ދިއްދޫ ބަލިކޮށް ބިސް ބުރުން ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

Sep 20, 2026, 11:39 PM
ދިއްދޫ އާއި ބިސް ބުރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިއްދޫ އާއި ބިސް ބުރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

އުތުރުގެ ޗެމްޕިއަން، ހދ. ދިއްދޫ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، މާލެ ރީޖަން ލީގުގެ (ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ) ޗެމްޕިއަން، ބިސް ބުރު ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ. 

މިދިޔަ ސީޒަނަށް ފަހު ބޭއްވި، ދިވެހި ޕްެރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ފަހު  މެޗުގައި ދިއްދޫން ވަނީ 6-2 އިން ބިސް ބުރު ބަލިކޮށްފަ އެވެ. މި ދެ ޓީމަށް ވެސް ދިވެހި ޕްރިމިއާ ލީގުގެ މި ސީޒަނުން ޖާގަ ލިބުނީ ކޮލިފިކޭޝަންގެ ގަދަ ހަތަރެއްގައި ނިންމުމުންނެވެ. 

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫން ކުޅުނު ފުރަތަމަ މެޗުން ބުރު ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ވަރުގަދަ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ދިއްދޫ ބަލިވީ 4-3 އިންނެވެ. އަނެއްކޮޅުން، ބިސް ބުރު ފުރަތަމަ މެޗުން ވަނީ 3-1 އިން ކްލަބް އީގަލްސް އަތުން ބަލިވެފަ އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުން ބިސް ބުރު މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މިއީ، ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ބިސް ބުރުގެ ބާނަބާސް ފްރައިޑޭ އަކަންމީޑޫ ޖެހި ގޯލެކެވެ. އެ ޓީމުން ދެ ވަނަ ލަަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އަނެއްކޮޅުން، މި މެޗުން ބިސް ބުރު މޮޅުކޮށްދޭން އެ ޓީމުގެ ގޯލްކީޕަރު، އަހުމަދު ލިޒްފާން ލަތީފް ވަނީ ރަނގަޅު ކުޅުމެއް ދައްކައި، މުހިންމު ސޭވްތަކެއް ކޮށްފަ އެވެ. 

މި މެޗަށް ފަހު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް މި ވަނީ ފީފާ އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލައިފަ އެވެ. ގައުމީ ޓީމުން، ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ކުޅޭ މެޗުތަކަށް މިއަދު ހަވީރު ވަނީ ފުރައިފަ އެެވެ. 

ދިހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ އާއި ގައްދޫން، ކޮންމެ ޓީމެއް ތިން މެޗުން ކުޅެފައިވާއިރު، ބާކީ އަށް ޓީމުން ކުޅެފައިވަނީ ކޮންމެ ޓީމެއް ދެ މެޗެވެ. 

ލީގުގެ އެއް ވަނައިގައި އޮތް ވިކްޓަރީ އާއި ދެ ވަނައިގައި އޮތް އީގަލްސް އަދި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ހަ ވަނައިގައި އޮތް ދިއްދޫ އާއ ހަތް ވަނައިގައި އޮތް ބިސް ބުރު އަދި އަށް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ލިބިފަ އެވެ. 

ލީގުގައި މިހާތަނަށް ޕޮއިންަޓެއް ނުލިބި އޮތީ ބުރު އާއި ގައްދޫ އެވެ. 

އަންނަ މަހު ނުވަ ވަަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު އަލުން ފަށާއިރު، ފުރަތަމަ މެޗުގައި ބިސް ބުރުން ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox