އަނިޔާ އިން އެނބުރި އާދެވޭނެ ދުވަހެއް ޔަގީންނުވުމަކީ އަލްކަރާޒަށް ކުރިމަތިވި އެންމެ ބޮޑު ބިރު

Aug 29, 2026, 8:22 AM
ސްޕެއިނުގެ ޓެނިސް ތަރި، ކާލޯސް އަލްކަރާޒް

ސްޕެއިނުގެ ޓެނިސް ތަރި، ކާލޯސް އަލްކަރާޒް

ސިންސިނާޓީ، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 29) - އަނިޔާގެ ސަބަބުން ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު، އެންމެ އުނދަގޫވި އެއް ކަމަކީ ކުޅުމަށް އެނބުރި އާދެވޭނެ ސީދާ ދުވަހެއް ޔަގީންކަމާ އެކު ނޭނގޭތީ ކަމަށް ސްޕެއިނުގެ މަޝްހޫރު ޓެނިސް ތަރި، ކާލޯސް އަލްކަރާޒް ބުނެފި އެވެ. 

އަލްކަރާޒް، 23، މި ފަހަރުގެ ޓެނިސް ސީޒަން ފެށީ ރަނގަޅު ފޯމެއްގަ އެވެ. އެ ގޮތުން، އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންކަން ހޯދި އެވެ. އެއާއެކު، އޭނާ ވެފައިވަނީ، ހަތަރު ގްރޭންޑް ސްލޭމް ތަށި ހަމަކުރި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އަށެވެ. އޭގެ ފަހުން، އޭނާ ވަނީ ގަަތަރު އޯޕަން މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، އިންޑިއަން ވެލްސްގެ ސެމީ ފައިނަލުން ބަލިވުމަށް ފަހު، މަޔާމީ އޯޕަންގެ ތިން ވަނަ ބުރުން ކެޓީ އެވެ. 

އޭޕްރީލް 14 ވަނަ ދުވަހުގެ ފަަހުން، ޓެނިސް މެޗެއްގައި އަލްކަރާޒް ނުކުޅެ އެވެ. އެއީ، ބާސެލޯނާ އޯޕަންގައި އަތުގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އޭގެ ކުރިން މޮންޓެ ކާލޯ މާސްޓާސްގެ ފައިނަލުން، އިޓަލީގެ ޖަނިކް ސިނާ އަތުން ބަލިވެ، ދުނިޔޭގެ ރޭންކިން އެއް ވަނަ އަލްކަރާޒަށް ގެއްލުނެވެ. 

ފްރެންޗް އޯޕަން އާއި ވިމްބަލްޑަން ޓެނިސް މުބާރާތް އަނިޔާގެ ސަބަބުން ގެއްލުނު އަލްކަރާޒް، އެނބުރި އަންނަ މުބާރާތަކީ، ޔޫއެސް އޯޕަން އެވެ.  ޔޫއެސް އޯޕަންގެ ސިންގަލްސް އިވެންޓްތައް ފަށަނީ މި މަހު 30 ވަނަ ދުވަހު އެވެ. 

"އެނބުރި އައިސް ފުރަތަމަ ޕްރެކްޓިސްތަކުގައި ބައިވެރިވާން ފެށިއިރު، މި ދަނީ ކޮން މިސްރާބަކުން ކަމެއް ބުނެދޭން އުނދަގޫވި، އެ ވިސްނުންތައް އަންނަ ގޮތުން އުނދަގޫ ވެސް ވި. އަަހަންނަށް ޔަގީނެއް ނޫން އެނބުރި އާދެވޭނީ ކޮން މުބާރާތަކަށް ކަމެއް. ސިންސިނާޓީ އަށް ތޯ، ނޫނީ ޔޫއެސް އޯޕަން އަށް ތޯ. ނޫނީ އެމެރިކާގެ ހުރިހާ މުބާރާތެއްގައި ވެސް އަހަންނަށް ނުކުޅެވޭނެތޯ،" އަލްކަރާޒް ބުންޏެވެ. 

"އާދެވޭނެ ދުވަހެއް ޔަގީންކަމާ އެކު ނޭނގުން. އެ ހިޔާލުތަކުގައި އެ ވިސްނުންތަކުގައި ހުންނަން ޖެހުން ވީ އެންމެ ބޮޑު ބިރަކަށް. އަނިޔާގައި ހޭދަކުރި މުއްދަތުގައި މެންޓަލީ އެ އައި ވިސްނުންތައް، އެއީ ޗެލެންޖު ބޮޑުވި ކަމެއް،" 

ހަތް ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ އަލްކަރާޒް، މިދިޔަ އަހަރުގެ ޔޫއެސް ފައިނަލް ކާމިޔާބުކުރީ ސިނާ ބަލިކޮށްފަ އެވެ. އަލްކަރާޒް ރަނގަޅު މޮޅެއް ހޯދި މި މެޗުގެ ސެޓުތައް ދިޔައީ، 6-2 3-6 6-1 6-4 އިންނެވެ. މިއީ، އަލްކަރާޒް، ޔޫއެސް އޯޕަން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފަަހަރަށް އަލްކަރާޒަށް ޔޫއެސް އޯޕަން ތަށި ލިބުނީ، 2022 ވަނަ އަހަރު އެވެ.

އެންމެ ފަހުން ޔޫއެސް އޯޕަން ތަށި ދިފާއުކުރެވުނީ، 2004 އިން 2008 އަށް މި މުބާރާތް ކާމިޔާބުކުރި، ސްވިޒަލެންޑްގެ ލެޖެންޑް، ރޮޖާ ފެޑެރާ އަށެވެ. އަލްކަރާޒް، މި ފަހަރުގެ ޔޫއެސް އޯޕަންގައި އެ ކާމިޔާބީ އަށް އަމާޒުހިފާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވާނީ މެޗު ފިޓްނަސް ހިފެހެއްޓުމުގަ އެވެ. 

އަލްކަރާޒް ވަނީ މި ހަފްތާގައި ޔޫއެސް އޯޕަން މިކްސް ޑަބަލްސް އިވެންޓްގައި ކުޅެފަ އެވެ. އެއީ، 23 ގްރޭންޑް ސްލޭމް ތަށި އުފުލާލާފައިވާ ލެޖެންޑަރީ ތަރި، ސެރީނާ ވިލިއަމްސްއާ އެއް ޕެއާއެއްގަ އެވެ. މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގައި އަލްކަރާޒް ކުޅުނީ އިނގިރޭސި ކުޅުންތެރިޔާ، އެމާ ރަޑުކާނޫއާ އެއް ޕެއާއެއްގަ އެވެ. 

ޔޫއެސް އޯޕަން ފުރަތަމަ ބުރުގައި އަލްކަރާޒް ކުޅޭނީ ރަޝިއާގެ ރޯމަން ސަފިއުލީންއާ ދެކޮޅަށެެވެ. މިކްސް ޑަބަލްސްގައި އަލްކަރާޒް އާއި ސެރީނާ ކެޓީ ކުއާޓާ ފައިނަލުގައި ސްވިޒަލެންޑްގެ ބެލީންޑާ ބެންޗިޗް އާއި އިޓަލީގެ ފްލަވިއޯ ކޮބޯލީއާ ވާދަކޮށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox