތަމަ، 2022 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނިކޮށް، އޭނާގެ ވިސާ ކެންސަލްކޮށްލައި، އަނބުރާ ގައުމަށް ފޮނުވާލަން ނިންމި އެވެ. އެކަމަކު، ޖޮކޮވިޗް އަލުން ވިސާ ހޯދަން ކުރާ މަސައްކަތުގައި އޮސްޓްރޭލިއާ ކޯޓަށް ހުށަހަޅަން ނިންމީ އެވެ. އެ މައްސަލަ ކޯޓުން ޖޮކޮވިޗަށް ކާމިޔާބުވި އެވެ. 

އެއީ، ދުބާއީ މަގުން ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދަތުރުކުރީ ސައްހަ ވިސާއެއް ހިފައިގެންގެންނެވެ. އެކަމަކު، މެލްބަން އަށް އައުމާ އެކު އޭނާ ވިސާ ކެންސަލްކޮށްލީ ޖަވާބުދާރީވާން ފުރުސަތު ދޭން ޖެހޭ މަރުހަލާތައް ފުރިހަމަ ނުކޮށް ކަަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު ވެސް ވެކްސިންގެ މައްސަލައިގައި ކޮޅެއްގައި ނުޖެހި، ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވުނެވެ. ޖޮކޮވިޗް ނިންމީ ވެކްސިނާ ގުޅޭ ގޮތުން އިތުރު ވާހަކައެއް ނުދެއްކުމަށެވެ. 

އެ ނިންމުމާ އެކު، އޭނާ އަށް ގިނަ މުބާރާތްތަކެއްގެ ފުރުސަތު ގެއްލުނެވެ. އެ މުބާރާތްތަކަށް ބަލާއިރު، 2022 ވަނަ އަަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި 2022 އާއި 2023 ގެ އިންޑިއަން ވެލްސް މުބާރާތާއި 2022 އާއި 2023 ވަަނަ އަަހަރުގެ މިއާމީ އޯޕަން އަދި 2022 ވަނަ އަހަރުގެ ކެނޭޑިއަން އޯޕަން އަދި ސިންސިނާޓީ މާސްޓާސް ހިމެނެ އެވެ. 

ކޮވިޑް-19 ގެ ވެކްސިނާ ގުޅޭގޮތުން، ޖޮކޮވިޗްގެ އެ ނިންމުން ދިފާއުކޮށް، އޭނާ ވާހަކަ ދައްކާފައިވަނީ، ދާދި ފަހުން ނުކުތް އޭނާގެ ޑޮކިއުމެންޓްރީ، "ނޮވަކް ޖޮކޮވިޗް" ދި ވުލްފް އިން ވިންޓާ"ގަ އެވެ. 

"އަަހަރެން ވެކްސިން ނުޖެހީ އަހަރެން ކުރަން ނުޖެހޭ ކަމަކަށްވީމަ. ކީއްވެ އަހަރެން ވެކްސިން ޖަހަންވީ. އަަހަރެން ހުރީ ސިއްހަތު ރަނގަޅުކޮށް. އަަހަންނަކީ އެތުލީޓެއް. އަހަންނާ ކޮރޯނާ ޖެހުނު. އިމިއުނިޓީ ވެސް ލިބުނު. އަހަންނަކީ މީހަކަށް ނުރައްކަލަކަށް ވެސް ނުވޭ. އެހެންވީމަ، އަހަރެން ވެކްސިން ޖަހަން ޖެހޭ ކަމަށް ބަލަން ޖެހޭ ސަބަބެއް ނެތް،" ޖޮކޮވިޗް ބުންޏެވެ. 

"މިއީ އަހަރެންގެ މިނިވަންކަމާ ގުޅޭ ކަމެއް. އަހަރެން ކޮން ހައްގެއްގެ ބޭނުންތޯ ކުރަންވީ. މިއީ ކޮންމެ އިންސާނަކަށް ވެސް ސިއްހަތާ ގުޅޭ ކަންކަމުގައި އިހުތިޔާރު ލިބެންޖެހޭ ކަމެއް. އަމިއްލަ ކަންކަމުގައި ގޮތެއް ނިންމުމުގެ އިހުތިޔާރު ލިބެން ޖެހޭ (އެކަމަކު ކޮވިޑް ވެކްސިން ކަންކަމުގައި) ގިނަ ބައެއް އަތުން މި ހައްގު ނިގުޅައިގަތް،" 

އުމުރުން 39 އަހަރުގެ ޖޮކޮވިޗަކީ ޓެނިސް ތާރީހުގައި އެންމެ ކާމިޔާބު ފިރިހެން ކުޅުންތެރިޔާ އެވެ. ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތައް އެންމެ ގިނައިން ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑް އޮތް ޖޮކޮވިޗް ވަނީ ޖުމްލަ އެކު، 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެެވެ. އެއީ، އޮސްޓްރޭލިއަން އޯޕަން 10 ފަހަރު، ފްރެންޗް އޯޕަން ތިން ފަހަރު، ވިމްބަލްޑަން ހަތް ފަހަރު އަދި ޔޫއެސް އޯޕަން ހަތަރު ފަހަރެެވެ. އޭނާ ވަނީ، 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ފިިރިހެން ސިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox