ޔޫއެސް އޯޕަން ފުރަތަމަ ބުރުން ކަޓައި ޖޮކޮވިޗް 20 އަހަރު ފަހަތަށް

Aug 31, 2026, 10:43 AM
ޔޫއެސް އޯޕަންގައި މި ފަހަރު ޖޮކޮވިޗް ކުޅުނު މެޗުގެ ތެރެއިން.

ޔޫއެސް އޯޕަންގައި މި ފަހަރު ޖޮކޮވިޗް ކުޅުނު މެޗުގެ ތެރެއިން.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 31) - ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ޔޫއެސް އޯޕަންގެ ފުރަތަމަ ބުރުން ކަޓައި، ލެޖެންޑަރީ ޓެނިސް ކުޅުންތެރިޔާ، ސާބިއާގެ ނޮވަކް ޖޮކޮވިޗް، 20 އަހަރަށް ފަހު ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. 

ގްރޭންޑް ސްލޭމް 24 މުބާރާތުގެ ތަށި ހޯދާފައިވާ ޖޮކޮވިޗް، 39، އެންމެ ފަހުން ގްރޭންޑް ސްލޭމް މުބާރާތެއްގެ ފުރަތަމަ ބުރުން ކަޓާފައިވަނީ 2006 ވަނަ އަހަރު އެވެ. އެއީ، އެ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ޕައުލް ގޯލްޑްސްޓެއިން އަތުންނެވެ. އޭގެ ފަހުން، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތްތަކުގެ ފުރަތަމަ ބުރުގައި ކުޅެ، 78 މެޗުން މޮޅުވި ޖޮކޮވިޗަށް މި ފަހަރުގެ ޔޫއެސް އޯޕަންގެ ފުރަތަަމަ ބުރުގައި ވަނީ ނާކާމިޔާބުވެފަ އެވެ. 

ދުނިޔޭގެ ރޭންކިން 48 ވަނައިގައި އޮތް އާޖެންޓީނާގެ މަރިއާނޯ ނަވޯންއާ ދެކޮޅަށް ކުޅެ، ފަސް ސެޓަށް ފަހު ޖޮކޮވިޗް ވަނީ ބަލިވެފަ އެވެ. މި މެޗުގެ ސެޓުތައް ގޮސްފައިވަނީ، 7-6 (7/5), 5-7, 4-6, 6-2, 6-1 އިންނެވެ. މުޅި މެޗަށް ބަލާއިރު، ޖޮކޮވިޗަށް ފިޒިކަލީ ގިނަ އުނދަގޫތަކެއް މި މެޗުގައި ކުރިމަތިވި އެވެ. އެ ގޮތުން، މެޗުގެ ތެރެއިން ޖޮކޮވިޗްގެ ހާލު ގޯސްވެ، ތުވާލި ބަހައްޓާ ބިން އަށް ހޮޑުލި މަންޒަރު ވެސް ކެމެރާ އިން ވަނީ ދައްކައިފަ އެވެ. 

Advertisement

މެޗަށް ފަހު، ޖޮކޮވިޗް ބުނީ، މިއީ އޭނާ އަށް ވަރަށް ދަށްކޮށް ދިޔަ މެޗެއް ކަމުގައި ވިޔަސް، މަރިއާނޯ ދެއްކި ހިތްވަރަށް ތައުރީފު ކުރަން ޖެހޭ ކަމަށެވެ. 

"އަހަންނަށް ރަނގަޅަށް ދިޔަ މެޗެއް ނޫން. އެކަމަކު، ހަމައެކަނި އަހަރެންގެ ވާހަކަ ދައްކަން ޖެހޭ މެޗެއްގެ ގޮތުގައި މި ވަގުތު ވެގެން ނުވާނެ. އަހަރެމެން އެބަޖެހޭ މަރިއާނޯ ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެކަން ވެސް ފާހަގަކުރަން،" ޖޮކޮވިޗް ބުންޏެވެ. 

މަރިއާނޯ ބުނީ، މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު މޮޅު ކަމަށެެވެ. އަދި، މި ކާމިޔާބާ އެކު، ކޮންފިޑެންސް ރަނގަޅުވާނެ ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކަންކަން ދަސްކުރަން ޖެހޭކަން މަރިއާނޯ ވަނީ ފާހަގަކޮށްފަ އެވެ. 

ހަތަރު ފަހަރަށް ޔޫއެސް އޯޕަން ތަށި ހޯދާފައިވާ ޖޮކޮވިޗަކީ، މި މުބާރާތުގައި 20 އަހަރު ކުޅުނު ހަތަރު ވަނަ ފިރިހެން ކުޅުންތެރިޔާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox